Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ބޯކަހާލަން އަތް ހިއްލާލިޔަސް ޓެކްސީ މަޑުކުރޭ

މީގެ ކުރިން މަޖީދީ މަގުން ޓެކްސީ ނުލިބުނަސް މިހާރު ކިއު ދަމާލާފައި އޮންނަ ކަމަށް އާންމުން ބުނޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 08:56
މިނީ ބަސް މަޖީދީ މަގުގެ ބަސް ސްޓޮޕަކަށް މަޑުކުރަން އަންނަ އިރު، ކުރިމަތީގައި 3 ޓެކްސީ

މިނީ ބަސް މަޖީދީ މަގުގެ ބަސް ސްޓޮޕަކަށް މަޑުކުރަން އަންނަ އިރު، ކުރިމަތީގައި 3 ޓެކްސީ

މީގެ 2 ހަފްތާއެއްހާ ދުވަސް ކުރިއަށް ޖެހިލާނަމެވެ. މަޖީދީ މަގުގެ އެއްފަރާތް މާފަންނުން ފެށިގެން ހެންވޭރާ ހަމައަށް އޮތީ ޕާކު ކުރުމަށް ދޫކޮށްފައެވެ. މިއީ މާލޭގެ އެންމެ ކާރުބާރުބޮޑު މަޖީދީ މަގުގެ ޓްރެފިކް ބާރުބޮޑުވި އެއް ސަބަބެވެ. ދެވަނަ ސަބަބަކީ ދިވެހިންގެ ވިޔާނުދާކަމޭ ބުނުމަކުން ވެސް ދޮގަކަށް ނުވާނެއެވެ. ޕާކިންއަށް ޖަހާނެ ކިތައްމެ ބޮޑު ޖާގައެއް ހުއްޓަސް ބޭނުންތަނަކަށް ޕާކަށް ޖަހާލަނީއެވެ. ވަންނަން ބޭނުންވާ ފިހާރަ ނޫނީ ގޭގެ ދޮރުމަތީގައި ވެސް ޕާކްކޮށްލަނީއެވެ.

ނަމަވެސް މަޖީދީމަގަށް އެނގުން ވެގެން ދިޔައީ މީގެ ދެހަފްތާއެއްހާ ދުވަސްކުރިން މާލޭގެ އެތެރޭގައި ބަހުގެ ހިދުމަތް ދޭން ފެށުމަށް މަޖީދީ މަގުގައި ޕާކްކުރުން މަނާކުރިއެވެ. މިއާއެކު އާންމުންގެ އެތައް ޝަކުވާއަކަށް ވެގެންދިޔައީ ޕާކު ކުރުމުގައި ދިމާވާނެ މައްސަލަތަކަށެވެ. އެހެންނަމަވެސް މަގު ހުސްކުރުމާއެކު ދުއްވަން ފަސޭހަވެ ޓްރެފިކް ފްލޯއަށް ބޮޑެތި ލުއިތަކެއް ލިބިގެންދިޔަތަން ފެނުނެވެ. އަދި އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ ކުރިން މަޖީދީމަގުން ނުފެންނަހާ ގިނައިން ޓެކްސީތައް ވެސް ފެންނަން ފެށުމެވެ.

މިއީ މިފަހުން އެންމެ ގިނައިން އެއްބަޔަކު ދައްކާ އެއް ވާހަކައެވެ. މާލެ ތެރޭގައި މީގެ ކުރިން ދަތުރު ނުކުރާ ޓެކްސީތައް، ވަކިން ހާއްސަކޮށް މަޖީދީ މަގަށް ނާރާ އަދި މާލެތެރޭގައި ދަތުރުކޮށްދޭން ދެކޮޅު ހެދި ޓެކްސީތަކުން ވެސް މަޖީދީ މަގު ރަންގަނޑަކަށް ވެގެންދިއުމެވެ. މަޖީދީ މަގު މިހާރު ތޮއްޖެހެނީ ޓެކްސީތަކުންނޭ ބުނުމަކުން ދޮގަކަށް ވެސް ނުވާނެއެވެ. ޓެކްސީއެއް ފުލުގައި ޓެކްސީއެކެވެ. މިއީ މީގެ ކުރިން ފެނުނު މަންޒަރެއް ވެސް ނޫނެވެ.

ރައްޓެއްސަކު ފޭސްބުކުގައި ހިއްސާކޮށްފައިވާ މެސެޖެއްގަ އޮތެވެ. މާލެތެރޭގެ ތަނަކަށްދާން މީގެ ކުރިން ދޮޅު ދެގަޑި އިރުވަންދެން އަތް ހޫރާލަހޫރާލަ ހުއްޓަސް، ފޯނުގެ ލާރުކޮޅު ހުސްވެ ބިލު ބޮޑުވާއިރު ވެސް ނުލިބިގެން އުޅުނު ޓެކްސީ މިހާރު ބޯ ކަހާލަން އަތް ނަގާލިއަސް ލިބޭ ވާހަކައެވެ. އެހާވެސް މަޖީދީ މަގުގައި ޓެކްސީ ތިޔާގި ވާހަކައެވެ.

އިތުރަށް ވާހަކަތައް ހިއްސާކުރަމުން ބުނެފައިވަނީ މީގެ ކުރިން ޓެކްސީތައް މަޑުކުރިއަށް މާލޭގެ ތަނެއްގެ ވާހަކަ ދައްކާލުމުން ދަތުރުކޮށްދޭން ދެކޮޅު ހަދާ ވާހަކައާއި، ނުދެވޭނެ ވާހަކައާއި އެހެންތަނަކަށް ދާ ވާހަކަފަދަ ބަހަނާތައް ދައްކާ ދަތުރު ނުކޮށްދޭ ވާހަކަ ބުނެފައިވެއެވެ. ގުޅައިގެން ވެސް މާލެ ތެރޭގައި ދަތުރުކުރަން ޓެކްސީތަކުން ދެކޮޅު ހަދާ ވާހަކައެވެ. ނަމަވެސް އަނގައިން ބަސް ބޭރު ނުވަނީސް، ހުޅު ކިޔާލެވޭ އިރަށް ޓެކްސީ ލައިންދަމާލާ ވާހަކައެވެ. މިއަދު ހާލަތު ބަދަލުވެ މަޖީދީ މަގުގައި ވެސް އަދި އެހެން މަގެއްގައި ވެސް ދުއްވޭ ކަމަށްވި ވާހަކައެވެ.

ޓެކްސީތަކުން މާލެ ތެރޭގައި ދަތުރުކުރަން މަޖްބޫރުވީތޯ ވެސް އާންމުން ސުވާލު އުފައްދަން ފަށައިފިއެވެ. ޓެކްސީގެ ހިދުމަތަކީ އާންމުންނަށް އޮތް އުނދަގުލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާއިރު، ޓެކްސީ ޑްރައިވަރުންގެ ތެރެއިން ބައެއް ފަރާތްތަކުން ގާނޫނާއި ގަވާއިދު މުގުރާލާ ހިތުހުރިގޮތަކަށް ކަންކުރުމަކީ އެމީހުންގެ ހައްގުކަމުގައި ދެކިގެން މަސައްކަތް ކުރެއެވެ. މިހާތަނަށް ކަންކަން ވެފައިވެސް އޮތީ އެގޮތަށެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދެވެން ފެށުމާއެކު، އެކަމާއި ވެސް ދެކޮޅު ހެދިއެވެ. ހަގީގަތަކީ ބަހުގައި ދަތުރުކުރަން ބޭނުންވާ މީހަކު ކުރާނެއެވެ. އަދި ކުރަން ބޭނުން ނުވާ މީހަކު ޓެކްސީގައި ކުރާނެއެވެ. އާންމުންނަށް ދެވޭ ހިދުމަތަކާއި ދެކޮޅަށް އެއްވެސް ބަޔަކަށް ވާހަކަ ނުދެއްކޭނެއެވެ. އަދި އަމުދުން ޓެކްސީ ޑްރައިވަރުން ބޭނުން އަގެއްގައި ދަތުރުކުރަން އާންމު މީހާ ބޭނުންވެސް ނުވާނެއެވެ. އަގު ހެޔޮކޮށް ދަތުރުކުރެވޭނެ އެ މަގު ކޮންމެ މީހަކު ވެސް ހިޔާރުކުރާނެއެވެ.

އާމްދަނީއަށް އަސަރުކޮށްފިކަމަށް ޓެކްސީ ޑްރައިވަރުންގެ ތެރެއިން އެއްބަޔަކު ބުނަމުންދާއިރު، އަނެއް ބަޔަކު މިކަމާއި އެއްބަހެއް ނޫނެވެ. ނަމަވެސް ދެމުން ދަނީ ބަހުގެ ހިދުމަތް ހުއްޓުވާނެކަމުގެ އިންޒާރެވެ. އާންމު ދަތުރުފަތުރަކީ ޓެކްސީ ޑްރައިވަރުންގެ އަމިއްލަ މިލްކިއްޔާތެއްހެން ހީވާ ފަހަރުވެސް އާދެއެވެ.

އިއްޔެއަކު ނުވަތަ މިއަދު ފެންނަން އޮތް ހަގީގަތެއް ނޫނެވެ. މިއީ މާކުރިންސުރެ ފެންނަން އޮތް ހަގީގަތެކެވެ. ސިނަމާލެ ބްރިޖާއެކު މާލެތެރޭގައި ޓެކްސީތަކުން ކުރާ ދަތުރުތައް މަދުވެ ބޮޑު އަގުގައި މާލެއާއި ހުޅުމާލެ އަދި ހުޅުލެއާއި ދެމެދު ދަތުރުކުރަން ފެށުމެވެ. އެމީހުންގެ އާމްދަނީގެ 99 އިންސައްތަ ހޯދަނީ މި ދެ ރޫޓުންނެވެ. މާލެ ތެރޭގައި 30 ރުފިޔާއަށް ދަތުރުކުރަން ޖެހުމުން އެކަން ނުކުރަން ދެކޮޅު ހަދާ އެތައް އެތައް ޓެކްސީ ޑްރައިވަރުންނެއް މިއަދުވެސް އެބަތިއްބެވެ.

މައްސަލައަކީ މިނީ ބަހެއްވެސް ނޫނެވެ. އަދި މައްސަލައަކީ މަޖީދީމަގާއި ޓެކްސީ ހޯދާ މީހާއެއްވެސް ނޫނެވެ. މައްސަލައަކީ ގާނޫނާއި ގަވާއިދަށްވުރެ މަތީގައި އުޅޭ ބައެއް ޓެކްސީ ޑްރައިވަރުން ހުއްޓުވާނެ އިދާރާއެއް ފަރާތެއް އާރެއް ޔާރެއްވެސް ނެތުމެވެ.

މިނީ ބަސްރާއްޖެ ޓްރާންސްޕޯޓް ލިންކްއެމްޓީސީސީޓެކްސީ ޚިދުމަތް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

'ޓެކްސީ ނަފާ' ލޯނު ސްކީމަކީ މިހާރު މަކަރު ހީލަތުގެ ސްކޭމެއް، ކާރު ލޮލަށް ވެސް ނުފެނި އަންގަނީ ލޯނު ދައްކަން: ޓެކްސީ ޑްރައިވަރެއް

18 ނޮވެމްބަރު 2025
ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

ޓެކްސީ ލައިންގެ ހިދުމަތް ފަށާނެ ތާރީހެއް އަނެއްކާވެސް ދީފި، މިއީ 3 ވަނަ ފަހަރު

18 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

31 މެއި
ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ބަންޑާރާ ކޮށީގައި ސިފައިންގެ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ލޯންޗަކުން ޖެހި ފާނަ މަސްވެރިކަން ކުރަން އުޅުނު ބިދޭސީއެއް މަރުވެއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި
20233 އަހަރު ކުރިން
ރާއްޖެ

އާލާ ބޯޓު އަޑިއަށް ގޮސްފި

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް
20224 އަހަރު ކުރިން
ރާއްޖެ

ބުރިޖުގެ މަސައްކަތް ލަހެއް ނޫން، މާލެ އާއި ވިލިމާލެ ގުޅުވާލާ ބުރިޖުން 2023 ޖުލައިގައި ދަތުރުކުރެވޭނެ – އެފްކޮންސް

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ
20215 އަހަރު ކުރިން
ރާއްޖެ

އަނދައިގެން ދިޔައީ ބިދޭސީ މީހާގެ އާމްދަނީ، ކައުންސިލުން އެ ލާރި ހޯދައިދެނީ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ
20197 އަހަރު ކުރިން
ރާއްޖެ

އީދު ނަމާދު ކުރާ ސަރަހައްދުގައި އޮފިޝަލުންގެ ގޮތުގައި ބިދޭސީން ހަރަކާތްތެރިވަނީ

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި
20188 އަހަރު ކުރިން
ކުޅިވަރު

މުހައްމަދު ސަލާހަށްވި އަނިޔާގެ މައްސަލަ ހުތުރު ގޯޅިއެއް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު