Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޭންކިންގް ދާއިރާ ދޫކޮށް ބޭކިންގް ވިޔަފާރި ފެށުން

ވާގިނެތުނު ބޭންކިންގްގެ ދާއިރާ ދޫކޮށް، ބޭކިންގްއަށް: ޖިނާނީގެ ބާރަކީ 28 އަހަރުގެ ތަޖުރިބާ!

ނިސްވިން އަލް ފާންގެ ނަން ދޭހަ ކޮށްދެނީ އަންހެނުންގެ ބޭކަރީއެއް ކަން، އެތަނުގަ އުޅެނީ ހުސް އަންހެނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ސެޕްޓެމްބަރު 2022 | އަންގާރަ 08:56
ޖިނާނީ، އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދަނީ އެމީހުންގެ އަމިއްލަ އިމާރާތެއްގައި، އޯގަސްޓް 2021 ގައި ބޭކަރީ ހުޅުވީވެސް ހަމަ އެ އިމާރާތުގައި

ޖިނާނީ، އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދަނީ އެމީހުންގެ އަމިއްލަ އިމާރާތެއްގައި، އޯގަސްޓް 2021 ގައި ބޭކަރީ ހުޅުވީވެސް ހަމަ އެ އިމާރާތުގައި

ޖިނާނީ ހާޔަކް އަކީ ލުބްނާންގެ ބޭންކިންގް ސެކްޓަރުގެ ޤަދަރު ހުރި ބްރާންޗެއްގައި 28 އަހަރު ދުވަސް ވަންދެން މަސައްކަތް ކުރި މީހެކެވެ. ނަމަވެސް މިއަދު އޭނާއަކީ މައުންޓް ލެބަނަންގައި އަމިއްލަ ބޭކަރީއެއް ހިންގާ މީހެކެވެ. އަމާޒަކީ ހަމަ އެކަނި މުވައްޒަފުން ބައިވެރިކޮށްގެން ބޭކަރީ ހިންގުމެވެ. އަންހެނުންނަށްވެސް އަބުރުވެރި އަދި ބާރުވެރި ދިރިއުޅުމެއް ހޯދާދިނުމެވެ.

އިޔާދަ ކުރެވެން ނެތް ފަދަ އިޤްތިޞާދީ ހީނަރުކަމުގެ ކަނޑެއްގެ ތެރެއަށް ލުބްނާން ޣަރަޤުވާން ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެ ޤައުމުގެ އާބާދީގެ 80 ޕަސެންޓް މީހުން މިހާރު ތިބީ އިންތިހާ ބިކަ ހާލުގައެވެ. އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ލުބްނާން ފައިސާގެ އަގު ވަނީ 95 ޕަސެންޓަށް ވެއްޓިފައެވެ.

ލުބްނާންގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮތީ ޚިދުމަތުގެ ސިނާއަތްތަކުގެ މައްޗަށް ކަމަށް ވާއިރު، އެ އިޤްތިޞާދަށް އިންތިހާއަށް ބޭނުންވާ ބޭންކިންގް ސެކްޓަރު އޮތީ ވާގި ނެތިފައެވެ. ބޭންކުތަކުގައި ފައިސާ ރައްކާ ކުރަމުން ދިޔަ މީހުންނަށް ޑޮލަރު އެކައުންޓްތަކާ ހިސާބަށް ދެވޭނެ ގޮތެއް ނެތެވެ. އެ ފުރުޞަތު ލިބޭ މީހަކަށްވެސް އަތް ލެވެނީ، އަސްލު އަގުގެ 4 ބައިކުޅަ 1 ހާ ފައިސާގައެވެ.

ޖިނާއީ އަކީ އަބަދުވެސް ވިޔަފާރިއެއްގެ ގޮތުގައި ބޭކަރީއެއް ހިނގުމުގެ ހުވަފެންތައް ދެކެމުން ދިޔަ މީހެކެވެ. މީގެ 4 ވަރަކަށް އަހަރު ކުރިން، އޭނާ ވަނީ ވިޔަފާރި ހިންގުމާ ބެހޭ ކޯސްތަކެއްވެސް ހަދާފައެވެ. އިންތިޒާރު ކުރަމުން ދިޔައީ ވިޔަފާރި ފުޅާކޮށްލާނެ ރަނގަޅު ވަގުތަކަށެވެ.

ޖިނާނީ، އޭނާގެ އާއިލާއާއެކު ދިރިއުޅެމުން ދަނީ އެމީހުންގެ އަމިއްލަ އިމާރާތެއްގައެވެ. އޯގަސްޓް 2021ގައި ބޭކަރީ ހުޅުވީވެސް ހަމަ އެ އިމާރާތުގައެވެ. ބޭކަރީގެ ނަންވެސް ހާއްސައެވެ. "ނިސްވިން އަލް ފާން"ގެ ނަމުންވެސް ދޭހަކޮށްދެނީ އެއީ އަންހެނުންގެ ބޭކަރީއެއް ކަމެވެ. ހަމަ އެއާއެކު، ތުންތުން މަތިން ފެތުރޭ ތޯތޯ ވާހަކަ ދެއްކުމުގައި އުޅޭ އަންހެނުންނަށްވެސް އެ ނަން ރިޢާޔަތް ކުރެއެވެ.

ޖިނާނީ ބުނާ ގޮތުގައި އޭނާގެ އަމާޒަކީ ހުރިހާ އެންމެންވެސް އުފަލުގައި ބޭތިއްބުމެވެ. އޭނާގެ ގާތުން ޚިދުމަތް ހޯދަން އަންނަ ކްލަޔަންޓުންނަށްވެސް އެކަން އިޙްސާސްކޮށްދިނުމެވެ. އަދި އަންހެނުންނަކީވެސް ކިހާ ބާރުގަދަ އަދި ކިހާ ކެރޭ ބައެއްކަން ސާބިތުކޮށްދިނުމެވެ.

މި ދަނޑިވަޅަކީ ހިތި ދާޚިލީ ހަނގުރާމައެއްވެސް ތަޖުރިބާ ކޮށްފައިވާ ލުބްނާންގެ ތާރީޚް ދެކެފައި ނުވާފަދަ ހީނަރުކަމަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާ ހިތްދަތި ދަނޑިވަޅެކެވެ. މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތަކަކާ އެ ޤައުމަށް ކުރިމަތިލާން ޖެހިފައިވާއިރު، ލުބްނާންގައި މިވަގުތު ތިބި ކޮންމެ 10 މީހަކުން 8 މީހަކީ ފަޤީރަކަށް ވަނީ ވެފައެވެ.

ޖިނާނީ ހާޔަކްނިސްވިން އަލް ފާންލެބަނަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި

29 ނޮވެމްބަރު 2025
އިސްރާއީލް އިން ހިޒްބުﷲ ގެ މިލިޓަރީ ކޮމާންޑަރު މަރާލުމުން، އެކަމުގެ ރައްދު ދިނުމުގެ ޙައްގު އޮތް ކަމަށް އެ ޖަމާއަތުން ބުނެފި
24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
12 ޖުލައި 2025

އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ

12 ޖުލައި 2025
އެމެރިކާ އިން ލުބުނާން އަށް 100 މިލިއަން ޑޮލަރުގެ އެއާ ކްރާފްޓް ވިއްކަނީ
27 ޖޫން 2025

ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

27 ޖޫން 2025
ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު