Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެސްޓްގެ ކުރިމަގު

ޑެސްޓް ބޭނުންވަނީ ދާއިމީ އެއްބަސްވުމެއްގެ ދަށުން އޭސީ މިލާންގައި މަޑުކުރަން

ބާސެލޯނާގެ ފުލްބެކް، އޭސީ މިލާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި މަހުގެ ތެރޭގައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2022 | ހޮނިހިރު 03:04
ޑެސްޓް - އޭސީ މިލާންގެ އެއްބަސްވުމުގައި ސޮއިކުރުން

ޑެސްޓް - އޭސީ މިލާންގެ އެއްބަސްވުމުގައި ސޮއިކުރުން

ދާއިމީ އެއްބަސްވުމެއްގެދަށުން އޭސީ މިލާންގައި މަޑުކުރަން ބޭނުންވާކަމަށް ސާޖީނިއޯ ޑެސްޓް ބުނެފިއެވެ.

ބާސެލޯނާގެ ފުލްބެކް، އޭސީ މިލާނަށް ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުން މި މަހުގެ ތެރޭގައެވެ. އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގެ ދަށުން ޑެސްޓް އޭސީ މިލާނަށް ބަދަލުވިއިރު، އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، އޭސީ މިލާނުން ބޭނުންވާނަމަ، ދާއިމީކޮށް ޑެސްޓް ގަނެވޭނެއެވެ.

ޑެސްޓް ބުނީ ބާސެލޯނާއާ އޭސީ މިލާނާ ދެމެދު ހެދުނު އެއްބަސްވުމުގައި، އެއް އަހަރު ފަހުން އޭނާ ގަތުމުގެ ފުރުސަތު ހިމަނާފައިވާކަމަށެވެ. އަދި އޭސީ މިލާންގައި އޭނާގެ އެންމެ މޮޅު ކުޅުން ދައްކާނެ ކަމަށްވެސް ޑެސްޓް ބުންޏެވެ. އޭނާ އުންމީދުކުރަނީ އޭސީ މިލާނުން ދާއިމީ ގޮތެއްގައި އޭނާ އެ ކުލަބުގައި ބަހައްޓާނެކަމަށް ކަމަށެވެ. ޑެސްޓް ވަނީ އޭސީ މިލާނާއެކު ކުރިއަށްދާން ތައްޔާރަށް ހުރިކަމަށްވެސް ބުނެފައެވެ.

އަޔެކްސް ދޫކޮށް ޑެސްޓް ބާސެލޯނާއަށް ބަދަލުވީ 2020 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ބާސެލޯނާއަށް 72 މެޗު ކުޅެދީ ތިން ލަނޑު ޖަހާފައެވެ. ޑެސްޓް އޭސީ މިލާނަށް ބަދަލުވީ އައު ސީޒަނަށް ބާސެލޯނާއިން ހޯދި ކުޅުންތެރިންނާއެކު އޭނާއަށް އެ ޓީމުން ޖާގަ ނެތުމުންކަމަށް މީޑިއާ ރިޕޯޓުތައް ވަނީ ބުނެފައެވެ.

އޭސީ މިލާންޑެސްޓް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް

29 ސެޕްޓެމްބަރު 2025
ނަޕޯލީ ބަލިކޮށް، އޭސީ މިލާާން އެއް ވަނަ އަށް
15 މެއި 2025

މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި

15 މެއި 2025
މިލާން ބަލިކޮށް ބޮލޯނިއާ އިޓާލިއަން ކަޕްގެ ޗެމްޕިއަންކަން ހޯދައިފި
19 ފެބުރުއަރީ 2025

އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް

19 ފެބުރުއަރީ 2025
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
07 ޑިސެމްބަރު 2024

އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި

07 ޑިސެމްބަރު 2024
އޭސީ މިލާން ބަލިކޮށް، އެޓަލަންޓާ އިން މަގާމު ދަމަހައްޓައިފި
04 ޑިސެމްބަރު 2024

ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް

04 ޑިސެމްބަރު 2024
ސަސުއޯލޯ ބަލިކޮށް، އޭސީ މިލާާން ކުއާޓާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު