Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރުންގެ މުސާރަ

މުސާރައިގެ ކުރިއެރުމާއި ގުޅިގެން ތައުލީމީ ދާއިރާއިން އެންމެ އެދެވޭ ބަދަލު ފެންނަން އަދި ވަގުތުކޮޅެއް ނަގާނެ: މިނިސްޓަރު

28 ސެޕްޓެމްބަރު 2022 | ބުދަ 06:18

މުދައްރިސުންނަށް ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ދިރާސާއެއް ހަދާފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 ސެޕްޓެމްބަރު 2022 | ބުދަ 06:18
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ

މުސާރައިގެ ކުރިއެރުމާއި ގުޅިގެން ތައުލީމީ ދާއިރާއިން އެންމެ އެދެވޭ ބަދަލު ފެންނަން އަދި ވަގުތުކޮޅެއް ނަގާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ ވަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރަން ކުރީ ސަރުކާރުތަކުން ވެސް މަސައްކަތް ކުރަމުންދިޔަ ކަމަށާއި، ނަމަވެސް އެކަން ކޮށްދީފައިވަނީ ރައީސް ސާލިޙުގެ ސަރުކާރުންކަން ފާހަގަ ކުރައްވައި، މި ބަދަލާއެކު ތައުލީމީ ދާއިރާއަށް ކިހާ ބޮޑު ކުރިއެރުމެއް އައިސްފައިވޭތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ސުވާލަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، ތައުލީމީ ދާއިރާގައި މުދައްރިސުންނަށް ހުރި ކަންބޮޑުވުންތައް ދެނެގަތުމަށް މި ސަރުކާރުން ދިރާސާއެއް ހަދާފައިވާ ކަމަށެވެ. އެ ދިރާސާގައި ފާހަގަ ކުރެވުނު އެންމެ ބޮޑު ކަންބޮޑުވުމަކީ މުސާރައާއި އިނާޔަތްތައް ކުޑަ ކަމުގެ ވާހަކަކަމުގައި ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، މިހާރު މުސާރައަށް އައި ބޮޑު ބަދަލާއެކު، މި ދާއިރާއަށް ގުޅެން ބޭނުންވާ ފަރާތްތަކުގެ އަދަދު މައްޗަށް ޖެހިލާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މުސާރައިގެ ކުރިއެރުމާއި ގުޅިގެން ތައުލީމީ ދާއިރާއިން އެންމެ އެދެވޭ ބަދަލު ފެންނަން އަދި ވަގުތުކޮޅެއް ނަގާނެ ކަމަށެވެ. އެގޮތުން ޓީޗަރުންގެ މުސާރަ ބޮޑުކޮށްފައިވަނީ މެއި މަހުން ފެށިގެންނެވެ.

މިނިސްޓަރު ވަނީ މުސާރައަށް މި އައީ ހެޔޮ ބަދަލަކަށް ވާނެކަމަށް ވިދާޅުވެފައެވެ.

ޓީޗަރުންގެ މުސާރައަށް ގެނައި މި ބަދަލާއެކީ ޓީޗަރުންގެ މުސާރަތައް 56 އިންސައްތަ ބޮޑުވެފައިވެއެވެ.

ޓީޗަރުންގެ މުސާރައަށް ބަދަލު ގެނެސްފައިވަނީ، 5 ރޭންކަކަށް ބަހާލައިގެންނެވެ. އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ. މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

ޓީޗަރުންގެ މުސާރައަށް މި އައި ބޮޑު ބަދަލުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ 6815 ޓީޗަރުންގެ މުސާރައިން ފެންނާނެކަން މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ޖަލްސާގައި އިތުރަށް ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރު ވަނީ 157 ސްކޫލެއް އެއްދަންފަޅިއަށް ބަދަލު ކުރެވިފައިވާކަން ފާހަގަ ކުރައްވައި، އެއްދަންފަޅިއަށް ބަދަލު ކުރުމުން ވަށާޖެހޭ ތައުލީމެއް އޮތުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން 44 ސްކޫލެއްގައި އެކަން ފަށައިގެން ކުރިއަށް އެބަދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

އެހެންނަމަވެސް، ހުރިހާ ސްކޫލެއް އެއްދަންފަޅިއަށް ބަދަލުކޮށް، ވަށާޖެހޭ ތައުލީމެއް ދިނުމުގައި އަދިވެސް ގޮންޖެހުންތަކެއް އެބަހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މާލޭ ދާއިރާގައި މިހާރު އެއްދަންފަޅިއަށް ހިންގަނީ 2 ސްކޫލެއް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ސްކޫލުތައް އެއްދަންފަޅިއަށް ބަދަލު ކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ޓީޗަރުންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި

18 ޑިސެމްބަރު 2025
އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި
01 ނޮވެމްބަރު 2025

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް