Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެމެރިކާގެ ކޯސްޓްގާޑް ޝިޕް

އެމެރިކާގެ ކޯސްޓްގާޑް ޝިޕްގައި އަޅުގަނޑުގެ ދެގަޑިއިރު

ޝިޕްގައި 130ށްވުރެން ގިނަ އޮފިސަރުން އުޅޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 10:28
އެމެރިކާގެ ކޯސްޓްގާޑް ޝިޕް މިޖެޓް

އެމެރިކާގެ ކޯސްޓްގާޑް ޝިޕް މިޖެޓް

އެހެން ދުވަހަކޭ އެއްގޮތަށް އާދިއްތަ ދުވަހު ހެނދުނު 07:00 ޖެހިއިރު އޮފީހަށް ދިޔައީމެވެ. އެހެންނަމަވެސް މިއަދު އެހެން ދުވަސްތަކާއި ތަފާތުވާނެކަން އެނގުނެވެ. އެއީ އެމެރިކާގެ ކޯސްޓްގާޑް ޝިޕް މިޖެޓް އަށް ދާން އޮތުމުންނެވެ. އޮފީހަށް އައިސް ކުރަން ހުރި ބައެއް މަސައްކަތްތައް ނިންމާލުމަށްފަހު، ވަގުތު ޖެހުމުން އެ ޝިޕަށް ދާން ތައްޔާރުވީމެވެ. ކެމެރާމަން ޒަރީރުއާއެކު ފުރަން އޮތް ސަރަހައްދަށް ދިޔައީމެވެ. އެތަނުގައި އެވަގުތު ގާރލްގައިޑުގެ ބައެއް ކުދިންނާއި ސްކައުޓުގެ ބައެއް ކުދިން ވެސް ތިއްބެވެ. އަދި އެކުވެރި ނޫސްވެރިން ވެސް ތިއްބެވެ.

އަޅުގަނޑުމެންނަށްވުރެން ކުރިން ސްކައުޓް ކުދިން ލޯންޗުގައި ކޯސްޓްގާޑް ޝިޕް އޮތް ދިމާލަށް ނައްޓާލިއެވެ. ފުރަން އޮތް ސަރަހައްދުން ހިނިތުންވުމަކާއެކު އަޅުގަނޑުމެންނާއި ބައްދަލުކުރީ ރާއްޖޭގައި ހުންނަ އެމެރިކާ މިޝަންގެ ޝާޒޭ ޑީ އެފެއާޒް، އެންޑްރިއާ އަޕެލްއެވެ.

އެންޑްރިއާ އަޕެލް ވިދާޅުވީ އެމެރިކާ މިޝަންގެ ފަރާތުން ގާލްރގައިޑުންނާއި ސްކައުޓުން މި ދަތުރުގައި ބައިވެރި ކުރުމަށް ނިންމީ، އެ ކުދިންގެ ހިތްތަކުގައި ވެސް މި ދާއިރާއަށް ޝައުޤުވެރިކަން އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެ ކުދިންނަށް ކައިރިން މަސައްކަތްތައް ބަލާލުމުގެ ފުރުސަތު ފަހި ކޮށްދިނުމަށް ކަމަށެވެ.

އެންޑްރިއާ ވިދާޅުވީ ޝިޕްތައް މިގޮތަށް ރާއްޖެއަށް އައުމަކީ ތަޖުރިބާތަކާއި އައު ޚިޔާލުތައް ބަދަލުކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށެވެ.

އެމެރިކާގެ މިޝަންގެ ފަރާތުން ހަވާލުވެ ހުރި ބޭފުޅާއާއެކު ހުރިހާ ނޫސްވެރިންނާއި ކެމެރާމަނުން ލޯންޗަށް އެރިއެވެ. ކުރު ދަތުރަކަށްފަހު އެ ޝިފް ކަނޑުގައި އޮތް ހިސާބަށް އާދެވުނެވެ. ޝިފަށް އަރަން ޖެހުނީ ވަރަށް ވެސް ހާލުންނެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ނުދައްކާ ޝިޕަށް އެރީމެވެ. އެ ޝިފަށް އެރުމަށްފަހު އަޅުގަނޑުމެންނާއި ހަވާލުވީ ސްޓީވްއެވެ. އެމެރިކާގެ ކޯސްޓްގާޑް ޝިޕާއި ގުޅޭގޮތުން ދެވެން ހުރި ހުރިހާ މައުލޫމާތެއް ސްޓީވް ވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދެއްވާފައެވެ.

މި ޝިޕް ދަތުރު ފެށީ އެމެރިކާގެ ހަވާއީ އިންނެވެ. ޝިޕް ހޮނިހިރު ދުވަހު ރާއްޖެ އައިސްފައިވަނީ އިންޑިއާގެ ޗެންނާއީ އިންނެވެ. މިއީ 2009 ވަނަ އަހަރުން ފަހުން އެމެރިކާގެ ކޯސްޓްގާޑް ޝިޕެއް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

މި ޝިޕްގައި ދެ އެއަރ ޑްރޯން ވެއެވެ. އެއީ ދުވާލު ގަޑީގައި ބޭނުންކުރުމަށް ޚާއްސަ އަދި ރޭގަނޑު ގަޑީގައި ވެސް ބޭނުންކުރުމަށް ޚާއްސަ ޑްރޯނެކެވެ. މީގެއިތުރުން އެހެން ޝިޕްތަކެކޭ އެއްގޮތަށް ހެލިކޮފްޓަރެއް ވެސް ވެއެވެ. ހެލިކަޕްޓަރުގެ އެތެރެ ވަނީ ނޫސްވެރިންނަށް ދައްކާލާފައެވެ.

ސްޓީވް ވިދާޅުވީ ހެލިކަޕްޓަރު ބޭނުންކުރަން ޖެހޭ ހާލަތްތައް ކަނޑައަޅާނީ އެކަމެއް ހިނގައިގެން އުޅޭ ދުރުމިނަކަށް ބެލުމަށްފަހު ކަމަށެވެ. އާންމު ގޮތެއްގައި މި ޝިޕުން އެމެރިކާ ކަނޑުގެ ސަރަހައްދުތަކުގައި މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރި ކުރާ މީހުން އަތުލައިގަނެއެވެ. އެގޮތުން އެމެރިކާ ކަނޑުގެ ސަރަހައްދުން އެންމެ ފަހުން ވެސް 1.7 ބިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ޝިޕްގައި 130ށްވުރެން ގިނަ އޮފިސަރުން ހިމެނޭއިރު އޭގެ ތެރޭގައި 20ށްވުރެ ގިނަ އަންހެން އޮފިސަރުން ހިމެނެއެވެ. މިޖެޓް ޝިޕް ރާއްޖެއަށް ކުރި ޒިޔާރަތުގައި އެމްއެންޑީއެފް އާއެކު މައުލޫމާތު ވަނީ ބަދަލުކޮށްފައެވެ. އަދި ޓްރެއިނިންގ ފޯރުކޮށްދީފައިވާއިރު އެމްއެންޑީއެފް އާއެކު އެމެރިކާ ސިފައިން ވަނީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗެއް ވެސް ކުޅެފައެވެ. އަދި ރާއްޖޭގެ ޑިފެންސް ފޯސް އިން އެމެރިކާ ސިފައިންނަށް ވަނީ ސޮއިކުރުމަށްފަހު ބޯޅައެއް ހަވާލުކޮށްފައެވެ. އެމެރިކާ ސިފައިން ވަނީ ރާއްޖެއާއެކު ކުޅުނު ފުޓްބޯޅަ މެޗުގެ ފޮޓޯއެއް ވެސް ފްރޭމްކޮށްފައެވެ. އަޅުގަނޑުމެންނަށް ޝިޕްގެ ކެޕްޓަން ކަރމައިކަލްއާ ބައްދަލު ކޮށްލުމަށް ކުޑަވަގުތު ކޮޅެއް ލިބުނެވެ.

ރާއްޖެއަށް މި ކުރި ދަތުރާއި ގުޅޭގޮތުން ޝިޕްގެ ކެޕްޓަން ކަރމައިކަލް ވިދާޅުވީ މި ދަތުރު ވަރަށް ވެސް ރަނގަޅު ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާގެ ކޯސްޓްގާޑްގެ ގުޅުން ވެސް އިތުރަށް ވަރުގަދަވެގެން ހިނގައްޖެ ކަމަށް ވިދާޅުވިއެވެ.  

ނޫސްވެރިންނަށް މި ޝިޕްގައި ހިމެނޭ ގިނަ ތަންތަން ވަނީ ދައްކާލާފައެވެ. އެގޮތުން އެ ޝިޕްގައި އެކި ހާލަތްތަކުގައި ބޭނުންކުރުމަށް ހުރި ކުދި ބޯޓްތައް ވެސް ވަނީ ފެނިފައެވެ. އެމީހުން ކެއުމަށް ބޭނުން ކުރާ ސަރަހައްދު ދައްކާލާފައިވާއިރު އެތަނުގައި ކައްކާއެއް ހަރަކާތްތެރިވަމުން ދިޔައެވެ. މީގެއިތުރުން ކާބޯތަކެތި ރައްކާ ކުރުމަށް ބޭނުން ކުރާ ފްރިޖްތައް ވެސް ވަނީ ދައްކާލާފައެވެ. އެ ފްރިޖްތައް އަހަރުމެން ގޭގޭގައި ހުންނަ ކުޑަ ކޮޓަރިއަކަށްވުރެން ވެސް މާ ބޮޑެވެ.

މީގެއިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލު ކުރާނެ ގޮތާއި އެފަދަ ހާދިސާއެއް ދިމާވެދާނެ ކަމަށް ޝިފްގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފަޔަރ ފައިޓިންގް އިކުއިޕްމަންޓްތައް ވެސް ފެނުނެވެ.

އިންޖީނު ރޫމުގައި މަސައްކަތް ހިނގާ ގޮތް ވެސް ކައިރިން ބަލާލުމަށް ފުރުސަތު ލިބުނެވެ. ލޮލުގައި އަޅައިގަތީ އިންޖީނު ރޫމްގައި ޗާޓެއް ކަހަލަ އެއްޗެއް ބަލައިގެން ކުރަހަން އިން މީހެކެވެ. މައުލޫމާތު ސާފުކޮށްލުމުން އެމީހާ ޝިޕްގައި ހޮޅިތައް ހުރި ތަންތަން ކުރަހަނީއެވެ. އެއީ ކަމެއް ދިމާވެއްޖެ ހާލަތެއްގައި އެކަމަށް ވެސް ތައްޔާރުވުމަށްޓަކައެވެ.

ޝިޕަށް ކުރި ދަތުރުގައި އެންމެ ކަމުދާ ތަނަކަށް ފެނުނީ ކޮންޓްރޯލް ރޫމް ސަރަހައްދެވެ. އެތަނުގައި ދުރުމިން ބަލަން ބޭނުންކުރާ ސަމާނާއި ކޮންޓްރޯލްރޫމް ތެރޭގައި ހުރިއިރު އޭގެން ބަލާލުމުގެ ފުރުސަތު ވެސް އަޅުގަނޑަށް ލިބުނެވެ. ޝިޕް ކޮންޓްރޯލް ކުރާ ތަން ވެސް ބަލާލަން ލިބުނެވެ. އަދި އެތަނުގައި ހުރެ ފޮޓޯ ނަގާލުމުގެ ފުރުސަތު ވެސް ލިބުނެވެ. ޝިޕްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށްޓަކައި ބަޑިތައް ހިފައިގެން ވެސް ސިފައިން އުޅުނެވެ.

އެންމެ އުފާވި މަންޒަރަކަށް ފެނުނީ ދިވެހިރާއްޖޭގެ ދިދަ އެ ޝިޕްގައި ނަގާފައި ހުރުމުންނެވެ. ސުވާލުކޮށްލުމުން ސްޓީވް ވިދާޅުވީ އެގޮތަށް ޝިޕް މަޑުކުރާ ކޮންމެ ޤައުމެއްގެ ދިދަ ވެސް ނަގާ ކަމަށެވެ.

އެމެރިކާގެ ކޮންމެ ޝިޕަކަށް ވެސް ނަން ދީފައިވަނީ ކޯސްޓްގާޑްގައި އާދަޔާ ޚިލާފު ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ ނަމުންނެވެ. އެގޮތުން މި ޝިޕަށް ވެސް ނަން ދީފައިވަނީ އެމެރިކާގެ ލައިފް ސޭވިންގ ސަރވިސް އާއި ކޯސްޓްގާޑަށް ގާތްގަނޑަކަށް 40 އަހަރު ހިދުމަތް ކޮށްދެއްވާފައިވާ ޗީފް ވޮރެންޓް އޮފިސަރ ޖޯން އެލެން މިޖެޓް ޖޭއާރްގެ ނަމުންނެވެ. ފުރާނަ ސަލާމަތް ކުރުމުގެ ގޯލްޑް މެޑަލް އެބޭފުޅާއަށް ވަނީ ލިބިފައެވެ. އެއީ 1918 ވަނަ އަހަރު ޓޭންކަރަކުން 42 ސިފައިންގެ މީހުން ސަލާމަތް ކުރުމުންނެވެ.

މި ދަތުރު އަޅުގަނޑު ނިންމާލީ ހަމަޤައިމުވެސް ވަރަށް ހިތްހަމަޖެހިގެންނެވެ. އެމެރިކާ ސިފައިންނާއި ރާއްޖޭގައި ހުންނަ އެމެރިކާ މިޝަން އިން ބެހެއްޓެވި ގާތްކަން ހިތުގައި އޮވެމެއެވެ. އަދި މާލެ އައުމުގެ ކުރިން އެކަނި ނަގަން އުޅުނު ފަހު ފޮޓޯއަށް އެންޑްރިއާ އާއި އެމެރިކާ ސިފައިންގެ މީހަކު އެރުމުން، އެ މަޖާ ހަނދާންތައް ވެސް ހިތުގައި ބަހައްޓައިގެންނެވެ. މިއީ ވަރަށް ގިނަ މައުލޫމާތު ލިބުނު ފުރިހަމަ ދަތުރެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އީރާނާއި އެމެރިކާގެ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

އީރާނާއި އެމެރިކާގެ ނިއުކްލިއަރ މަޝްވަރާތަކާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

29 ޖޫން 2022
އެމެރިކާގެ ހިޔަލުން ބޭރުގައި އިސްރާއީލަށް ކެތްވާނެތަ؟

އެމެރިކާގެ ހިޔަލުން ބޭރުގައި އިސްރާއީލަށް ކެތްވާނެތަ؟

21 މެއި 2021
އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"

އެމެރިކާގެ ފުރަތަމަ އަންހެން ނައިބް ރައީސް ކަމަލާ ހެރިސް: "ވަރަށް ގިނަ މަސައްކަތް އެބަހުރި، ފަށަމާ!"

07 ނޮވެމްބަރު 2020
ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

ދިވެހީންގެ ފުރަތަމަ މެޑިކަލް ޑޮކްޓަރުގެ ޚިދުމަތުން، ޤައުމު މަޙުރޫމުވެ، އެމެރިކާގެ ފަސްގަނޑު ދަށުގައި!

18 ޖޫން 2020
ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

ނިޕްސީ ހަސްލް މަރާލި މައްސަލަ: ގޭންގް ކަމެއްތަ؟ ނޫނީ، އެމެރިކާގެ ސަރުކާރުގެ އަތެއް ވޭތަ؟

03 އެޕްރީލު 2019

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު