Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރަޖިސްޓަރީނުކޮށް ހިންގާ ސްކީމްތައް

ރަޖިސްޓަރީނުކޮށް ހިންގާ ސްކީމަކުން ގެއްލުންވިނަމަ ޝަކުވާ ހުށަހަޅަން އެދިއްޖެ

ސީއެމްޑީއޭއިން ވަނީ އެފަދަ ސްކީމެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން އެދިފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 މާރިޗު 2023 | ހުކުރު 02:08
ދިވެހި ފައިސާގެ ނޫޓުތަކެއް

ދިވެހި ފައިސާގެ ނޫޓުތަކެއް

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގައި ރަޖިސްޓްރީ ނުކޮށް ހިންގާ އިންވެސްޓްމަންޓް ސްކީމެއްގައި ބައިވެރިވެގެން ގެއްލުން ލިބިފައިވާ ނަމަ އެކަމުގެ ޝަކުވާ ހުށަހަޅަން ސީއެމްޑީއޭއިން އެދެފިއެވެ.

ސީއެމްޑީއޭއިން ނެރުނު ބަޔާނެއްގައި، ބުނެފައިވަނީ އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ މާލީ ސެކިޔުރިޓީޒް އާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގެ ހިއްސާގެ ބާޒާރު ރެގިޔުލޭޓްކޮށް، ސެކިއުރިޓީޒްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެހާ ހުއްދަތައް ދޫކުރުމާއި އިންވެސްޓަރުންގެ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރިކުރުމަށްޓަކައި ސެކިއުރިޓީޒްގެ މުއާމަލާތްތަކުގައި ނޭދެވޭ އަމަލުތައް ކުރިޔަ ނުދިނުމާއި، ސެކިއުރިޓީޒްގެ ބާޒާރާމެދު އިތުބާރު ގެއްލޭފަދަ އަމަލު ހިންގިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން މަތިކޮށްފައިވާކަމަށެވެ.

މާލީ ސެކިއުރިޓީޒްގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ އެއްވެސް ބާވަތެއްގެ މުއާމަލާތެއް ރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް އެކަމަށް ނަގަންޖެހޭ ހުއްދަ ނުވަތަ ލައިސަންސް ނުނަގައި ހިންގުމަކީ ނުވަތަ އެގޮތަށް ދޭހަވާފަދަ ގޮތަކަށް އިސްތިހާރުކޮށް އަމަލުކުރުމަކީ މަނާކަމެއްކަން މީގެކުރިންވެސް ވާނީ އަންގާފައިކަމަށް ބަޔާނުގައި ބުނެފައެވެ.

ސީއެމްޑީއޭއިން ވަނީ އެފަދަ ސްކީމެއްގެ ސަބަބުން ގެއްލުން ލިބިފައިވާ ނަމަ މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން ޝަކުވާ ހުށަހަޅަން އެދިފައެވެ.

އެ ބަޔާނުގައިވާ ގޮތުން އެފަދަ ޝަކުވާތަކެއް އެ އޮތޯރިޓީން މިހާރު ވެސް އަންނަނީ ބަލަމުންނެވެ.

އެ ބަޔާނުގައިވާ ގޮތުން ސެކިއުރިޓީޒްގެ މާނައިގެ ތެރޭގައި ފައިސާއިން ފައިދާ ހޯދުމަށްޓަކައި އިންވެސްޓް ކުރުމާއި އެފަދަ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ.

ސީއެމްޑީއޭއިން މިގޮތަށް ބަޔާނެއް ނެރެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ މަސްލަހަތު އޮތް ކުންފުންޏަކުން ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އިންވެސްޓްކުރި ސްކީމެއްގެ މައްސަލަ ފުލުހުން ވެސް އަންނަނީ ބަލަމުންނެވެ. އަދި އޭގެ މައްސަލަތަކެއް ސީއެމްޑީއޭއިން ވަނީ ބަލަމުންނެވެ.

އެމައްސަލަތައް ބަލަމުން އަންނަނިކޮށް އަނެއްކާވެސް އެކުންފުނިން ވަނީ އައު ސްކީމެއް ފަށާފައެވެ. އެސްކީމް ނުހުއްޓުވާތީ އެކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.

ސީއެމްޑީއޭމޯލްޑިވްސް ޕޮލިސް ސަރވިސް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު