Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޕޫޓިން މޯދީއާ ބައްދަލުކުރެއްވުން

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ޕޫޓިން މޯދީއަށް ވިދާޅުވީ ކީކޭކަން އެނގޭތަ؟

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ވަރުގަދަ ލޮޅުމެއް ވަނީ އަރާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 09:13
ޕޫޓިން، މޯދީއާ ބައްދަލުކުރައްވާފައިވަނީ އުޒްބަކިސްތާނުގައި ކުރިއަށްދިޔަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި

ޕޫޓިން، މޯދީއާ ބައްދަލުކުރައްވާފައިވަނީ އުޒްބަކިސްތާނުގައި ކުރިއަށްދިޔަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައި

ލިބިފައިވާ ޖާސޫސީ މައުލޫމާތަށް ބަލާއިރު، ރަޝިއާއިން ޔޫކްރެއިންގައި ހަނގުރާމައެއް ފަށަން އުޅޭކަމުގެ އިންޒާރު އެމެރިކާއިން ދެމުން ދަނިކޮށް، ރަޝިއާގެ ރައީސް ވްލޭޑްމިއަރ ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޔޫކްރެއިނަށް އެރީ ފެބުރުއަރީ 24، 2022 ވަނަ ދުވަހު ފަތިހުގެ ވަގުތެއްގައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އިނދަޖެހުނު ދުނިޔެއަށް ހިންދެމިލުމުގެ ނޭވާއެއް ލުމަށް ލިބުނު ފުރުސަތުގައި އެކަން ނުވެ އުޅެނިކޮށް، ހަނގުރާމައެއްގެ ބަނަ ވިލާގަނޑު ބޯމަތިވެ، އިތުރު ކާރިސީ ކޮޅިގަނޑެއްގައި މުޅި ދުނިޔޭގެ ހަތަރު އުދަރެސް ބައްދާލިއެވެ. އަދާ ޖެހުނުއިރުވެސް ހަމަޖެހުމެއްނުލިބެއެވެ.

ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދަނީ ހަނގުރާމައެއް ކަމަކަށް ރަޝިއާއިން އަދިވެސް އެއްބަހެއް ނުވެއެވެ. ރަޝިއާއިން ބުނާގޮތުގައި އެ ގައުމުން ޔޫކްރެއިންގައި ހިންގަމުން ދަނީ އަސްކަރީ ޚާއްސަ އޮޕަރޭޝަނެކެވެ.

ނަމުން އެއީ އަސްކަރީ ޚާއްސަ އޮޕަރޭޝަނަކަށް ވީނަމަވެސް، ކަމުން އެއީ ހަނގުރާމައެއް ނޫން ކަމަކަށް ބުނާނެ މީހަކު ނުވާނެކަން ޔަގީނެވެ. ޔޫކްރެއިންގައި ކުރަމުންދާ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ރަޝިއާ އެކަހެރިކޮށް، އެ ގައުމާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައި، ފިއްތުންތަކެއް ކުރިމަތިކުރަމުން ދާއިރު، ރަޝިއާއިންވެސް އޮތީ ދޫދޭފަދަ ގޮތަކަށް ނޫނެވެ.

ކަން މިހެން އޮތްނަމަވެސް، މިދިޔަ ހުކުރު ދުވަހު، ޕޫޓިން ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަރިހުގައި ތަފާތު ރޫހެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޔޫކްރެއިންގައި ހިންގަމުންދާ ކަންކަން ވީ އެންމެ އަވަހަކަށް ހުއްޓުމަކަށް ގެންނެވުމަށް އޭނާ ބޭނުންފުޅުވާކަމަށާއި، ނަމަވެސް ޔޫކްރެއިންގެ ސަރުކާރުން އޮތީ ހަނގުރާމައިގެ މައިދާނުގައި މަގުސަދުތަކެއް ހާސިލުކުރުމުގެ އަޒުމުގައި ކުރިއަށްދިއުމަށް ކަމަށް ޕޫޓިން ވަނީ މޯދީއަށް ވިދާޅުވެފައެވެ.

ޔޫކްރެއިންގައި ހިންގަމުންދާ ކަންކަމުގައި އިންޑިއާގެ ރައުޔަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށްވެސް ޕޫޓިން ވަނީ ވިދާޅުވެފައެވެ.

ޕޫޓިން، މޯދީއާ ބައްދަލުކުރައްވާފައި ވަނީ އުޒްބަކިސްތާނުގައި ކުރިއަށްދިޔަ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގެ ހަވާސާގައެވެ.

ހަމަނުޖެހުމާއި ނުތަނަވަސްކަމުގައި އޮތް އަދުގެ ދުނިޔެއަށް ހަމަޖެހުން ގެނެސް، ހެޔޮ ފާލަކަށް ކަންކަން އެޅުވުމަށްޓަކައި ރަޝިއާއާއެކު މަސައްކަތްކުރުމަށް ޗައިނާ އޮތީ ތައްޔާރަށްކަމަށް، ޗައިނާގެ ރައީސް ޝީ ޖީންޕިންގްވެސް ވަނީ، ރަޝިއާގެ ރައީސް ޕޫޓިންއަށް، ބުރާސްފަތި ދުވަހު ދަންނަވާފައެވެ.

އުޒްބަކިސްތާނުގައި ޝީއާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޕޫޓިން ވަނީ، ޔޫކްރެއިންގެ މަސްރަހުގައި ހިނގަމުންދާ ކަންކަމާމެދު ޝީގެ ހިތްޕުޅުގައި ކަންބޮޑުވުންތަކަކާއި ސުވާލުތަކެއް އުފެދިފައި ވާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ވިދާޅުވެފައެވެ. ޔޫކްރެއިންގެ މަސްރަހާ ގުޅިގެން، ޗައިނާގެ ލީޑަރު ގެންގުޅުއްވާ ހަމަހަމަ އުސްލޫބަށް ޕޫޓިން ވަނީ ތައުރީފު ކުރައްވާފައެވެ.

އަދާ ޖެހުނުއިރުވެސް ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ ކުށްވެރިކުރަނިވި ރޫހެއްގައި ޗައިނާއިން ވާހަކަދައްކާފައެއް ނުވެއެވެ. އަދި އެއީ ހަނގުރާމައެއް ކަމަށްވެސް ރިއާޔަތް ކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި ޗައިނާއިންވެސް އެ ކަމަށް ރިއާޔަތް ކުރަނީ، ރަޝިއާގެ ސަރުކާރުންވެސް މުޚާތަބު ކުރަމުން ދާ ފަދައިން، "ޚާއްސަ އަސްކަރީ އޮޕަރޭޝަން"ގެ ނަމުންނެވެ.

ރަޝިއާއިން ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގުތިސާދަށް ވަރުގަދަ ލޮޅުމެއް އަރާފައިވާއިރު، ޗައިނާއަކީވެސް އެކަމާ އިންތިހާއަށް ކަންބޮޑުވާ ގައުމެކެވެ. އަދި ހުޅަނގުން ކުރިމަތިކޮށްފާނެ ފިއްތުންތަކާއި އަޅާފާނެ ދަތިކުރުމުގެ ފިޔަވަޅުތަކަކަށް ބިރުން، ރަޝިއާއަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ޗައިނާއިން މަސައްކަތެއް ކޮށްފައި ނުވާކަން ފާހަގަކުރަންޖެހެއެވެ.

ރަޝިއާގެ ރައީސް ޕޫޓިންގެ އަމުރުފުޅަކަށް އެ ގައުމުގެ އަސްކަރިއްޔާއިން ޚާއްސަ އޮޕަރޭޝަނެއްގެ ނަމުގައި ފެބުރުއަރީ 24، 2022 ވަނަ ދުވަހު ޔޫކްރެއިންއަށް އަރައި، ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ހުޅަނގުގެ ބާރުތަކުން ދަނީ ރަޝިއާއާ ދެކޮޅަށް ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އޭގެ ރައްދުގައި، ރަޝިއާއިންވެސް ދަނީ ހުޅަނގަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން، ހަނގުރާމައިގެ އަސަރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުންނަށްވެސް ދަނީ ފޯރަމުންނެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަވްލަޑިމިއަރ ޕުޓިންއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު