Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަލިފުށީ ސްކޫލް

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުތީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލުމަށް ފަހު ދެ އަހަރު ވާއިރު ވަޒީފާގެ ކުރިއެރުން ނުލިބޭތީ އެވެ. 1 މޭ 2022 އިން ފެށިގެން ދެ އަހަރު ފަހުން ލިބެން ޖެހޭ ޕްރޮމޯޝަން މިހާތަނަށް ވެސް ނުދީ ތައުލީމީ ދާއިރާއަށް ވަކި އުސޫލެއް ގެންގުޅޭ ކަމަށް މުދައްރިސުން ތުހުމަތު ކުރެ އެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 14:16
އަލިފުށީގެ މުދައްރިސުން ކަޅު ހެދުމުގައި ސްކޫލަށް ހާޒިރުވުމަށް ފަހު ނަގާފައިވާ ފޮޓޯ އެއް

އަލިފުށީގެ މުދައްރިސުން ކަޅު ހެދުމުގައި ސްކޫލަށް ހާޒިރުވުމަށް ފަހު ނަގާފައިވާ ފޮޓޯ އެއް

އަލިފުށީ ސްކޫލްގެ މުދައްރިސުން ކަޅު ހެދުމުގައި މަސައްކަތަށް ނުކުމެ، އެމީހުންގެ ޙައްޤުތައް ހޯދުމަށް އަޑު އުފުލައިފި އެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އިތުބާރު ހުރި މަސްދަރަކުން ބުނީ ބުރާސްފަތި ދުވަހު މުދައްރިސުން ކަޅު ހެދުމުގައި ސްކޫލަށް ދިޔަ ނަމަވެސް އެއްވެސް އިހުތިޖާޖެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ދަރިވަރުންގެ ކިޔެވުމަށް ހުރަސް އެޅޭނެ ފަދަ ކަމެއް ވެސް ކޮށްފައި ނުވާނެ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

Advertisement - newsAdvertisement

އޭނާ ބުނީ ދައުލަތުގެ މުސާރައިގެ އޮނިގަނޑު އެކުލަވާލާ އެންމެ ފުރަތަމަ ބޮޑު ކުރި މުސާރަ މުދައްރިސުންނަށް ދޭން ފެށި 1 މޭއި 2022 ގައި ކަމަށެވެ. އެ އޮނިގަނދުގައި ބުނާ ގޮތުން މުސާރަ ބޮޑު ކުރާތާ ދެ އަހަރު ވާ އިރު ވަކި އުސޫލުތަކެއްގެ ދަށުން މުދައްރިސުންގެ މުސާރަ ބޮޑުކޮށް، މަޤާމުގެ ކުރިއެރުން ދޭނެ ކަމަށް ވަނީ ބުނެފަ އެވެ،

"އެ އޮނިގަނޑު ބުނާ ގޮތުން ދެ އަހަރު ވީމަ މުސާރަ ބޮޑުވޭ. އާ ޕޭ ފްރޭމް ވަރކް ބުނާ ގޮތުން އޮތީ އެހެން. ދެ އަހަރު ވުމުން ޕީއޭ މާކްސް އަށް ބެލުމަށް ފަހު ވަޒިފާގެ ކުރިއެރުން ލިބެން ޖެހޭ. 1 މޭއި 2024 އަށް އެ މާރކްސް ހަމަ ވެފައި ހުރި އެންމެންނަށް ވަޒީފާގެ ކުރިއެރުން ލިބެން ވާނެ. އެގޮތަށް ބަލާ ނަމަ ކުރިއަށް އޮތް 5 މަސް ތެރޭގައި 2 ވަނަ ފަހަރަށް ޕްރޮމޯޝަން ހަމަވާނެ." އޭނާ ކިޔާދިނެވެ.

އޭނާ ބުނީ ޕޭ ފްރޭމްވަރކް އަށް އަމަލުކުރުމުގައި ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށެވެ. ޚާއްސަކޮށް ތައުލީމީ ދާއިރާ އަށް ވަކި އުސޫލެއް ގެންގުޅޭ ކަަމަށް އޭނާ ތުހުމަތު ކުރި އެވެ. މުސާރައިގެ ކުރިއެރުން ނުދޭ ނަމަ އެއްވެސް ބަޔަަކަށް އެކަން ކޮށްދީގެން ނުވާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

"2024 ވަނަ އަހަރު ލިބެން ޖެހޭ އެއްޗެއްގެ ވާހަކަ މި ދައްކަނީ. މިހާރު 2025 ނިމި 2026ގެ މޭއި އަންނަން ކައިރި ވަނީ." އޭނާ ވަނީ ބުނެފަ އެވެ.

އެނގިފައިވާ ގޮތުން އަލިފުށީ ގައި މުދައްރިސުން ވަނީ  މީގެ ދެ މަހެއްހާ ދުވަސް ކުރިން ޕްރައިޒް ޑޭގައި އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރަކު އެ ރަށަށް ދިއުމުން ވެސް މި ޝަކުވާ ކޮށްފަ އެވެ. އޭރު އޭނާ ވަނީ  މި މައްސަލައިގައި މުދައްރިސުންނަށް ލިޔުމުން ޖަވާބުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެއްވެސް ޖަވާބެއް އެޑިއުކޭޝަން މިނިސްޓްރީ އިން ވެސް އަދި އެހެން ފަރާތަކުން ވެސް އަލިފުށީ މުދައްރިސުންނަށް އެއްވެސް ޖަވާބެއް ދީފަ އެއް ނުވެ އެވެ.

ރ. އަލިފުށިޓީޗަރުންމުސާރައިގެ އޮނިގަނޑުތައުލީމީ ދާއިރާ

ކޮމެންޓް

އިތުރަށް ކިޔާލަން

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ޓީޗަރަކު ހައްޔަރުކޮށްފި

01 ނޮވެމްބަރު 2025
ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

ރަށު ފެންވަރުގައި ހުރިހާ ލެބޯޓަރީ ޓެސްޓެއް ހެދޭނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ ގިނަ ބަޔަކު ފާޑު ކިޔަނީ

16 އޮކްޓޯބަރު 2025
އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

އުޖާލާ ކުރިމަގެއް ހޯދައިދިނުމުގެ އެންމެ ބޮޑު ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި: ރައީސް މުއިއްޒު

05 އޮކްޓޯބަރު 2025
މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

މުދައްރިސުންގެ ޒިންމާއަކީ ގައުމެއްގެ މުސްތަގުބަލް ބައްޓަންކުރުމުގެ އިންތިހާއަށް ބޮޑު ޒިންމާއެއް: ރައީސް އިބޫ

05 އޮކްޓޯބަރު 2025
ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ރ. އަލިފުށީގައި އައު ބްރާންޗެއްގެ ބިންގާ އަޅައިފި

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު