Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

ވޯލްޑް ކަޕް ފައިނަލްގައި ކުޅޭ ދެ ޓީމެއްގެ ނަން ގޫގުލްގައި އޮޅިގެން ލިޔެވިއްޖެ

28 ސެޕްޓެމްބަރު 2022 | ބުދަ 08:08

ގޫގުލް ގައި ވަނީ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާ ދެ ޓީމެއްގެ ގޮތުގައި ފްރާންސް އާއި ބްރެޒިލް ހިމަނާފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2022 | ބުދަ 08:08
ފީފާ ވޯލްޑް ކަޕް 2022

ފީފާ ވޯލްޑް ކަޕް 2022

މިއަހަރުގެ ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ކުޅޭ ދެ ޓީމުގެ ނަމެއް އޮޅިގެން ގޫގުލްގައި ޖެހިއްޖެއެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު މުބާރާތް ފަށާއިރު، ގޫގުލް އިން ވަނީ މުބާރާތުގެ ސްޓޭޑިއަމްތަކުގައި ކުޅޭ މެޗުތައް ހިމެނޭ ގޮތަށް، މުބާރާތުގެ ޝެޑިއުލް ހިމަނާފައެވެ. މިގޮތުން ވޯލްޑް ކަޕްގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވާ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ މެޗުތައް ވެސް ގޫގުލްގައި ވަނީ ހިމަނާފައެވެ. ފައިނަލްގެ އިތުރުން އެހެން މެޗުތަކެއް ވެސް އެ ސްޓޭޑިއަމްގައި ކުޅޭނެއެވެ.

ގޫގުލްގައި "ލުސައިލް ސްޓޭޑިއަމް އިވެންޓްސް" ޖަހާފައި ސާޗު ކުރުމުން އެ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ނުވަ މެޗު ދައްކައެވެ. އޭގެ ތެރޭގައި ގްރޫޕް ސްޓޭޖުގެ ހަ މެޗާއި، ގަދަ 16 ގެ މެޗަކާއި، ކުއާޓާ ފައިނަލް މެޗަކާއި، ސެމީ ފައިނަލް މެޗެއްގެ އިތުރުން ފައިނަލް މެޗު ހިމެނެއެވެ.

ގޫގުލްގައި ވަނީ ލުސައިލް ސްޓޭޑިއަމްގައި ކުޅޭ ފައިނަލް މެޗުގައި ބައްދަލުކުރާ ދެ ޓީމެއްގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ ބްރެޒިލް ހިމަނާފައެވެ. ނަމަވެސް މިހާރު ގޫގުލް އިން ވަނީ އެ ނަންތައް އުނިކޮށްފައެވެ.

މި ސްޓޭޑިއަމްގައި ކުޅޭ ގްރޫޕް ސްޓޭޖުގެ މެޗުތަކަކީ، އާޖެންޓީނާ އާއި ސައުދީ އަރަބިއްޔާ ބައްދަލުކުރާ މެޗު، ބްރެޒިލް އާއި ސާބިއާ ބައްދަލުކުރާ މެޗު، އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާ މެޗު، ޕޯޗުގަލް އާއި އުރުގުއާއީ ބައްދަލުކުރާ މެޗު، ސައުދީ އަރަބިއާ އާއި މެކްސިކޯ ބައްދަލުކުރާ މެޗުގެ އިތުރުން ކެމަރޫން އާއި ބްރެޒިލް ބައްދަލުކުރާ މެޗެވެ.

މުބާރާތަށް ޚާއްސަކޮށްގެން ލުސައިލް ސްޓޭޑިއަމް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ސްޓޭޑިއަމް ހުންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި އަލަށް އާބާދުކުރަމުން އަންނަ ލުސައިލް ސިޓީގައެވެ. ގާތްގަނޑަކަށް 675 މިލިއަން ޑޮލަރު ހަރަދުކޮށްގެން ތައްޔާރުކުރި ސްޓޭޑިއަމުގެ ޖާގައަކީ 80,000 އެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
22 ޑިސެމްބަރު 2023

އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި

22 ޑިސެމްބަރު 2023
އާޖެންޓީނާގެ ވޯލްޑް ކަޕް ކާމިޔާބީ އަށް އެއް އަހަރުވުން ފާހަގަކޮށްފި
10 ޑިސެމްބަރު 2023

ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން

10 ޑިސެމްބަރު 2023
ސައޫދީގައި ވޯލްޑްކަޕް ބާއްވާނީ 50 ޑިގްރީ ހޫނުގައި ފިނިކޮށްގެން
02 ނޮވެމްބަރު 2023

ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ

02 ނޮވެމްބަރު 2023
ވޯލްޑްކަޕް ފައިނަލް މެޑްރިޑްގެ ދަނޑަށް، ބާސާ ދަނޑު ހުހަށް ބާއްވަނީ
01 ނޮވެމްބަރު 2023

ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި

01 ނޮވެމްބަރު 2023
ސައުދީގައި ވޯލްޑް ކަޕް ބާއްވަން ރަސްމީކޮށް ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް