ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 21:53
ޕޯލިއޯ ބަލި ޖެހިފައި ތިބި ކުދިން ތަކެއް
ޕޯލިއޯ ބަލި ޖެހިފައި ތިބި ކުދިން ތަކެއް
ގޫގުލް
ޕޯލިއޯ ބަލި
މީހާ ޕެރެލައިޒްކޮށްލާ، ފުރާނައަށް ނުރައްކާވާ ޕޯލިއޯ ބާރަށް ފެތުރެނީ، ސަމާލުވޭ!
 
ކުޑަކުދިންނަށް ޕޯލިއޯ ޖެހޭ މިންވަރު އިތުރު
 
ޕޯލިއޯއިން ރައްކާތެރިވެތިބުމަށް ވެކްސިން ޖަހަންޖެހޭ
 
މިއީ ކުޑަކުދިންްގެ މެދުގައިވެސް ފެތުރޭ ބައްޔެއް

20 ވަނަ ގަރުނުގެ ކުރީކޮޅު އިންސާނުން އެ ބައްޔެއް ޖެހިދާނެކަމާމެދު އެންމެ ބޮޑަށް ކަންބޮޑުވި ނުރައްކާތެރި ބަލިތަކުގެ ތެރެއިން އެއް ބައްޔަކީ ޕޯލިއޯއެވެ. މިއީ އޭގެ މާ ކުރިންވެސް ފެތުރެމުން އައިސްފައިވާ ބައްޔެކެވެ. މިއީ އެކަކު ގައިން އަނެކެއްގެ ގަޔަށް، ހަލުވިކަމާއެކު ފެތުރިގެންދާ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ވައިރަސް ދެކެ އިންސާނުން ބިރުގަންނަން ފެށީ ސަބަބެއް ނެތިއެއް ނޫނެވެ. މި ވައިރަހަކީ އިންސާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާ ނުރައްކާތެރި ވައިރަހަކަށް ވީމައެވެ.

ޕޯލިއޯ ބަލި ޖެހޭ ކޮންމެ 4 މީހެއްގެ ތެރެއިން އެކެއްގެ ގައިން ހުން އައުމުން ފެންނަ ފަދަ އަލާމާތްތަކެއް ފެނެއެވެ. މި އަލާމާތްތަކުގެ ތެރޭގައި ކަރުތެރެ ހިރުވުމާއި، ހުން އައުމާއި، ވަރުބަލިވުމާއި، މޭނުބައިކުރުމާއި، ބޮލުގައި ރިއްސުމުގެ އިތުރުން ބަނޑުގައި ރިއްސުމަކީ މިހާތަނަށް ފެނިފައިވާ ބައެއް އަލާމާތްތަކެވެ. ބައެއް މީހުންގެ ކިބައިން މި އަލާމާތްތަކެއް ނުފެނެއެވެ. އަލާމާތް ފެންނަ މީހުންނަށް މިކަންކަން ތަހައްމަލުކުރަންޖެހެނީ 2 ދުވަހާއި 5 ދުވަހާ ދެމެދުގެ މުއްދަތަކަށެވެ. އެއަށްފަހު މި އަލާމާތްތަކެއް ނުފެނެއެވެ.

ޕޯލިއޯ ބަލި ޖެހޭ ބައެއް މީހުންގެ ކިބައިން މި ފާހަގަކުރި އަލާމާތްތަކަށްވުރެ މާ ނުރައްކާތެރި އަލާމާތްތަކެއް ފެނެއެވެ. މީގެ ތެރޭގައިި މައިބަދައިގެ ވަށައިގެންވާ ޕްރޮޓެކްޓިވް ލޭޔަރ އިންފެކްޓުވުން ނުވަތަ ސިކުނޑި އިންފެކްޓުވެއެވެ. އަދި ވައިރަސްގެ ނުރައްކާ މިންވަރުން ބައެއް މީހުން ޕެރެލައިޒް ވާ ހާލަތަށްވެސް ދެއެވެ. ޕެރެލައިޒްވުމަކީ މި ވައިރަހުގެ އެންމެ ނުރައްކާތެރި އަލާމާތެވެ. މި ބަލީގައި ޕެރެލައިޒްވާ ބައެއް މީހުންގެ ގައިގެ މަސްތަކަށް އޭގެ އަސަރުކޮށް ގިނަ ބަޔަކު މަރުވެސް ވެއެވެ. އެންމެ ހިތާމަވެރި ކަމަކީ މިއީ ވަކި ޚާއްސަ ބޭހަކުން ފަސޭހަކުރެވޭ ބައްޔަކަށް ނުވާތީއެވެ.

މި ބައްޔަށް ވެކްސިނެއް ތައާރަފުކޮށްފައިވަނީ 1950 އާއި، 1960 ގެ އަހަރުތަކުގެ ތެރޭގައެވެ. އެގެ ކުރިން އެތައް ބަޔަކަށް މި ބަލި ޖެހި، ޕެރެލައިޒްވުމާއި، މަރުވުން ފަދަ އެތައް ކަމަކާ އިންސާނުން ވަނީ ކުރިމަތިލާފައެވެ. މި ބައްޔަށް ވެކްސިނެއް ތައާރަފުކުރެވުމާއެކު ބަލި ފެތުރުން ކޮންޓްރޯލްކުރެވިގެންދިޔައެވެ. އަދި ގައުމުތަކުގައި ފެތުރޭ އާންމު ބަލިތަކުގެ ތެރެއިން ޕޯލިއޯ އުނިކުރެވިގެންދިޔައެވެ. އެއަށްފަހު ޕޯލިއޯ ބަލި ފެންނަނީ މަދުމަދުންނެވެ.

އަހަރުތަކެއް ވަންދެން ޕޯލިއޯ ނުފެނި އޮވެފައި އަނެއްކާވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޕޯލިއޯ ބަލި ދަނީ ފެންނަމުންނެވެ. ބާރަށް ފެތުރެމުންނެވެ. ކަންބޮޑުވާ މިންވަރަށެވެ. މި ބަލި އެންމެ ބޮޑަށް ފެންނަމުންދަނީ ޕޯލިއޯއާ ދެކޮޅަށް ޖަހާ ވެކްސިން ނުޖަހާ ކުޑަކުދިންގެ ތެރެއިންނެވެ. އަދި ބޮޑެތި މީހުންގެ މެދުގައިވެސް މި ބަލި ފެތުރި އެތައް ބަޔަކު ދަނީ ޕެރެލައިޒް ވަމުންނެވެ.

މި ސަރަހައްދުގެ ބައެއް ގައުމުތަކުންވެސް މި ބަލި މިހާރު ދަނީ ފެންނަމުންނެވެ. އިތުރަށް ސަމާލުވާން މިވަނީ ޖެހިފައެވެ. މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނަގަންޖެހެއެވެ. މި ބަލިން ރައްކާތެރިވެތިބުމަށް ޖަހަންޖެހޭ ވެކްސިންތައް ޖެހުން މުހިންމެވެ. އަދި މިފަދަ ހާލަތަކަށް ސިއްހީ އިދާރާތަކުން ތައްޔާރުވެތިބުންވެސް މުހިންމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
18%
6%
52%
12%
8%
4%
ކޮމެންޓް