Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިންޑިޔާ މީހަކަށް ކާމިޔާބުވި ލޮޓަރީ

ލޮޓަރީ ނުލިބުނު ނަމައޭވެސް ހިތަށް އަރާ!

ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ބުނެ ދިނުމަށް އެއްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް އޭނާއަށް ހިންގޭނެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 ސެޕްޓެމްބަރު 2022 | ހޯމަ 08:56
ލޮޓަރީ ކާމިޔާބު ކުރި އޮޓޯ ޑްރައިވަރު އަނޫޕް

ލޮޓަރީ ކާމިޔާބު ކުރި އޮޓޯ ޑްރައިވަރު އަނޫޕް

250 މިލިއަން ރުޕީސް ނުވަތަ 3 މިލިއަން ޑޮލަރުގެ ލޮޓަރީއެއް ކާމިޔާބު ކުރެވުނު އިންޑިޔާގެ ރައްޔިތެއް ކަމަށްވާ އަނޫޕް ވަނީ ހާސްވެ ކަންބޮޑުވެފައެވެ. އެހީއަށް އެދި އޭނާ ކައިރިއަށް ދާ މީހުން ގިނަ ކަމުންނެވެ. އޭނާ ބުނި ގޮތުގައި އެއްވަނަ ލިބުމަށް ވުރެ ތިންވަނަ ލިބުނު ނަމަވެސް މާރަނގަޅޭ އޭނާ ހިތަށް އަރައެވެ.

ކެރަލާ ސްޓޭޓަށް ނިސްބަތްވާ އޮޓޯ ޑްރައިވަރެއް ކަމަށްވާ އަނޫޕް ލޮޓަރީ ޓިކެޓް ގަނެފައިވަނީ ވަޒީފާއެއް ހޯދުމަށް މެލޭޝިޔާ އަށް ފުރަންއޮތް ދުވަހުގެ އެއްދުވަސް ކުރިން 18 ސެޕްޓެމްބަރުގައި ކަމަށް ވެއެވެ. ޓިކެޓް ގަތުމަށް ބޭނުން ކުރީ އޭނަގެ ދަރިފުޅު ވަކިލާރި އެއްކުރުމަށް ދީފަ ހުންނަ ޕިގީ ބޭންކު ތަޅާލާ، އޭގަހުރި ފައިސާކަމަށް ވެއެވެ.

ލޮޓަރީ ކާމިޔާބު ކުރެވުނު ޚަބަރާ އެކު އަނޫޕް އާއި އޭނާގެ އާއިލާ އަށް ވަރަށް ބޮޑަށް މީޑިޔާގެ ސަމާލުކަން ލިބެމުން ދިޔައެވެ. އެއާއެކު އެކި ހިސާބުތަކުން އެހީއަށް އެދި އޭނާ ކައިރިޔަށް ދާމީހުން ވަރަށް ބޮޑަށް އިތުރު ވެގެން ދިޔައެވެ.  

މިކަމާ ގުޅިގެން އޭނާވަނީ ސޯޝަލް މީޑިޔާ އަށް ވީޑިއޯ އެއްވެސް ލާފައެވެ. މިގޮތަށް އޭނާ ކައިރިޔަށް އެހީ އަށް އެދެން ނުދިއުމަށް ގޮވާލާފައެވެ.

އަނޫޕް ބުނި ގޮތުގައި ދަރިފުޅު ބަލިވެގެން ހޮސްޕިޓަލަށް ދާން ވެސް ގެއިން ބޭރަށް ނުކުންނަން އޭނާއަށް ވަނީ މިހާރު އުނދަގޫ ކަމަކަށް ވެފައެވެ. މިހާރު އެ އާއިލާއިން އުޅެންޖިހިފައިވަނީ ރައްޓެހިންނާއި ތިމާގެ މީހުންގެ ގާތުގައި އެކިފަހަރު އެކި ގޭގައި ކަމަށް ވެއެވެ. އަދި ދާދި އަވަހަށް ދާއިމީކޮށް އެހެން ގެޔަކަށް ބަދަލުވާން ވެސް ދަނީ ވިސްނަމުންކަމަށް އޭނަ ބުނެފައިވެއެވެ.

ލޮޓަރީ އަކީ ސްޓޭޓް ސަރުކާރުގެ ލޮޓަރީއަކަށް ވާއިރު، ކެރަލާ ސްޓޭޓް ސަރުކާރުން ވަނީ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ބުނެ ދިނުމަށް އެއްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް އޭނާއަށް ހިންގޭނެ ކަމަށް ބުނެފައެވެ.

އިންޑިއާދުނިޔެ

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް
14 ޑިސެމްބަރު 2025

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި
13 ޑިސެމްބަރު 2025

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް
11 ޑިސެމްބަރު 2025

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު