Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހެއްކާ ބެހޭ ޤާނޫނު

ހެއްކާ ބެހޭ ޤާނޫނުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒާ ގުޅޭ މާއްދާއަށް އިސްލާހު ގެނައުމަށް ނިންމައިފި

ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 13:32
ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ބައިވެރިވަނީ

ހެއްކާ ބެހޭ ޤާނޫނުގައި ހިމެނޭ ނޫސްވެރިކަމުގެ އިމްތިޔާޒާ ގުޅޭ މާއްދާއަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވައިވަނީ އާދީއްތަ ދުވަހު އެޓަރނީ ޖެނެރަލްގެ އޮފީހުން ނެރުނު ނޫސްބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުގައި މި އިސްލާހު ހުށަހަޅަން ނިންމީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ވަކި ހާލަތެއްގައި ހާމަ ކުރުމަށް ހެއްކާ ބެހޭ ޤާނޫނުގައި ލާޒިމް ކުރާ މާއްދާއާ ގުޅިގެން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ އެކަމަށް ހައްލު ހޯދައިދިނުމަށެވެ.

Advertisement - newsAdvertisement

މި ޤާނޫނަށް ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމް ކުރާ ހާލަތްތައް ކަމުގައި ބަޔާންކޮށްފައިވާ ޓެރަރިޒަމްގެ ކުށްތަކާއި ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތައް އިތުރަށް ސާފުވާނެފަދައިން، ޤައުމީ ސަލާމަތާ ގުޅުންހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ނުވަތަ މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާނީ ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވުމަށް މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައް ކަމާއި ޓެރަރިޒަމްގެ ކުށްތަކަކީ "ޓެރަރިޒަމް މަނާ ކުރާ ޤާނޫނު" ގެ ދެވަނަ މާއްދާފައި ބަޔަންކުރާ ކުށްތައް ކަމަށް ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމް ކުރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ޤާނޫނުގައި ކަނޑައެޅުމަށާއި އެފަދަ ނިންމުމެއް ނިންމާނީ ހައިކޯޓުން ކުރާ އަމުރެއްގެ ދަށުންކަން ކަނޑައެޅުމަށް އިސްލާހު ހުށަހަޅާ ކަމަށް ވެސް އެޓާރނީ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

އެޓަރނީ ޖެނެރަލް އޮފީހުން ބުނެފައިވާ ގޮތުގައި މި އިސްލާހުތައް ގެނައުމަށް އެކުލަވާލާ ބިލު މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް އެޑިޓަރސް ގިލްޑް އާ އެ ނޫންވެސް ކަމާ ބެހޭ ފަރާތްތަކާއެކު ވަނީ މަޝްވަރާތައް ކޮށްފައެވެ. އަދި މަޖިލީހަށް ހުށަހެޅުމަށް އެ ބިލު މިހާރު ވަނީ އެކުލަވާލައިފައެވެ.

ހެއްކާ ބެހޭ ޤާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް އެޓަރނީ ޖެނެރަލްގެ އޮފީހުން ބުންޏެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ

07 މާރިޗު 2017
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ރައީސް ނަޝީދުގެ މަައްސަލަައިގަ މިއަހަރު ގޮތެއް ނިންމާނެ: ޖެންސަރ
06 މާރިޗު 2017

ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ

06 މާރިޗު 2017
ކުންފުނިތަކާބެހޭ ގާނޫނުތަކަށް އިސްލާހު ހުށަހަޅަނީ
25 ފެބުރުއަރީ 2017

އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި

25 ފެބުރުއަރީ 2017
އެމްޑީޕީން ސިލްސިލާކޮށް ކެމްޕެއިންތަކަށް އަހްލުވެރިކުރުމާ ބެހޭގޮތުން ބާއްވާ ވޯކްޝޮޕެއް ބާއްވައިފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ބަލައިގަންނަން ފާސްކޮށްފި
13 ފެބުރުއަރީ 2017

ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި

13 ފެބުރުއަރީ 2017
ހެއްކާބެހޭ ބިލަށް ބަހުސްކުރުން ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު