Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ށ. މާއުނގޫދޫ ބަނދަރުގެ މަސައްކަތް

ރައީސްގެ ނަސޭހަތްޕުޅަކީ ރައްޔިތުން އުފަލުން ހިތް ބަންޑުންވާފަދަ މަސައްކަތެއް އެމްޓީސީސީން ކޮށްދިނުން: އާޒިމް

އެމްޓީސީސީން މަސައްކަތެއް ނިންމާފައި ދިއުމުން، އެ މަސައްކަތަކީ ރައްޔިތުން އުފަލުން ހިތް ބަންޑުންވާފަދަ މަސައްކަތަކަށްވާނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2022 | އަންގާރަ 12:11
ށ. މާއުނގޫދޫ

ށ. މާއުނގޫދޫ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަބަދުވެސް ދެއްވާ ނަސޭހަތްޕުޅަކީ، އެމްޓީސީސީން މަސައްކަތެއް ނިންމާފައި ދިއުމުން އެ މަސައްކަތަކީ ރައްޔިތުން އުފަލުން ހިތް ބަންޑުންވާފަދަ މަސައްކަތަކަށް ހަދައިދިނުން ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ށ. މާއުނގޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާޒިމް ވިދާޅުވީ، ރައީސްގެ ނަސޭހަތްޕުޅާ އެއްގޮތަށް އަމަލުކުރައްވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާކަމަށެވެ.

Advertisement - newsAdvertisement

ކުރިން އެކި ސަރުކާރުތަކުން ބަނދަރުތައް ތަރައްގީކުރާ ގޮތް ފެނިފައިވާކަމަށާއި، ރައީސް ޞާލިޙުގެ ވެރިކަމުގައިވެސް ބަނދަރު ތަރައްގީކުރަމުންދާ ގޮތް ފެނިފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ނަމަކަށް ކަމެއް ކުރާ އުސޫލުން މާއުނގޫދޫގައި ކުރީ ސަރުކާރުން ބަނދަރެއް ތަރައްގީކޮށްފައި ވާކަމަށާއި އެހެން ރަށްރަށުގައިވެސް އެ އުސޫލުން ކަންތައްތައްކޮށްފައި ހުރި މަންޒަރު ފެނިގެން ހިނގައްޖެ ކަމަށްވެސް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، ރަށުގައި ބަނދަރެއް އޮތްނަމަވެސް ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކޮށްދީފައި ނުވާކަމަށެވެ. މި ސަރުކާރުގައި އެންމެ ގިނަ މަޝްރޫއުތައް ކުރިއަށް ގެންދާ ކުންފުންޏަކަށް އެމްޓީސީސީ ވެގެންދާއިރު، ށ. މާއުނގޫދޫގެ ބަނދަރަކީ އެންމެ ޒަމާނީ ބަނދަރަކަށް ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ ގެންދެވޭނެ އެންމެ ރަނގަޅަކަށް ކަމަށާއި، އެކަމަށް ހެކިވެވަޑައިގަންނަވާ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މާއުނގޫދޫގައި އަޅާ ބަނދަރުވެގެންދާނީ ރައްޔިތުންގެ ތަރައްގީއަށް ހުޅުވައިދޭ މުޅިން އައު ކުރިމަގަށްކަމަށެވެ.

އާޒިމް އިތުރަށް ވިދާޅުވީ، އޭނާ މާއުނގޫދޫއަށް ވަޑައިގަތުމުން އެ ރަށު މީހުން މަރުހަބާ ކިޔާފައިވަނީ ޒަމާނުއްސުރެ ދަންނަ، ރައްޓެހި ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެރަށުން ދެންނެވި މަރުހަބާއަށްޓަކައި އާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެމްޓީސީސީއާދަމް ޢާޒިމްމާއުނގޫދޫށ. މާއުނގޫދޫ ބަނދަރުގެ މަސައްކަތް

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު