Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެންޗެސްޓަރ ޔުނައިޓެޑު

ރޮނާލްޑޯގެ ސަބަބުން ފެނާންޑޭޒްގެ ކުޅުން ދައްވާކަމަށް ބުނާ ވާހަކަތަކަށް އޭނާ ރައްދު ދީފި

21 ސެޕްޓެމްބަރު 2022 | ބުދަ 02:56

ފަރާތްތަކުން ދެކޭ ގޮތުގައި ފެނާންޑޭޒްގެ ކުޅުން ދަށްވެގެން ދިޔައީ ނިމުނު ސީޒަންގައި ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނު ހިސާބުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 21 ސެޕްޓެމްބަރު 2022 | ބުދަ 02:56
ބްރޫނޯ ފެނާންޑޭޒް އާއި ރޮނާލްޑޯ

ބްރޫނޯ ފެނާންޑޭޒް އާއި ރޮނާލްޑޯ

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި ފަހުން، ބްރޫނޯ ފެނާންޑޭޒްގެ ކުޅުން ދަށްވާ ކަމަށް ދެކެވޭ ވާހަކަތަކަށް ފެނާންޑޭޒް ރައްދު ދީފިއެވެ.

ސްޕޯޓިން ދޫކޮށް ޔުނައިޓެޑަށް ބަދަލުވެ ފެނާންޑޭޒް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ޔުނައިޓެޑަށް ބަދަލުވި ފުރަތަމަ ސީޒަންގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 22 މެޗުން 12 ލަނޑު ޖަހާފައެވެ. ޖެހިގެން އައި ސީޒަންގައި އޭނާ ވަނީ 28 ލަނޑު ޖަހާފައެވެ. ނިމުނު ސީޒަންގައި އޭނާ އަށް 10 ލަނޑު ޖެހުނުއިރު، މިހާރު ކުރިއަށް މި ދާ ސީޒަންގައި ފެނާންޑޭޒަށް އަދި ޖެހުނީ އެންމެ ލަނޑެކެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އޭނާގެ ކުޅުން ދަށްވެގެން ދިޔައީ ނިމުނު ސީޒަންގައި ރޮނާލްޑޯ ޔުނައިޓެޑާ ގުޅުނު ހިސާބުންނެވެ.

ނަމަވެސް ފެނާންޑޭޒް ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ނިމުނު ސީޒަންގައި އޭނާ އަށް ގިނައިން އެސިސްޓް ކުރެވިފައިވަނީ ރޮނާލްޑޯއަށް ކަމަށެވެ. އޭނާ ބުނީ މިދިޔަ ސީޒަނުގައި އޭނާ ކުޅުން ދަށްވެގެން ދިޔައީ ރޮނާލްޑޯގެ ސަބަބުންނޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ، ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވުމުގެ ކުރިން އެ ޓީމަށް ލިބޭ ޕެނަލްޓީތައް ޖަހަނީ އޭނާ ކަމަށެވެ. ނަމަވެސް މިދިޔަ ސީޒަނުގައި އޭނާ އަށް ދެ ޕެނަލްޓީ ޖަހަން ފުރުސަތު ލިބުނުކަން ފާހަގަކޮށް ފެނާންޑޭޒް ބުނީ، އެ ދެ ޕެނަލްޓީ ވެސް ނާކާމިޔާބުވީ ކަމަށެވެ. އެހެންކަމުން ރޮނާލްޑޯ ޕެނަލްޓީ ޖެހުމަކުން އޭނާ އަށް ރޮނާލްޑޯ ކުށްވެރި ނުކުރެވޭނެ ކަމަށް ވެސް ފެނާންޑޭޒް ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ ބައެއް މެޗުތަކުގައި ކަން ހިނގާފައިވާ ގޮތް ފާހަގަކޮށްފައެވެ. އެގޮތުން އާސެނަލާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ އޭނާ އަށް ބޯޅަ ދިނުމަށްފަހު، ޕެނަލްޓީ ޖަހަން އެދުނު ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޕެނަލްޓީ ނާކާމިޔާބުވިކަން ފާހަގަކޮށް އޭނާ ބުނީ، އޭނާ އަށް ވިސްނުނީ މުހިންމު ވަގުތުގައި ވެސް ރޮނާލްޑޯ އޭނާ އަށް އިތުބާރު ކުރާ ކަމަށެވެ. އޭނާ ބުނީ ރޮނާލްޑޯ ބެންޗުގައި އިނދެ ޕްރިމިއަރ ލީގުގައި އޭނާ ހަތަރު މެޗު ކުޅުނު އިރު، ޖެހުނީ އެންމެ ލަނޑެއް ކަމަށާއި، އެހެންކަމުން އެއީ ރޮނާލްޑޯގެ މައްސަލަ އޮންނަ ކަމެއް ނޫންކަން ސާފުވާ ކަމަށެވެ.

ފެނާންޑޭޒް ވަނީ ޕޯޗުގަލްގެ ޤައުމީ ޓީމުގައި ވެސް ރޮނާލްޑޯއާއެކު ކުޅެން ފަސޭހަކަން ފާހަގަކޮށްފައެވެ. އަދި އޭނާ ބުނި ގޮތުގައި ރޮނާލްޑޯ އަކީ އިދިކޮޅު ޓީމުން ޖެހިލުންވާވަރުގެ ކުޅުންތެރިޔެއް ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް