Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަމީނީ މަގު ހެދުމުގެ މަސައްކަތް

ގަސްތައް ނުކަނޑައި މަގު ހެދޭނެ ގޮތެއް ހޯދާނެ ކަމަށް އުއްމީދުކުރަން – ރައީސް ނަޝީދު

ގަސްތައް ބަހައްޓައިގެން މަގުތައް ހެދުމަކީ ކޮންމެހެން ބޭނުންތެރިކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 ސެޕްޓެމްބަރު 2022 | އަންގާރަ 07:14
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

އަމީނީ މަގު ހެދުމަށް، އެ މަގުގައި ހައްދާފައި ހުރި ގަސްތައް ނުކަނޑާ މަގު ހެދޭނެ އެހެން ގޮތެއް ހޯދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ފައްޓަވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އަމީނީ މަގުގައި ތާރުއަޅަންކަމަށް ބުނެ އެ މަގުގައި ހުރި ގަސްތައް ކަނޑަމުންދާ ވާހަކަ ނުވަތަ އެހެންތަނަކަށް ބަދަލުވާ ވާހަކަ އިވިވަޑައިގެންފައިވާ ކަމަށެވެ. ގަހެއް ހެދުމަށް 15-20 އަހަރު ނަގާ ކަމަށާއި، މަގެއް ހެދުމަށް ހޭދަވަނީ 2-3 މަސް ކަމަށެވެ. ރައީސް ނަޝީދު ވަނީ އެހެން ގޮތެއް މިކަމުގައި ހޯދަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އަމީނީ މަގު ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން, އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެކަމަށް، އާރްޑީސީން ވަނީ ބުނެފައެވެ. އެ ކުންފުނިން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަން ރާވާފައިވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުންނުވާނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަމަށެވެ. ނަމަވެސް މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯރކްތަކެއް ވަޅުލާފައިވާ މަގުތަކެއް ކަމަށްވާއިރު، މި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީން މިހާރު މަސައްކަތް ކުރަމުން އަންނަ އަމީނީ މަގަކީ، ފެނާއި ނަރުދަމާގެ މައި ހޮޅިތަކުގެ އިތުރުން އެހެން ނެޓްވޯރކްތަކުގެ ވެސް މައި ހޮޅިތައް ވަޅުލާފައިވާ މަގެއްކަން އެކުންފުނިން ފާހަގަކުރިއެވެ. މީގެ ސަބަބުން އެ މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ދަތިތައް ހުރިކަން އާރްޑީސީން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މަގުގެ ފެން ފަށަލަ ތިލަވެފައި، މަގުގެ އަޑީގައި ހުރި ފެނާއި ނަރުދަމާގެ އިތުރުން އެހެނިހެން ނެޓްވޯރކްތަކާ ގުޅޭގޮތުން ލިބިފައިހުރި ކުރެހުންތަކާއި މަގުގެ އަޑި އޮތްގޮތް ދިމާނުވުންފަދަ ގޮންޖެހުންތައް އެބަހުރިކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން ބައެއް ހޮޅިތަކާއި ކޭބަލްތަކަށް އެ މަގުގައި ހުރި ގަސްތަކުގެ މުލުގެ އަސަރު ކޮށްފައިވާކަމަށްވެސް އާރްޑީސީން ބުނެއެވެ. މިއާއެކު އެ ގަސްތައް އަމީނީ މަގުން ނަގައި އެހެންތަނަކަށް ގެންދިއުމުގެ މަސައްކަތް އަންނަކަމަށް އެ ކުންފުނިން ބުނެއެވެ.

އާރްޑީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މިގަސްތައް ބަދަލު ކުރަނީ ކ. ކުޑަގިރީގައި ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑަށެވެ. ނަމަވެސް އަމީނީ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި، މަގުގެ މަސައްކަތް ނިމުމުން ގަސް އިންދޭނެ ތަންތަނުގައި ގަސް އިންދާނެއެވެ.

ކުރީގެ ރައީސް، މުހައްމަދު ނަޝީދުއަމީނީ މަގުއަމީނީމަގު ތަރައްގީކުރުމުގެ މަޝްރޫއު ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
06 ނޮވެމްބަރު 2025

މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި

06 ނޮވެމްބަރު 2025
މިއަހަރުގެ އެޕްރީލް 8 ގައި އާރްޑީސީ އާ ހަވާލުކުރި އައްޑޫ ލިންކް ރޯޑުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި
04 އޮކްޓޯބަރު 2025

އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް

04 އޮކްޓޯބަރު 2025
އާރްޑީސީގެ މުވައްޒަފުންގެ މުސާރައިން ޕެންޝަން ފައިސާ ކެނޑުމަށްފަހު އެ ފައިސާ ޖަމާނުކުރާތާ އެތައް މަހެއް
17 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު

17 ސެޕްޓެމްބަރު 2025
މީޑިއާ ކޮންޓްރޯލު ބިލު: މިއީ ދިވެހިރާއްޖެ އަށް ވަރަށް ހިތާމަވެރި ދުވަހެއް: ރައީސް ނަޝީދު
04 ޖޫން 2025

ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ

04 ޖޫން 2025
ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ރައީސް ނަޝީދު ޚިޔާލު ހޯއްދަވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު