Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެލެއިން ރޮބަރޓް ނުވަތަ ފަރަންސޭސި "ސްޕައިޑަރމޭން"

60 އަކީ އަދި އެއްޗެއް ނޫން!

18 ސެޕްޓެމްބަރު 2022 | އާދީއްތަ 06:08

ރޮބަރޓް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށް ވުރެ ގިނަ، އުސް އިމާރާތްތަކަށް އަރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 ސެޕްޓެމްބަރު 2022 | އާދީއްތަ 06:08
އުސް ތަންތަނަށް އެރުމުގެ މަސައްކަތް ރޮބަރޓް ފެށީ 1975 ވަނަ އަހަރުގެ ތެރޭގައި، އެއީ ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުންނަ ފަރުބަދަތަކަށް އަރައިގެން

އުސް ތަންތަނަށް އެރުމުގެ މަސައްކަތް ރޮބަރޓް ފެށީ 1975 ވަނަ އަހަރުގެ ތެރޭގައި، އެއީ ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުންނަ ފަރުބަދަތަކަށް އަރައިގެން

ޢުމުރުން ދުވަސް ވާ ވަރަކަށް ކުރިން އުޅުނު ގޮތަށް ހެލިފެލިވެ އުޅުމަށް ދަތިވާ ކަމުގެ ޝާކުވާއަކީ ގިނަ ބަޔަކު ތާ އަބަދުމެހެން ކުރަމުންދާ ޝަކުވާއެކެވެ. ނަމަވެސް، އެންމެ ޅަ އުމުރުން ފަށައިގެންވެސް އަމިއްލަ ސިއްޙަތަށް ފަރުވާތެރިވެ، ހިތްވަރާއި ޢަޒުމު ނަގާ ނުލާ ކަމުގައި ވާ ނަމަ، ޢުމުރަކީ ހަމައެކަނި ނަމްބަރެއް ކަން ސާބިތުކޮށްދޭ މީހުންވެސް މަދެއް ނޫނެވެ. އެފަދަ އެކަކީ، އިތުރު އާލާތްތަކެއްގެ އެހީއާ ނުލާ، އުސް ތަންތަނަށް އެރުމުގައި ފަރަންސޭސިވިލާތަށް މަޝްހޫރު އެލެއިން ރޮބަރޓް ނުވަތަ ފަރަންސޭސި "ސްޕައިޑަރމޭން"އެވެ.

މިދިޔަ ހޮނިހިރު ދުވަހު ރޮބަރޓް ވަނީ އޭނާގެ 60 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ފަރަންސޭސިވިލާތުގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ގުނާލެވޭ ޓުއަރ ޓޯޓަލްއެނަރޖީޒްގެ އިމާރާތަށް އަރާ، ގިނަ ބަޔަކު އާޝޯޚް ކުރުވާފައެވެ.

48 ފަންގިފިލާގެ މައްޗަށް އެކުލެވޭ ޓުއަރ ޓޯޓަލްއެނަރޖީޒްގެ އިމާރާތަށް އެރި ރޮބަރޓްއަށް 60 އަހަރު ފުރުނީ ހުސްވި މަހުގެ ތެރޭގައެވެ.

187 މީޓަރު ނުވަތަ 613 ފޫޓު އުސް އިމާރާތުގެ އެންމެ މައްޗަށް އެރުމަށްފަހު، ހެދިހުރި ހަށިގަނޑުގެ ވެރިޔާ ވަނީ، އެ ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން އެ އިމާރާތުގެ މަތީގައި ހުރެ، މަންޒަރު ބަލަން ތިބި މީހުންނަށް ހަނާ އަޅާފައެވެ.

ރޮބަރޓް ބުނި ގޮތުގައި، 60 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، އުސް އިމާރާތަކަށް އެރީ ގިނަ ބަޔަކަށް މުހިންމު މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.

60 އަހަރު ފުރުމާ ދިމާކޮށް އެ ޓަވަރަށް 2 ވަނަ ފަހަރަށް އަރާނެ ކަމަށް ރޮބަރޓް ވަނީ މީގެ ކުރިން އޭނާގެ އަމިއްލަ ނަފުސަށް ވަޢުދުވެސްވެފައެވެ.

ފަރަންސޭސި ވިޔަފާރި ހަބުގައި ހުންނަ ޓޯޓަލްއެނަރޖީޒްގެ އިމާރާތަށް ރޮބަރޓް އެރި އެއް މަޤްޞަދަކީ މޫސުމީ ނޭދެވޭ ބަދަލުތަކަށް މީހުން ހޭލުންތެރި ކުރުވުން ކަމަށް ވާއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އޭނާ ވަނީ އެ އިމާރާތަށް އަރާފައެވެ.

އުސް ތަންތަނަށް އެރުމުގެ މަސައްކަތް ރޮބަރޓް ފެށީ 1975 ވަނަ އަހަރުގެ ތެރޭގައެވެ. އެއީ އޭނާގެ އުފަން ވަޒަން ކަމަށް ވާ ފަރަންސޭސިވިލާތުގެ ދެކުނުގެ ސަރަހައްދުތަކުގައި ހުންނަ ފަރުބަދަތަކަށް އަރައިގެންނެވެ. ގިނިކަންޏާ ތަންތަނަށް އެރުމުގެ މަސައްކަތް ފެށީ 1977 ވަނަ އަހަރު. އިސާހިތަކު، ރޮބަރޓްއަކީ 1 ވަނަ ދަރަޖާގައި އެކަން ކުރާ މީހެއްގެ ގޮތުގައި ގިނަ ބަޔަކު އޭނާ ބަލައިގަތެވެ.

ރޮބަރޓް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން 150 އަށް ވުރެ ގިނަ، އުސް އިމާރާތްތަކަށް އަރާފައެވެ. އޭގެ ތެރޭގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ އުސް އިމާރާތް ކަމަށް ވާ ދުބާއީގެ ބުރުޖު ޚަލީފާ، ފަރަންސޭސިވިލާތުގެ އައިފިލް ޓަވަރު އަދި އެމެރިކާގެ ގޯލްޑަން ގޭޓް ބްރިޖް ފަދަ މަޝްހޫރު ބިނާތައްވެސް ހިމެނެއެވެ.

ރޮބަރޓް ގިނަ ފަހަރަށް އިމާރާތްތަކަށް އަރަނީ ހުއްދަވެސް ނުހޯދާއެވެ. ނަތީޖާއެއްގެ ގޮތުން، އެތައް ފަހަރެއްގެ މަތިން އޭނާއަށް ވަނީ ހައްޔަރަށްވެސް ދާން ޖެހިފައެވެ. އިމާރާތްތަކަށް އެރުމުގައި ރައްކާތެރިކަމުގެ ގޮތުން ބޭނުން ކުރާ ބެލްޓްވެސް އޭނާ ބޭނުމެއް ނުކުރެއެވެ. ބޭޏުން ކުރާހާވެސް އެއްޗަކީ ތަންތަނަށް އެރުމަށް ހާއްސަ ބޫޓަކާ، އަތުން ހިއްލާ ދާ ހިއްކަން ބޭނުން ކުރާ ހާއްސަ ކުނޑިއެކެވެ. މިއީ ކަމަށް ނުފަރިތަ މީހަކު، އެއްވެސް ހާލެއްގައި އަމިއްލައަށް ކުރަން އުޅެން ހެޔޮ ވާ ވަރުގެ ކަމެއް ނޫނެވެ.

ފަރަންސޭސި "ސްޕައިޑަރމޭން"އެލެއިން ރޮބަރޓް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

17 މެއި 2017

"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް

17 މެއި 2017
"ހާފް ގާލްފްރެންޑް"އަކީ ހުރިހާ މަންޒަރެއް ޝޫޓް ކުރި އިންޑިއާގެ ފުރަތަމަ ފިލްމް
08 މެއި 2017

"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!

08 މެއި 2017
"ޓިއުބް ލައިޓް" އަކީ "ލިޓިލް ބޯއީ" ގެ ކޮޕީއެއް!
05 އެޕްރީލު 2017

ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި

05 އެޕްރީލު 2017
ކަރަންގެ ދަރިންނާ ބެހޭ ގޮތުން އެއްޗެއް ބުނަން ކާޖޮލް ބޭނުމެއް ނުވި
03 އެޕްރީލު 2017

ނާމް ޝަބާނާ އެހާ ކާމިޔާބެއެް ނޫން

03 އެޕްރީލު 2017
ނާމް ޝަބާނާ  އެހާ ކާމިޔާބެއެް ނޫން
29 މާރިޗު 2017

އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ

29 މާރިޗު 2017
އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ
23 މާރިޗު 2017

ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟

23 މާރިޗު 2017
ކަރަން ޖޯހަރުގެ "ސްޓޫޑެންޓް އޮދް ދި އިޔާ" ގެ ލީޑް އެކްޓްރެސް އަކީ ކާކު؟
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
01 މާރިޗު 2017

އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟

01 މާރިޗު 2017
އާލިޔާ ބަޓް އޭނާގެ ބައްޕައަކީ ދޮގު ހަދާ މީހެކޭ ބުނަނީ ކީއްވެ؟
07 ފެބުރުއަރީ 2017

އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް

07 ފެބުރުއަރީ 2017
އަނުޝްކާ އަކީ "ފިއްލޯރީ" ގައި ރޫހެއް
26 ޖެނުއަރީ 2017

މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން

26 ޖެނުއަރީ 2017
މީޑިއާ ކުރިމަތީގައި އެކަކު އަނެކަކާ ހީލާ ބައްދާލުމަކީ ރަޙުމަތްތެރިކަމެއް ނޫން: ރާކޭޝް ރޯޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް