Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިނިމަމް ވޭޖް ކަނޑައެޅުން

ބިދޭސީންގެ މިނިމަމްވޭޖް ފަސްކުރުމަކީ ވަރަށް ރަނގަޅު ނިންމުމެއް – ނާޒިމް

އެއްވެސް ހާލެއްގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިގެން ނުވާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ސެޕްޓެމްބަރު 2022 | ހުކުރު 08:57
ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަށާއިރު ޕްރޮގްރާމުގައި

ދަނގެތި ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ފަށާއިރު ޕްރޮގްރާމުގައި

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ދޭން ކަނޑައަޅާ އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމްވޭޖް ފަސްކުރަން ސަރުކާރުން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށް ދަނގެތި ދާއިރާގެ މެންބަރު ކާނަލް ރިޓަޔަރޑް ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. ނާޒިމް ވިދާޅުވީ އެ ނިންމެވުމަކީ ސަރުކާރުން ނިންމެވި ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ. އެއްވެސް ހާލެއްގައި ބިދޭސީންނަށް މިނިމަމް ވޭޖެއް ކަނޑައަޅައިގެން ނުވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ވަޒީފާއާބެހޭ ޤާނޫނަށް 7 ވަނަ އިސްލާހު ގެނައުމުގެ ބިލު މި މަހުގެ 21 ވަނަ ދުވަހު ރައީސް ސާލިހު ތަސްދީގުކުރެއްވުމާއެކު، ދިވެހިރާއްޖޭގައި މަސައްކަތްކުރާ ފަރާތަކީ ބިދޭސީއެއް ނަމަ، ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތަށާއި ޤައުމުގެ ފުދުންތެރިކަމާއި އުފެއްދުންތެރިކަމަށް ރިއާޔަތްކޮށް މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ދޭ ލަފާގެމަތިން، މިނިސްޓަރު ކުރާ އަމުރަށް ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ތާރީހެއް މިނިސްޓަރު ކަނޑައަޅައި އާންމުކޮށް އިއުލާން ކުރަންވާނެކަމަށް ޤާނޫނުގައި ކަނޑައެޅިގެން ވަނީ ގޮސްފައެވެ.

މުދަލާއި ހިދުމަތުގެ އަގުންނާއި، ފަތުރުވެރިކަމުގެ ހިދުމަތުން ނެގޭ ޓެކްސްތައް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ނާޒިމް ވިދާޅުވީ އެކަން ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށެވެ. ނާޒިމް ވިދާޅުވީ ސިޔާސީ ގޮތުން ބަލާނަމަ އެއީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް ގައުމީ ނަޒަރަކުން ވިސްނާއިރު، މި ގައުމު ހަލާކުވެގެންދާން ބޭނުން ނުވާ ކަމަށެވެ. އިގްތިސާދީ އަނދަވަޅުން ސަލާމަތްވުމަށްޓަކައި ޓެކްސް ބޮޑުކުރުމަކީ ކުރައްވަން ޖެހޭ ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ މިއީ އެންމެ ރަނގަޅު ވަގުތުތޯ، ސިޔާސީ ގޮތުން އެކަންކަން ބަލަމުން އަންނަ ކަމަށެވެ. އަދި މަޖިލީހުގައި ވަކާލާތުކުރާ އިރުގައި، ކުރައްވަމުން ގެންދަވާ ދިރާސާގެ ވާހަކަ ވިދާޅުވާނެ ކަމަށެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން ކުރިއަށް އޮތް 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އެފަދަ އިސްލާހެއް ގެންނަނީ ދައުލަތުގެ ޚަރަދުގެ ސިޔާސަތުތަކާއި ދުނިއޭގެ އިގްތިޞާދަށް އަންނަ ބަދަލުތަކާއި ގުޅިގެން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅާ ދޫކޮށްލައިފި ނަމަ، އާމްދަނީން ރިކަރެންޓް ޚަރަދުތައް ހަމަނުޖެއްސޭނެތީ ދައުލަތަށް ލިބޭ އާމްދަނީން ޚަރަދުތައް ހަމަޖެއްސުމަށްޓަކައެވެ.

އެ އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
30 ޖެނުއަރީ 2017

މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު

30 ޖެނުއަރީ 2017
މަޝްވަރާތައް ވަރަށް ކާމިޔާބު، މައުލޫމާތު ހިއްސާކުރައްވާނީ ރައީސް ނަޝީދު:އަލީ ނިޔާޒު
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު