Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސައުދީ އަރަބިއްޔާ

ސައުދީގެ ބޮޑުވަޒީރުކަމަށް ވަލީއަހުދު މުޙައްމަދު ބިން ސަލްމާން

މުޙައްމަދު ބިން ސަލްމާން ބޮޑުވަޒީރުކަމަށް އައްޔަން ކުރެއްވީ ސައުދީގެ ރަސްގެފާނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2022 | ބުދަ 02:17
ސައުދީގެ އާ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން

ސައުދީގެ އާ ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން

ސައުދީ އަރަބިއްޔާގެ ބޮޑުވަޒީރުގެ މަގާމަށް އެ ޤައުމުގެ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން އައްޔަން ކުރައްވައިފިއެވެ.

މުޙައްމަދު ބިން ސަލްމާން އެ މަގާމަށް އައްޔަން ކުރެއްވީ އެމަނިކުފާނުގެ ބައްޕާފުޅު އަދި ސައުދީގެ ރަސްގެފާނު ސަލްމާންއެވެ. އެމަނިކުފާނު ވަނީ ކެބިނެޓަށް ބަދަލުތައް ގެންނަވައި އަންގާރަ ދުވަހު ޝާހީ އަމުރެއް ނެރުއްވާފައެވެ.

ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން މުޙައްމަދު ބިން ސަލްމާން ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަގާމާއި ޑިފެންސް މިނިސްޓަރުގެ މަގާމުގައެވެ. އެމަނިކުފާނުގެ ބަދަލުގައި ޑިފެންސް މިނިސްޓަރަކަށް އައްޔަން ކުރައްވާފައިވަނީ އެ މިނިސްޓްރީގެ ނައިބެއްގެ މަގާމުގައި ހުންނެވި އެ މަނިކުފާނުގެ ކޮއްކޯފުޅު ޚާލިދު ބިން ސަލްމާނެވެ.

ކެބިނެޓަށް ބަދަލުތައް ގެންނެވި ސަބަބެއް ސައުދީގެ ރަސްގެފާނު ހާމަނުކުރައްވައެވެ. ނަމަވެސް ބޭރުގެ މީދިއާތަކުން ރިޕޯޓު ކުރާ ގޮތުގައި މިއީ އެމަނިކުފާނު އާލާސްކަންފުޅާ އުޅުއްވާތީ ބާރުތައް މަޑުމަޑުން ވަލީއަހުދާ ހަވާލުކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތެވެ.

ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ރަސްގެފާނު ވަނީ މުޙައްމަދު ބިން ސަލްމާނާއި އެ ޤައުމުގެ ގިނަ ކަންކަން ހަވާލުކުރައްވާފައެެވެ. އެގޮތުން، އިގްތިސާދާއި ޑިފެންސާއި ތެލުގެ ކަންކަމާއި ޤައުމުގެ ދާޚިލީ ސެކިއުރިޓީގެ ކަންކަން ވެސް ހަވާލުކުރައްވާފައި އޮތީ އެމަނިކުފާނާއެވެ.

މުޙައްމަދު ބިން ސަލްމާނާ ބޮޑުވަޒީރުކަން ހަވާލު ކުރެއްވި ނަމަވެސް އަދިވެސް ސައުދީގެ ހެޑް އޮފް ސްޓޭޓްގެ މަގާމު އަދާކުރައްވާނީ ރަސްގެފާނު ސަލްމާންއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކެބިނެޓް ބައްދަލުވުންތަކުގެ ޗެއަރކަން ވެސް އަދާކުރައްވާނީ އެމަނިކުފާނެވެ.

ސައުދީގެ ވަލީއަހުދަކަށް މުޙައްމަދު ބިން ސަލްމާން އައްޔަން ކުރައްވާފައިވަނީ 2017 ވަނައަހަރުއެވެ. އެހެންކަމުން ބައްޕާފުޅު ސަލްމާން އަވާހަރަވުމުން ސައުދީގެ ރަސްކަމާ ހަވާލުވެވަޑައިގަންނަވާނީ މުޙައްމަދު ބިން ސަލްމާނެވެ.

ސައޫދީ އަރަބިއްޔާސައުދި އަރަބިއްޔާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

އިސްރާއީލްއާ ގުޅުން ބަދަހި ކުރުމަށް ޓްރަމްޕްގެ ހުށަހެޅުން ސައުދީގެ ވަލީ އަހުދު ބަލައި ނުގަތް

27 ނޮވެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

ނޫސްވެރިޔާ ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު ވިދާޅުވެއްޖެ

19 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 ފެބުރުއަރީ
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓްކުރަން އެމްޑީޕީގެ ޕީޖީއިން ފާސްކޮށްފި

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި
20233 އަހަރު ކުރިން
ރާއްޖެ

ބ. ކެޔޮދޫގައި ވެލާ ހިފައި އެ އެއްޗެހި މެރި ބަޔަކު އަތުލައިގެންފި

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސްރީލަންކާއަށް ދަތުރުކުރެވޭނީ 50،000 ޑޮލަރުގެ ޓްރެވަލް އިންޝުއަރެންސްއަކާ އެކު

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

މަސައްކަތް ހުއްޓާލުމަށްފަހު ސިއްހީ ޚިދުމަތްތެރިން މިޔަންމާގެ އަސްކަރިއްޔާއާ ދެކޮޅަށް ނުކުމެއްޖެ

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ
20197 އަހަރު ކުރިން
ކުޅިވަރު

ބޭނުންވަނީ ހައްވާ ރާޝިދާ ފަދަ މޮޅު ކުޅުންތެރިއަކަށް ވާން: ޝާހާ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި
20188 އަހަރު ކުރިން
ރާއްޖެ

އުއްތަމަ ފަނޑިޔާރާއި އަރީފު، ސައުދީ، އަލީ ހަމީދު ހައްޔަރު ކުރަން އެދެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު