Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިމާލޭގެ މުހްޔިއްދީން ސްކޫލް

ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ވަނީ ޓެންޑަރިންގއަށް ފޮނުވިފައި: މިނިސްޓަރު

މިކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވަނީ ކީއްވެތޯ ސުވާލުކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 06:01
އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ

ވިލިމާލޭގެ މުހްޔިއްދީން ސްކޫލުގެ މަލްޓި ޕަރޕޯސް ހޯލްގެ މަސައްކަތް ވަނީ ޓެންޑަރިންގ އަށް ފޮނުވިފައިކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރު ކުރެއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ކުރައްވާ ސުވާލަކާއި ގުޅިގެންނެވެ. އެގޮތުން ވިލިމާލޭގެ މުހްޔިއްދީން ސްކޫލަކީ މާލޭގެ ސްކޫލުތަކުގެ ތެރެއިން މަލްޓިޕަރޕަސް ހޯލެއް ނެތް ސްކޫލުތަކުގެ ތެރެއިން އެއް ސްކޫލު ކަމަށާއި، 2021 ވަނަ އަހަރުގެ ބަޖެޓުގައި މުޙްޔިއްދީން ސްކޫލުގައި މަލްޓިޕަރޕަސް ހޯލެއް އެޅުމަށް ބަޖެޓު ކުރެވުނު ނަމަވެސް، އެކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވާކަމަށް ބަޔާންކުރައްވައި ކުރެއްވި ސުވާލެކެވެ.

އަދި 2022 ވަނަ އަހަރުގެ ބަޖެޓުގައިވެސް މި މަސައްކަތް ހިމަނާފައިވީނަމަވެސް އަދި މިހާތަނަށްވެސް މިކަމުގެ ޢަމަލީ އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައިނުވާތީ، މި މަސައްކަތް ނުފެށި ލަސްވަނީ ކީއްވެތޯއާއި، އަދި މިކަމުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚަކީ ކޮބައިތޯ ވަނީ ސުވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މުހްޔިއްދީން ސްކޫލުގައި ހޯލެއް ހުންނަ ކަމަށެވެ. ނަމަވެސް އެއީ މިހާރުގެ ޑިޒައިންނަށް ހުންނަ މަލްޓި ޕަރޕޯސް ހޯލެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 2021 ވަނަ އަހަރު އެ މަސައްކަތް ބަޖެޓު ކުރެވުނު ކަމަށާއި، އޭރު އޮތީ އެ އަހަރުގެ ފަހު ކުއާޓަރުގައި އެ މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ކަމަށެވެ. އެގޮތުން ތާވަލާ އެއްގޮތަށް ކޮންސެޕްޓާއި ޑިޒައިން މަސައްކަތް ކުރުމުގެ ތެރޭގައި، އެތަނުގައި ސްކޫލުން ބޭނުންވާ ބޮޑުމިނުގެ ހޯލެއް ނޭޅޭނެކަމަށާއި، އެތަނުގައި ހޯލު އަޅާނަމަ ބައެއް ކްލާސްރޫމްތައްވެސް ތަޅާލަން ޖެހޭނެކަމަށް ސްކޫލުން ފާހަގަކުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އޭރު އެ ފަރާތުން އެދިފައިވަނީ މަލްޓި ޕަރޕޯސް ހޯލް އެހެން ލޮކޭޝަނަކަށް ބަދަލު ކުރުމަށެވެ.

ވުމާއެކު، އެހެން ސަރަޙައްދެއް ފާހަގަކޮށް، މިހާރު ކުރިއަށްދަނީ އެތަނުގެ ކޮންސެޕްޓް ޑިވޮޮލޮޕްކޮށް، ޑިޒައިނިންގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމުމަކާއި ގާތްވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، 14 ސެޕްޓެމްބަރު 2022 ގައި އެ މަސައްކަތް އިއުލާނު ކުރުމަށް ޓެންޑަރިންގ އަށް ފޮނުވިފައިވާ ކަމަށާއި، ޓެންޑަރިންގ ނިމުމާއެކު، އެ މަސައްކަތް އިއުލާނު ކުރެވި ދެން ހުރި މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ވިލިމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

ދިވެހި ޕޭޕަރާއި މެދު ގިނަ ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން އޮތް ނަމަވެސް މިނިސްޓަރ ވިދާޅުވީ އެއްވެސް މައްސަލައެއް ނެތް ކަމަށް

29 ސެޕްޓެމްބަރު 2025
ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

ވަށަފަރު ކްލާސްރޫމެއްގެ ސީލިންގުގެ ބައެއް ވެއްޓި ދަރިވަރުންތަކަށް އަނިޔާވެއްޖެ

10 ޖުލައި 2025
ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

ކެންދޫ ސްކޫލުގެ ޕްރިންސިޕަލް އުކުޅަހަށް ބަދަލުކުރާތި ބެލެނިވެރިން ނުކުމެ އިހުތިޖާޖުކުރަން ފަށައިފި

30 ޖޫން 2025
އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

އެއް ދަންފަޅި އަށް ކިޔެވުން ބަދަލު ނުކުރެވިގެން އުޅެނީ ކުރީ ސަރުކާރުން އެކަށީގެންވާ މިންވަރަށް ސްކޫލު އަޅާފައި ނެތުމުން: އެޑިޔުކޭޝަން

30 ޖޫން 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025

އަހަރުތަކުން މިއަދު

25 މާރިޗު
ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި
20251 އަހަރު ކުރިން
ރާއްޖެ

ޑިއުޓީ ފްރީން ވަގަށް ސިނގިރޭޓު އެތެރެކުރަން އުޅުނު ދެ މީހުން ޝަރުތުތަކާއި އެކު ދޫކޮށްލައިފި

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޑްރޯން ޕައިލެޓެއް ނެތިގެން، ނޫނީ އެމްއާރްއައި މެޝިނަށް ނުވަދެވިގެން އުޅޭކަށް ދެން ނުޖެހޭނެ!

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ
20233 އަހަރު ކުރިން
ކުޅިވަރު

މާޓިނޭޒްއާހުރެ ޕެނަލްޓީގެ ގަވާއިދަށް ބަދަލު ގެންނަނީ

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ޑައިމަންޑް ޖެހި ގަޑި، ރޮއިޓާސް ރިޕޯޓަރުންގެ ސަމާލުކަމަށް

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން އެންމެ 5 އަހަރުގައި ގުރުއާން ހިތުދަސްކުރި އަޝްހަމްގެ ވާހަކަ- އެންމެ ޝައުގުވެރިވަނީ ގުރުއާން މާނައާއިއެކު ދަސްކުރުމަށް

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!
20197 އަހަރު ކުރިން
ރިޕޯޓު

އުފަން ރަށަށް އައިޝާ ވަޑައިގެންނެވުމުން މަންމަގެ ލޮލުން ކަރުނަ!

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟
20188 އަހަރު ކުރިން
ސިއްހަތު

ތިން ދުވަހުން ދޮންވެލަން ބޭނުންތަ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު