Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

އަސްކަރިއްޔާއާ ގުޅުމަށް އެންގުނު މީހުންގެ ތެރޭގައި ދަނޑުވެރިން ހިމެނޭ: ޕުޓިން

29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:35

އެހެންނަމަވެސް އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ޕުޓިން ވަނީ ރަޝިއާއިން ރިކޯޑު އަދަދަކަށް ގޮވާން އުފެއްދުމުގެ އަމާޒު ހާސިލުކުރުމާ ގާތަށް ޖެހިލާފައިވާކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 29 ސެޕްޓެމްބަރު 2022 | ބުރާސްފަތި 05:35
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން | ރޮއިޓާސް

ރަޝިއާގެ އަސްކަރިއްޔާއާ ގުޅުމަށް އެންގުނު މީހުންގެ ތެރޭގައި އެގައުމުގެ ދަނޑުވެރިންވެސް ހިމެނޭކަމަށް ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ރަޝިއާގެ އޮފިޝަލުންނާއެކު ބޭއްވެވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޕުޓިން ވަނީ އެގައުމުގެ އަސްކަރިއްޔާއާ ގުޅެން އެންގުނު މީހުންގެ ތެރޭގައި ދަނޑުވެރިންވެސް ހިމެނޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަނޑުވެރިން އަސްކަރިއްޔާއާ ގުޅުމުން އެމީހުންގެ އާއިލާތަކަށް އެހީ ބޭނުންވާނެ ކަމަށް ވިދާޅުވެ އެއާއިލާތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ޕުޓިން ވަނީ ގައުމުގެ ދަނޑުވެރިކަމުގެ ރީޖަނަލް ލީޑަރުންނާއި ކުންފުނިތަކަށް އަންގަވާފައެވެ.

މިއާއެކު ކުރިއަށް އޮތް 2023 ވަނަ އަހަރު އެގައުމުގެ ދަނޑުވެރިކަން އިތުރަށް ގޯސްވެގެން ދިއުމަށް މަގުފަހިވެގެން ގޮސްފައިވާ ކަމަށް މީޑިއާތަކުން ދަނީ ރިޕޯޓުކުރަމުންނެވެ.

ރަޝިއާ އަކީ ދުނިޔޭގެ ބާޒާރަށް އެންމެ ގިނަ އަދަދެއްގެ ގޮދަން އެކްސްޕޯޓްކުރާ ގައުމެވެ. މިދުވަސްވަރަކީ ދަނޑުވެރިންނަށް އެންމެ ބުރަ ދުވަސްކޮޅެވެ. ކުރިއަށް އޮތް ފިނި މޫސުމަށް ގޮވާން ހައްދައި ރައްކާކުރުމުގެ މަސައްކަތްވެސް އާންމުކޮށް ދަނޑުވެރިންކޮށް އުޅޭނީ މިދުވަސްވަރުއެވެ. ޕުޓިންގެ މިނިންމެވުމާއެކު މިހާރުވެސް ވިއްސާރައިގެ ސަބަބުން އަސަރުކޮށްފައިވާ ގޮވާމުގެ ސަޕްލައިއަށް އިތުރަށް އަސަރުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެހެންނަމަވެސް އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ޕުޓިން ވަނީ ރަޝިއާއިން ރިކޯޑު އަދަދަކަށް ގޮވާން އުފެއްދުމުގެ އަމާޒު ހާސިލުކުރުމާ ގާތަށް ޖެހިލާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއަހަރު 100 މިލިއަން ޓަނުގެ ގޮވާން އުފެއްދޭނެ ކަމަށާއި، 150 މިލިއަން ޓަނުގެ ގޮވާން އުފެއްދުމުގެ އަމާޒާ ގާތްވެފައިވާކަމަށް ޕުޓިން ވިދާޅުވިއެވެ.

ދެވަނަ ބޮޑު ހަނގުރާމައަށްފަހު ފުރަތަމަ ފަހަރަށް އެގައުމުގެ އާންމު ރައްޔިތުން އަސްކަރިއްޔާއާ ގުޅުމަށް ރަޝިއާގެ ރައީސް އަމުރު ނެރުއްވާފައިވަނީ ނިމުނު ހަފުތާގެ ތެރޭގައެވެ. ރައީސްގެ މިނިންމެވުމާއެކު، އަސްކަރިއްޔާއާ ގުޅުމަށް 300،000އެއްހާ މީހުންނަށް އެންގޭނެކަމަށް އެގައުމުގެ ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މިނިންމެވުމާ ދެކޮޅަށް ރަޝިއާގެ ގިނަ އަދަދެއްގެ އާންމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާކުރަމުންނެވެ. މިމުޒާހަރާތައް ރަޝިއާގެ 32 ސިޓީއެއްގައި ކުރިއަށްދާކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ރަޝިޔާވުލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

2

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

3

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

4

އުތުރު ކޮރެއާއިން މަނަވަރެއް ޚިދުމަތަަށް ނެރެ "ދުޝްމަނުންނަށް" އިންޒާރުދީފި

5

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ކާގޯގައި މަސައްކަތްކުރާ މުވައްޒަފުންނަށް ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމް ނުބަލަން އަންގައިފި

އިތުރަށް ކިޔާލަން

21 އޯގަސްޓު 2026

ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި

21 އޯގަސްޓު 2026
ޖަޕާނުން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަކީ "އަލިފާނާ ކުޅުން" ފަދަ ނުރައްކާތެރި ކަމެއްގެ ގޮތުގައި ސިފަކޮށް ޗައިނާއިން ވަރުގަދަ އިންޒާރެއް ދީފި
21 އޯގަސްޓު 2026

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

21 އޯގަސްޓު 2026
އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް
19 އޯގަސްޓު 2026

ރަޝިޔާ އިން ރާއްޖެ އަށް ކުރަމުންދާ ވައިގެ ދަތުރުތައް އިތުރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

19 އޯގަސްޓު 2026
ރަޝިޔާ އިން ރާއްޖެ އަށް ކުރަމުންދާ ވައިގެ ދަތުރުތައް އިތުރު ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
13 އޯގަސްޓު 2026

ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

13 އޯގަސްޓު 2026
ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
02 އޯގަސްޓު 2026

މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ

02 އޯގަސްޓު 2026
މޮސްކޯގެ މަތީފަންތީގެ ރެސްޓޯރެންޓެއްގައި ބާރުގަދަ އެއްޗެއް ގޮވާ ތިން މީހުން މަރުވެއްޖެ
28 ޖުލައި 2026

އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި

28 ޖުލައި 2026
އީރާންގެ "މަދިރި ފްލީޓް" އަށް ޕުޓިން ތައުރީފު ކުރައްވައިފި
25 ޖުލައި 2026

އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް

25 ޖުލައި 2026
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ތެރެއަށް ރަޝިޔާ އާއި ޗައިނާ އިން ވަދެފިނަމަ، އެ ޤައުމުތަކަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ ޓްރަމްޕްގެ ވަރުގަދަ އިންޒާރެއް
17 ޖުލައި 2026

300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް

17 ޖުލައި 2026
300 މިލިއަން ޑޮލަރުގެ ސުޕަރޔޮޓް ހުރްމުޒް ކަނޑުއޮޅި ހުރަސްކޮށް ރާއްޖެއަށް
11 ޖުލައި 2026

އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި

11 ޖުލައި 2026
އިރާނާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލިސް ބޭނުންކުރުމަށް ހުޅަނގުގެ ގައުމުތަކުން ކުރަމުންދާ މަސައްކަތްތަކަށް ރަޝިޔާ އާއި ޗައިނާއިން ދެކޮޅު ހަދައިފި
06 ޖުލައި 2026

ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި

06 ޖުލައި 2026
ރަޝިޔާގެ ބޯޓު އިނގިރޭސި މަނަވަރަށް ކައިރިވުމުން އިނގިރޭސި ފައިޓަރު ޖެޓުތަކުން ހުރަސްއަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް