Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ޒަވީ ޤަބޫލުކުރާ ގޮތުގައި ބާސެލޯނާއަށް މިސީޒަންގެ ލަލީގާ ކާމިޔާބު ކުރެވޭނެ

އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާއެކު، ބާސެލޯނާ އަށް އެންމެ އުހަށް ދެވޭނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:17
ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާގެ ކޯޗު ޒަވީ

ބާސެލޯނާ އަށް މި ސީޒަންގެ ސްޕެނިޝް ލީގު ކާމިޔާބު ކުރެވޭނެ ކަމަށް، އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

އިންޓަނޭޝަނަލް ބްރޭކަށް ލީގު މެދު ކަނޑާލިއިރު ބާސެލޯނާ އޮތީ 16 ޕޮއިންޓާއެކު ތާވަލްގެ ދެ ވަނަ މަގާމުގައެވެ. އެއް ވަނަ މަގާމުގައި އޮތް ރެއާލް މެޑްރިޑަށް ލިބެނީ 18 ޕޮއިންޓެވެ. ލީގުގައި މިހާތަނަށް މި ދެ ޓީމު ބަލިވެފައެއް ނުވެއެވެ. ނަމަވެސް ބާސެލޯނާ ވަނީ އެއް މެޗުން އެއްވަރުވެފައެވެ.

ނިމުނު ސީޒަންގައި ރެއާލުން ލީގު ކާމިޔާބުކުރިއިރު، ބާސެލޯނާއާ އެ ޓީމާ ދެމެދު 13 ޕޮއިންޓުގެ ފަރަގެއް އޮތެވެ. މި ސީޒަނަށް އައު ކުޅުންތެރިންތަކެއް ހޯދި ނަމަވެސް، ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި އެ ޓީމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. ނަމަވެސް ފަހު ވަގުތު ބާސެލޯނާ އިން ވަނީ އެ ކުޅުންތެރިން ރަޖިސްޓްރީކޮށްފައެވެ.

ލީގުގައި މިހާތަނަށް ބާސެލޯނާ އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ޚާއްސަކޮށް އެ ޓީމަށް އަލަށް ގެނައި ޕޮލެންޑުގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީ މޮޅު ކުޅުމެއް ދައްކައެވެ. މިހާތަނަށް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ލިސްޓު އެއް ވަނައިގައި އޮތީ ވެސް އޭނާ އެެވެ.

ބޭރުގެ ޓީވީއަކަށް ދިން އިންޓަވިޔުއެއްގައި ޒަވީ ބުނީ، އޭނާ އަށް ޤަބޫލު ކުރެވޭ ގޮތުގައި މި ސީޒަންގައި ބާސެލޯނާ އަށް ލީގު ކާމިޔާބު ކުރެވުމާ ވަރަށް ގާތް ކަމަށެވެ. ވާދަވެރިކޮށް ލީގު ދާއިރު، އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު މި ދެ ޓީމު ބައްދަލުކުރާނެއެވެ.

ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހަވާލުވެ އޭނާ އަންނަނީ އެ ޓީމުގެ ޙާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޒަވީ ދެކޭ ގޮތުގައި އަލަށް ގެނައި ކުޅުންތެރިންނާއެކު ބާސެލޯނާ އިން އަންނަނީ އޭނާ ބޭނުންވާ ސްޓައިލްގެ ފުޓުބޯޅައެއް ކުޅެމުންނެވެ. އަދި އިތުރަށް ރަނގަޅު ކުރަން ހުރި ކަންކަމާއެކު، ބާސެލޯނާ އަށް އެންމެ އުހަށް ދެވޭނެ ކަމަށް ވެސް ޒަވީ ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

29 މެއި 2017

އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ

29 މެއި 2017
 އަހަރެން އެނބުރި ވެމްބްލީއަށް އަންނާނީ ކޯޗެއްގެ ގޮތުގައި: ޓެރީ
22 އެޕްރީލު 2017

ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި

22 އެޕްރީލު 2017
ސުޖަން އަކީ ދިވެހި ކުޅުންތެރިއެއް، ބޭރު ކުޅުންތެރިއެއްގެ ގޮތުގައި ނުދެކެން: ސާންތި
22 އެޕްރީލު 2017

އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ

22 އެޕްރީލު 2017
އީގަލްސް އާއި ދެކޮޅަށް ކުޅޭ މެޗަށް ނިކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން: ސޮބާ
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
16 މާރިޗު 2017

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ
23 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް

23 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ކޮރެއާ ކްލަބާ އެއްވަރުކޮށް ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޓީސީ ސެމީއަށް
22 ފެބުރުއަރީ 2017

ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ

22 ފެބުރުއަރީ 2017
ބޭނުމީ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަ ހޯދަން: ނިޒާމްބެ
20 ފެބުރުއަރީ 2017

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު