Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަސްވެރިން ބާނާ މަސް ނުގަނެވުމުގެ މައްސަލަ

މަސް ނުގަނެވުން އެންމެ ގިނައީ ކޫއްޑޫގައި، ހައްލު ނުކުރެވި ވަނީ މާލީ ދަތިތަކުގެ ސަބަބުން: މިނިސްޓަރު

26 ސެޕްޓެމްބަރު 2022 | ހޯމަ 05:20

މަސްވެރިކަމާއި ގުޅުން ހުރި މަޝްރޫޢުތައް ނުނިމުމާއި މަސްވެރިންގެ ހުރި ޝަކުވާތަކާއި ގުޅޭގޮތުން މެމްބަރުން ވަނީ ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 ސެޕްޓެމްބަރު 2022 | ހޯމަ 05:20
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން

މަސް ނުގަނެވި އެންމެ ގިނަ މީހުން ކިއުގައި ތިބޭ ކަމަށް ފާހަގަކުރެވެނީ ކޫއްޑޫގައި ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ.ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރެއްވީ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ކުރެއްވި ސުވާލަކާއި ގުޅިގެންނެވެ. އޭނާ ސުވާލުކުރައްވާފައި ވަނީ މި އަހަރުގެ މޭއި މަހުގެ ތެރޭގައި މަޖިލީހުގައި ވާހަކަދައްކަވަމުން ކޯލްޑް ސްޓޯރޭޖް އިތުރު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވާތީ އެކަމާއި ގުޅިގެން ކުރާ މަސައްކަތަކީ ކޮބާތޯ ބެލުމަށެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ ދުވަހު މަޖިލީހުގައި އެމަނިކުފާނު ވާހަކަދެއްކެވީ މަސްވެރިން ބާނާ މަސް ނުގަނެވޭ މައްސަލަ ހައްލުކުރުމަށް ކުރު މުއްދަތުގައި އާއި ދިގު މުއްދަތުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ކަމަށެވެ. އެގޮތުން ކެޕޭސިޓީ އިތުރު ކުރުމުގެ ވާހަކަ ދެއްކެވީ ދިގު މުއްދަތުގައި ކުރެވިދާނެ ކަންކަމުގެ ތެރޭގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަޖިލީހުގައި އިތުރަށް ވާހަކަަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޫއްޑޫގައި ދިމާވާ މަސް ގަތުމުގެ މައްސަލަ ހައްލުކުރަން ބްރައިން ފްރީޒިން ކެޕޭސިޓީ 81000 ޓަނާއި ހަމައަށް އިތުރުކުރަން ހުށަހަޅާފައިވާނެ ކަމަށެވެ. އެ މަސައްކަތް ނުކުރެވުނީ އެކަމަށް ބޭނުންވާ ފައިސާ މިފްކޯއަށް ނުލިބިގެން ކަމާށާއި އެހިސާބުން ދެން ބެލީ ވެސެލް ގަނެގެން އެ މައްސަލަ ހައްލުކުރެވޭތޯ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެ ފައިސާ ވެސް އެވަގުތު ހަމަޖެހޭ ގޮތްނުވި ކަމަށާއި ފަހުން ފައިސާ ހަމަޖެހުނު އިރު ކުރިން ހޯދި ވެސެލްތައް ލިބެން ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން ދިގު މުއްދަތަކަށް ބަލާއިރު މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރަން ފިޔަވަޅުތައް އަޅަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުން، ކޫއްޑޫގެ ބަނދަރު ތަރައްޤީކޮށް، ފެލިވަރުގެ އާ ބަނދަރު ޤާއިމްކުރުމުން ވެސް މަސް ގަތުމަށް ދިމާވާ ދަތިތަކަށް ލުޔެއް ލިބޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ރާއްޖޭގައި މަސް ކިރުމުގެ މައްސަލަ ދިމާވަނީ މަސްވެރިކަން ރަނގަޅު ދުވަސްވަރު އެކަނި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން މަސް ނުގަނެވުމުގެ މައްސަލަ ދިމާވަނީ އޮކްޓޯބަރު މަހުން ފެށިގެން 7 މަސް ދުވަހުގެ މުއްދަތުގައި އެކަނި ކަމަށާއި އަނެއް 5 މަސް ދުވަހު މަސް ކިރުމުގެ މައްސަލަ ދިމާ ނުވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ މި މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ހަމައެކަނި ސަރުކާރަކީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ކަމަށް ވެސް ވިދާޅުވެފައެވެ.

މިނިސްޓަރާ އިތުރު ސުވާލުކުރަން ލިބުނު ފުރުސަތުގައި މަސްވެރިކަމާއި ގުޅުން ހުރި މަޝްރޫޢުތައް ނުނިމުމާއި މަސްވެރިންގެ ހުރި ޝަކުވާތަކާއި ގުޅޭގޮތުން މެމްބަރުން ވަނީ ވަަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި މިނިސްޓަރުގެ ޖަވާބުތަކާ މެދު ހިތްހަމަޖެހިވަޑައިނުގެން ވެސް ބައެއް މެމްބަރުން ވަނީ ފާޑުވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރމިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ ޙުސައިން ރަޝީދު ޙަސަން

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް