Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާގެ މާލީ ހާލަތު

ބާސެލޯނާއަށް 86 މިލިއަން ޕައުންޑުގެ ފައިދާއެއް

ބާސެލޯނާގެ އަމާޒަކީ ކުރިއަށް އޮތް މާލީ އަހަރުގައި 240 މިލިއަން ޕައުންޑުގެ ސާފު ފައިދާއެއް ހޯދުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 16:50
ބާސެލޯނާގެ ރައީސް ލަޕޯޓާ

ބާސެލޯނާގެ ރައީސް ލަޕޯޓާ

ސްޕެނިޝް ލީގުގެ ބާސެލޯނާއަށް ފާއިތުވި މާލީ އަހަރުގެ ތެރޭގައި 86 މިލިއަން ޕައުންޑުގެ ފައިދާ ވެފައިވާކަމަށް އެކްލަބުން ބުނެފިއެވެ.

ބާސެލޯނާއިން އެންމެ ފަހުން އާންމުކުރި މާލީ ރިޕޯޓުގައި ވާގޮތުން އެކްލަބްގެ ޓާންއޯވަރ ހުރީ 890 މިލިއަން ޕައުންޑުގައެވެ. އޭގެ ތެރެއިން ސާފު ފައިދާގެ ގޮތުގައި ރެކޯޑުކޮށްފައި ވަނީ 86 މިލިއަން ޕައުންޑެވެ. ބާސެލޯނާއިން ބުނީ އެކްލަބުގެ އަމާޒަކީ ކުރިއަށް އޮތް 2022-2023 ވަނަ މާލީ އަހަރުގައި 240 މިލިއަން ޕައުންޑުގެ ސާފު ފައިދާއެއް ހޯދުން ކަމަށެވެ.

ބާސެލޯނާއިން ވަނީ އެކްލަބުގެ މިދިޔަ މާލީ އަހަރުގެ ތެރޭގައި އާމްދަނީ ހޯދުމަށްޓަކައި ކްލަބުގެ ހަރުމުދާ ވިއްކާފައެވެ. އެގޮތުން ބާސާ ސްޓޫޑިއޯސްގެ 24.5 ޕަސެންޓު އެކްލަބުން ވަނީ އޯފެއުސް މީޑިއާއަށް 84.6 މިލިއަން ޕައުންޑަށް ވިއްކާފައެވެ. އަދި ޓީވީ ރައިޓްސްގެ ބޮޑު ބައެއްވެސް އެކްލަބުން 25 އަހަރުގެ މުއްދަތަކަށް ވިއްކާފައިވެއެވެ.

ބާސެލޯނާއިން މިގޮތަށް ކަންތައްކުރީ ނިމުނު ސަމަރ ޓްރާންސްފަރ ގައި ޓީމަށް މުހިންމު ކުޅުންތެރިންތަކެއް ރަޖިސްޓްރީ ކުރުމަށެވެ. އެކްލަބަށް ވަނީ ލަލީގާގެ ފައިނޭންޝަލް ފެއަރޕްލޭ ގަވައިދާ އެއްގޮތަށް ބައެއް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގައި ދަތިތަކެއް ކުރިމަތިވެފައެވެ. އޭގެ ތެރޭގައި ރޮބަޓް ލެވަންޑޯސްކީ އާއި ރަފީނިއާ ހިމެނެއެވެ. ކްލަބަށް މިކުޅުންތެރިން ރަޖިސްޓްރީ ކުރެވުނީ ކްލަބުގެ ހަރުމުދާ ވިއްކާ، އިތުރު އާމްދަނީ ހޯދައިގެންނެވެ.

މި ސީޒަންގެ ސްޕެނިޝްލީގުގައި ބާސެލޯނާ މިހާރު އޮތީ 16 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. ބާސެލޯނާއަށްވުރެ ދެޕޮއިންޓު އިތުރަށް ހޯދައިގެން ތާވަލުގެ އެއްވަނައިގައި އޮތީ ވާދަވެރި ރެއާލް މެޑްރިޑެވެ.

ބާސެލޯނާސްޕެނިޝް ލީގު

އިތުރަށް ކިޔާލަން

15 ޑިސެމްބަރު 2025

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް
14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު