Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މިނީ ބަހުގެ ހިދުމަތް

ހިދުމަތް ތަޖުރިބާ ކުރުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން މިނީ ބަހުގެ ހިދުމަތް އިތުރު 2 ހަފްތާއަށް ހިލޭ

އަންމަ މަހުގެ 2 ވަނަ ދުވަހާ ހަމައަށް މިނީ ބަހުގައި ހިލޭ ދަތުރުކުރެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 13:41
އިތުރު 2 ހަފްތާއަށް މިނީ ބަހުގެ ހިދުމަތް ހިލޭ ދިނުމަށް ވަނި ނިންމާފައި

އިތުރު 2 ހަފްތާއަށް މިނީ ބަހުގެ ހިދުމަތް ހިލޭ ދިނުމަށް ވަނި ނިންމާފައި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ބަހުގެ ހިދުމަތް މާލެ ސަރަހައްދުގައި އިތުރު 2 ހަފްތާއަށް ހިލޭ ދިނުމަށް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ހިލޭ ދަތުރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ ކަސްޓަމަރުން މި ހިދުމަތް ރަނގަޅަށް ތަޖްރިބާކުރުމުގެ އިތުރު ފުރުސަތު ދިނުމާއިއެކު ކަސްޓަމަރުންގެ ހިޔާލާއި އެއްގޮތަށް ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ހަރުދަނާ ކުުރުމެވެ. އަދި ހިދުމަތަށް އަގުނަގައިގެން ދަތުރުކުރަން ފެށުމާއިއެކު ޓިކެޓް ނަގަން ބޭނުންކުރަންޖެހޭ އާރުޓީއެލް ޓްރެވެލް އެޕަށް ކަސްޓަމަރުން އަހުލުވެރިކުރުމަށް އިތުރު ފުރުސަތު ދިނުމަށް ކަމަށެވެ.

Advertisement - newsAdvertisement

މާލޭގެ އެތެރޭގެ ދަތުރުފަތުރުގައި ދިމާވާ މައްސަލަތަކަށް ގިނަ ހައްލުތަކެއް ގެނެސްދީފައިވާ މިނީ ބަހުގެ ހިދުމަތުގެ އަޖުމަބެލުމުގެ ދަތުރުތައް ފަށާފައިވަނީ ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ. މިނީ ބަހުގައި ޓިކެޓް ނަގަން ޖެހެނީ އާރުޓީއެލް އެޕްލިކޭޝަން ނުވަތަ ވެބްސައިޓް މެދުވެރިކޮށެވެ. އެގޮތުން ޓިކެޓްގެ ގޮތުގައި ލިބޭ ކިއުއާރު ކޯޑް ބަހަށް އަރަމުން ބަހުގައި އިންނަ ޑިވައިސްއިން ސްކޭން ކޮށްލުމުން ހިދުމަތް ލިބިގެންދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.

މާލެ ސަރަހައްދުގައި އާރް.ޓީ.އެލް ބަހުގެ ޚިދުމަތް ހިލޭ ފޯރުކޮށްދެވޭ މުއްދަތު ނިމުމުން، އާރްޓީއެލް ވެބްސައިޓް އަދި އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހައިން ކިޔުއާރް ޓިކެޓް ބައްލަވައިގަނެ ދަތުރުކުރުމުގެ އިންތިޒާމް ހަމަޖެހިފައިވެއެވެ. އަދި މިހާރު ކިއުއާރް ޓިކެޓް ނަގާފައިވާ ފަރާތްތަކަށް، އަގު ނަގަން ފެށުމުން އެ ޓިކެޓް ބޭނުންކުރެވޭނެ ކަަމަށް އެމްޓީސީސީން ބުނެއެވެ. އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރ އަދި ގޫގްލް ޕްލޭ ސްޓޯރއިން ހިލޭ ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މާލެ ތެރޭގައި މިނީ ބަހުގެ ދަތުރުތައް ކުރެވިގެންދާއިރު ދަތުރަކަށް ނަގަން ނިންމާފައިވަނީ 7 ރުފިޔާއެވެ. ނަމަވެސް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި، 65 އަހަރުން މަތީގެ މީހުންނަށް އަދި ސްކޫލް ޔުނީފޯމުގައި ތިބޭ ކުދިންނަށާއި، 3 އަހަރުން ދަށުގެ ކުޑަކުދިންނަށް ބަހުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ކޮންމެ ދުވަހަކުވެސް ފަތިހު 5:45 ގައި ދަތުރުތައް ފަށާ ގޮތަށް މެންދަމު 12:15 އާ ހަމައަށް ދަތުރުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު ކޮންމެ 2 ބަސް ސްޓޮޕެއްގެ ދޭތެރޭގައި ނަގާނީ 5 ވަރަކަށް މިނެޓު ކަމަށް އެމްޓީސީސީއިން ބުނެއެވެ. އަދި ބަސް ސްޓޮޕުން އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމަށް ގިނަވެގެން ނަގާނީ 10 މިނެޓު ކަމަށް ވަނީ ލަފާކޮށްފައެވެ.

42 ތަނެއްގައި ބަސް ސްޓޮޕްތައް ގާއިމްކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މި ޚިދުމަތް ފެށިގެން ގޮސްފައިވަނީ 18 ބަހާއެކު ކަމަށާއި އެއީ 20 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

ރާއްޖެޓީވީގެ ފަލަސުރިޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވެފައިވަނީ މިނީ ބަސްތަކުގެ ޚިދުމަތް ފެށުމާއެކު މާލޭގެ މަގުތަކުގައި ދުއްވާ ކާރުތަކާއި، ސައިކަލުތައް މަދުވާނެކަމަށް ބެލެވޭ ކަމަށެވެ. އަދި މިނީ ބަސް ދުއްވާ މަގުތަކުގައި އާންމުނަށް ޕާކު ކުރުން މަނާކޮށް ދަތުރުތައް ފެށިގެންދިއުމަކީ އެއްވެސް ދައްޗަކާނުލާ ބަސް ދުއްވޭނެ މަގު ފަހިވާނެ ކަމެއް ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމާއެކު މަޖީދީ މަގުގައި ޕާކުކުރުން މިހާރު ވަނީ މަނާކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ވަނީ މަޖީދީމަގުގައި ޕާކު ކުރުން މަނާކަން އެންގުމަށް، މަގުގެ ދެ ފަރާތުގައި ވެސް ރޮނގު ދަމާފައެވެ. ބައެއް ސަރަހައްދުތަކުގައި ޕާކު ނުކުރެވޭކަން އެންގުމަށް ކޯނުވެސް ވަނީ ޖަހާފައެވެ.

އަދި މިނީ ބަހުގެ ދަތުރުތައް މާލޭގައި ކުރިއަށް ގެންދިޔުމަށް މަގުތަކުގެ ޕާކިންގ ޒޯންތައް ނަގައި އެ ތަންތަނުގެ ބަދަލުގައި ވެހިކަލްތައް ޕާކުކުރުމަށް މިހާރު ހަތަރު ސަރަހައްދަކުން ބިން ވެސް ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ބަޔަކާއި އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި ދަރުބާރުގޭދޮށާއި ރަސްފަންނު ކައިރިން ކޮރަލް ބުލެވަރޑް ކައިރީ އޮންނަ ސަރަހައްދެވެ.

މިނީ ބަހުގެ ޚިދުމަތް މާލޭގެ އިތުރުން އެހެން ސަރަހައްދުތަކެއްގައި ވަނީ ފަށާފައެވެ. އެއީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކެވެ.

މިނީ ބަސްރާއްޖެ ޓްރާންސްޕޯޓް ލިންކްމާލެ ސިޓީއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު