Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕްލޭނިން މިނިސްޓްރީ

ގޯއްޗާއި ފްލެޓުތަކަށް އެދި މިހާތަނަށް 20،100 މީހުން ފޯމު ހުށަހަޅައިފި

ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ސެޕްޓެމްބަރު 2022 | ބުދަ 01:56
ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް

ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 20,000 އަށްވުރެ ގިނަ ފޯމު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ރާއްޖެޓީވީގެ "ފަލަސްރުޚީ" ގައި ވާހަަދައްކަވަމުން މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފް ވިދާޅުވީ އެ މިނިސްޓްރީން ހުޅުވާލި "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 20،100 މީހުން ފޯމުތައް ލާފައިވާއިރު މި ސްކީމްތަކަށް އެދި ހުށަހެޅުމުގެ ކަންކަން ފަސޭހަވުމުގެ ސަބަބުން އަދިވެސް ގިނަ ހުށަހެޅުންތައް ލިބެންމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ހުޅުމާލެއިންނާއި ގުޅީފަޅުން 3000 ގޯތި ދޫކުރުމަށް ނިންމާފައިވާއިރު އެ ގޯތިތައް ދޫކުރާއިރު ބަލާ ޝަރުތަކަށް ދާދިފަހުން ވަނި ބަދަލު ގެނެސްފައެވެ. އެގޮތުން، ކުރިން މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަށްވެހިވެފައިވާ މީހަކަށްވެފައި ނުވުމުގެ ޝަރުތު ބަދަލުކޮށް މިހާރު ވަނީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރެޖިސްޓްރީވެފައި އޮތްނަމަވެސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމުގައި ވާނަމަ، އަދި އެ މީހަކު މިހާރު އަނެއްކާވެސް މާލޭގައި ރަޖިސްޓްރީވެފައިވާ މީހެއްކަމުގައި ވާނަމަ އެ މީހަކީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށް ނިންމައިފައެވެ.

މި ބަދަލާ ގުޅޭގޮތުން އާރިފް ވިދާޅުވީ މިއީ ކުރި ސަރުކާރުތަކުގެ އުސޫލުތަކެއްގެ ސަބަބުން އެހެން ތަނެއްގައި ރަޖިސްޓްރީވާން މަޖުބޫރުވި ފަރާތްތަކަށް ފުރުސަތު ދިނުމުގެ ބޭނުމުގައި ގެނައި ބަދަލެއް ކަމަށެވެ. މިގޮތަށް ރަޖިސްޓްރީވާން މަޖުބޫރުވި މީހުންނަކީ މާލެއަށް ހިޖުރަ ކުރި ބައެއްގެ ގޮތުގައި ކަނޑަނޭޅޭނެ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ޕްރޮގްރާމް އިއުލާން ކުރި އިރުވެސް ބިން ދޫކުރާނެ ސަރަހައްދުތަކާއި ފްލެޓުތައް އަޅާނެ ސަރަހައްދުތައް ނިންމާފައިވާކަން ފާހަގަކުރައްވައި އާރިފް ވިދާޅުވީ ހުޅުމާލެ ދެވެނަ ފިޔަވަހީގައި މިހާރުވެސް ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން ފްލެޓުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން، އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން 36 ޓަވަރުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަންކަން އޭނާ ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިޔާ ޕްރޮގްރާމުގެ ދަށުން އިމާރާތް ކުރަމުންދަނީ ދެ ކޮޓަރިއާއި ތިން ކޮޓަރީގެ ފްލެޓުތަކެވެ. ތިން ކޮޓަރީގެ ފްލެޓެއްގައި 930 އަކަފޫޓު ހުންނައިރު ދެ ކޮޓަރީގެ ފްލެޓުގައި 600 އަކަފޫޓު ހުންނާނެ ކަމަށް އާރިފު ވިދާޅުވިއެވެ.

މީގެ އިތުރުން މި ފްލެޓުތައް ލިބޭ ފަރާތްތަކަށް ފްލެޓް ހަވާލު ކުރާނީ ފިނިޝިންގެ ހުރިހާ މަސައްކަތެއް ނިންމުމަށްފަހު ކަމަށް ވެސް އާރިފު ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް

04 ޑިސެމްބަރު 2025
ހައުސިންގ މިނިސްޓްރީ އިން ނެރުނު "ދޮގު" ބަޔާނަކީ، ސަރުކާރުން ތުޅާދޫ ކައުންސިލަށް ކުރި ދުއްތުރާ އެއް: ތުޅާދޫ ކައުންސިލް
28 ނޮވެމްބަރު 2025

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި
21 ނޮވެމްބަރު 2025

ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން

21 ނޮވެމްބަރު 2025
ބަޖެޓުގައި ބޯހިޔާވަހިކަމަށް ޖެހި 1.8 ބިލިއަން ރުފިޔާއިން އަޗާ ތަޅާފައި ކުރި ކަމެއް ފެންނަން ނެތް: ރައީސް ޔާމީން
18 ނޮވެމްބަރު 2025

ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު

18 ނޮވެމްބަރު 2025
ފުލެޓްތަކުގެ ކުލި 10،000 ރުފިޔާއަށްވުރެ ބޮޑު ނުވާނެ، ރަސްމާލެ ގޯތިތައް މާޗް ނުވަތަ އެޕްރީލްގައި ލިބޭނެ: ރައީސް މުއިއްޒު
17 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!

17 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ރަން ޒަމާނުގެ އަހަރު ވެގެން ދިޔައީ 1.8 ބިލިއަން ރުފިޔާ އަށް ވީ ގޮތެއް ނޭނގި، މުޅިން ބޭކާރުވި 365 ދުވަހަށް!
15 ނޮވެމްބަރު 2025

ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން

15 ނޮވެމްބަރު 2025
ރަސްމާލެ ހިއްކުން 5 މަސް ތެރޭ ނިންމާ 15،000 ގޯތި ދޫކުރާނަން
12 ނޮވެމްބަރު 2025

8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި

12 ނޮވެމްބަރު 2025
8 މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ވައުދުވި ރަސްމާލެ މަޝްރޫއުގެ މަސައްކަތް މުއިއްޒު ބައްލަވާލައްވައިފި
11 ނޮވެމްބަރު 2025

ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް

11 ނޮވެމްބަރު 2025
ރަސްމާލެ ހިއްކާ ނިމޭނެ ދުވަހެއް ނޭންގެ، ރައީސް ވިދާޅުވީ ރަސްމާލެ އިން 15000 ގޯތި ދޫކުރަން ވަރަށް އަވަހަށް އިއުލާނު ކުރައްވާނެ ކަމަށް
04 ނޮވެމްބަރު 2025

މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު

04 ނޮވެމްބަރު 2025
މި ސަރުކާރުން އަޅާ ފުލެޓުތައް ހުރީ ކަނޑުއަޑީގަ، ފެންނާނީ ޑައިވިިންގ ކޯހެއް ހަދައިގެން: މެންބަރު ޣަފޫރު
02 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!

02 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ ބަޖެޓު ހުސްވެ ބޯހިކުނު އިރުވެސް މުޢިއްޒު އަށް އެންމެ ގާބުރިއެއް ވެސް އަދި ބާއްވާ ނުލެވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު