Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗު ކުރުން

ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް ހިންގުމަށް ޑިޖިޓަލް ޕްލެޓްފޯމެއް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުން ލޯންޗުކޮށްފި

މި ޕްލެޓްފޯމް މެދުވެރިކޮށް ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުގެ ދަށުން ސެކިއުރިޓީޒް ދޫކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުތައް ފަހިވެގެންދާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ސެޕްޓެމްބަރު 2022 | ބުދަ 13:48
ޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗު ކުރުން

ޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗު ކުރުން

ރާއްޖޭގެ ސެކިއުރިޓީޒްގެ ބާޒާރަށް މުޅިން އަލަށް ތައާރަފު ކުރާ ޕްރައިވެޓް ސެކިއުރިޓީޒް ސެގްމަންޓް ހިންގުމަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އިން ފަރުމާކޮށް އުފައްދާފައިވާ ޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗުކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްލެޓްފޯމް ލޯންޗުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ. މިނިސްޓަރުގެ އަރިހުގައި އެންއެސްއީގެ ޗީފް އެގްޒެކްޓިވް އޮފިސަރ އައުޝަން ލަތީފާއި ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރު ފާތުމަތު އަބްދުﷲ ކަމާލުއްދީން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިޔަނަ އަކީ ސީއެމްޑީއޭ އާއި އެމްއެސްއީ ގުޅިގެން ޕްރައިވެޓް ކުންފުނިތަކަށް ހިއްސާގެ ބާޒާރުގައި ދިމާވެފައިވާ ގޮންޖެހުންތައް މަދުކޮށް، ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުގެ ދަށުން ސެކިއުރިޓީޒް ދޫކޮށްގެން ފައިސާ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޤާއިމުކޮށްފައިވާ ނިޒާމެކެވެ.

އެގޮތުން ރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ޕްރައިވެޓް ކުންފުނިތަކާއި އެނޫން ވެސް ޤާނޫނީ ޝަހްސުތަކަށް ވިޔަނަ ގައި ރަޖިސްޓްރީވުމަށްފަހު ސެކިއުރިޓީޒް ގަތުމަށް ހުށަހެޅޭނެ ކަމަށް އެމްއެސްއީ އިން މައުލޫމާތު ދެއެވެ. އަދި ވިޔާފަރިތަކުގައި އިންވެސްޓް ކުރުމުގެ ފުރުސަތު މި ސެގްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އިންވެސްޓަރުންނަށް ލިބިގެންދާނެއެވެ.

މި ހަފްލާގައި އެމްއެސްއީ އަދި ސީއެމްޑީއޭގެ އިސްވެރިންނާއި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ އިސްވެރިންގެ އިތުރުން މާލީ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޑިޖިޓަލް ޕްލެޓްފޯމް ވިޔަނަ ލޯންޗު ކުރުންމޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް ސީއެމްޑީއޭ

އިތުރަށް ކިޔާލަން

17 މާރިޗު 2023

ރަޖިސްޓަރީނުކޮށް ހިންގާ ސްކީމަކުން ގެއްލުންވިނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ

17 މާރިޗު 2023
ރަޖިސްޓަރީނުކޮށް ހިންގާ ސްކީމަކުން ގެއްލުންވިނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ
28 އޯގަސްޓު 2021

ހިއްސާގެ ބާޒާރުގައި އާއްމުންގެ ބައިވެރިވުން ނެތްނަމަ ގައުމުގެ މުއްސަނދިކަން އެއްބައެއްގެ އަތްމައްޗަށް ގޮސްދާނެ: ސީއެމްޑީއޭ

28 އޯގަސްޓު 2021
ހިއްސާގެ ބާޒާރުގައި އާއްމުންގެ ބައިވެރިވުން ނެތްނަމަ ގައުމުގެ މުއްސަނދިކަން އެއްބައެއްގެ އަތްމައްޗަށް ގޮސްދާނެ: ސީއެމްޑީއޭ
22 ޖެނުއަރީ 2019

ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން އައްޑޫ އައިއެމްޑީސީގައި ޚިދުމަތްދެނީ

22 ޖެނުއަރީ 2019
ސްރީލަންކާގެ އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލުން އައްޑޫ އައިއެމްޑީސީގައި ޚިދުމަތްދެނީ
16 ނޮވެމްބަރު 2018

ކުރިމަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެ: ބީއެމްއެލް

16 ނޮވެމްބަރު 2018
ކުރިމަގުގެ ކާމިޔާބީގައި ޑިޖިޓަލް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެ: ބީއެމްއެލް
15 ނޮވެމްބަރު 2018

ބީއެމްއެލްގެ ކަސްޓަމަރުން ޑިޖިޓަލްކޮށް 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ: ޝަރީފް

15 ނޮވެމްބަރު 2018
ބީއެމްއެލްގެ ކަސްޓަމަރުން ޑިޖިޓަލްކޮށް 30 މިލިއަން ޓްރާންސެކްޝަން ހަދާފައިވޭ: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު