Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބޮޑީ ބޯޑިން

ޑްރޮޕްނީ ކެޓަގަރީން ދުނިޔޭގެ ގަދަ 12ގައި ރާއްޖޭގެ ކުޑަ އައްޔަ ހިމެނިއްޖެ

21 ސެޕްޓެމްބަރު 2022 | ބުދަ 09:49

ރޭންކިންގެ ގަދަ 12 ގައި ކުޑަ އައްޔަ އޮތީ 1460 ޕޮއިންޓާއެކު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2022 | ބުދަ 09:49
ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަ ކުރި ރާއްޖޭގެ ކުޑަ އައްޔަ

ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަ ކުރި ރާއްޖޭގެ ކުޑަ އައްޔަ

ބޮޑީ ބޯޑިންގެ ޑްރޮޕްނީ ކެޓަގަރީން ދުނިޔޭގެ ގަދަ 12 އެތުލީޓުންގެ ތެރޭގައި ރާއްޖޭގެ އެއްވަނަ ބޮޑީ ބޯޑަރު އަލީ ޚުޝްރުވާން އަޙުމަދު (ކުޑަ އައްޔަ) ހިމެނިއްޖެއެވެ.

އިންޓަރނޭޝަނަލް ބޮޑީ ބޯޑިން ކޯޕަރޭޝަން (އައިބީސީ)އިން އާންމުކޮށްފައިވާ ރޭންކިންގެ ގަދަ 12 ގައި ކުޑަ އައްޔަ އޮތީ 1460 ޕޮއިންޓާއެކުއެވެ. ކުޑަ އައްޔަ ވަނީ ދާދި ފަހުން އޮތް ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޑްރޮޕްނީގެ ސެމީ ފައިނަލްގައި ވާދަކޮށްފައެވެ. މިއީ މި މުބާރާތުގެ ސީނިއާ ކެޓަގަރީގެ ގަދަ ހަތަރެއްގައި ދިވެހި އެތުލީޓަކު ހިމެނުނު ފުރަތަމަ ފަހަރެވެ. ސެމީ ފައިނަލްގައި ކުޑަ އައްޔަ ވާދަކޮށްފައިވަނީ ރޭންކިންގެ އެއްވަނައިގައި އޮތް ޑޭވް ހަބާޑްއާއެވެ.

އެ މުބާރާތުގައި ކުޑަ އައްޔަ ވަނީ ތަފާތު މޮޅު ހުނަރެއް ވެސް ދައްކާފައެވެ. އޭނާ ވަނީ އޭރު ދުނިޔޭގެ ދެވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ވެސް ބަލިކޮށްފައެވެ. އެއީ އެ މުބާރާތުގައި އެންމެ ގިނަ މީހުންގެ ލޮލުގައި އަޅައިގަން އެއް ނަތީޖާއެވެ.

އައިބީސީން އާންމުކޮށްފައިވާ ރޭންކިންގެ އެއްވަނަ ލިބެނީ ހާބާޑްއަށެވެ. އެއީ 4000 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އަމައުރީ ލެވާން އަށް ލިބެނީ 3720 ޕޮއިންޓެވެ. ތިންވަނައިގައި ދެ އެތުލީޓަކު ވަނީ ހިމެނިފައެވެ. އެއީ 2680 ޕޮއިންޓާއެކު އައިން ކޭމްޕްބެލް އާއި ފަބިއަން ތަޒާއެވެ. ފަސްވަނައިގައި އޮތް ސެމީ މޮރެޓީނޯ އަށް ލިބެނީ 2320 ޕޮއިންޓެވެ. ހަވަނައިގައި އޮތް ހެމް ހަމީމް ވަތޫރީ އަށް ލިބެނީ 2070 ޕޮއިންޓެވެ. ހަތްވަނަ މަގާމުގައި އޮތީ 1860 ޕޮއިންޓާއެކު ކަވިކާ ރޯރުކަމާއެވެ. އަށްވަނައިގައި މެކް ކްރިލީ އޮތީ 1830 ޕޮއިންޓާއެކުއެވެ.

ނުވަވަނައިގައި ވެސް ވަނީ ދެ އެތުލީޓަކު ހިމެނިފައެވެ. އެއީ ކެލެން ޔަމަސާކީ އާއި ޖެރިކޯ ރޮސޭރޯއެވެ. މި ދެ އެތުލީޓުންނަށް ލިބެނީ 1720 ޕޮއިންޓެވެ. ބާރަވަނައިގައި ކުޑަ އައްޔަ އޮތްއިރު، އައްޔަގެ ފަހަތުން ދެން އޮތީ ޕޮހާކަކުއޭއެވެ. އޭނާ އަށް ލިބެނީ 1400 ޕޮއިންޓެވެ.

ކުޑަ އައްޔަ ވަނީ ޤައުމީ ފެންވަރުގައި ވެސް އެތައް ކާމިޔާބީތަކެއް ހޯދާފައެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ
02 މާރިޗު 2017

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން
21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް