Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ"އައްޑޫ ރިލީފް ފަންޑް"

އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކޮށްފި

ޖުމުލަ 50,000 ރުފިޔާ ހަދިޔާ ކުރުމަށް ވަނީ ނިންމާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 19 ޖޫން 2017 | ހޯމަ 17:34
އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތު

އައްޑޫ ރިލީފް ފަންޑަށް ލިބުނު ފާއިސާ ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތު

އައްޑޫ ރައްޔިތުންނަށް އެހީވުމަށް ރާއްޖެޓީވީގެ ފަރާތުން ހުޅުވި "އައްޑޫ ރިލީފް ފަންޑް" އަށް ލިބުނު ފާއިސާ ހަވާލުކޮށްފިއެވެ.

މިފާއިސާގެ ރަމްޒީ ޗެކާއި، އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ހަވާލުވެވަޑައިގަތީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްއެވެ.

މިކަމަށްޓަކައި ރާއްޖެޓީވީގައި ހޯމަ ދުވަހުގެ ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މިފާއިސާއާއި ހަވާލުވެވަޑައިގަތުމަށްފަހު ރޮޒެއިނާ ވިދާޅުވީ ރާއްޖެޓީވީން ކުރަމުންދާ އިޖްތިމާއީ މަސައްކަތަކީ ރައްޔިތުން މިއަދު ބަލައިގަންނަ މަސައްކަތެއް ކަމަށެވެ.

އައްޑޫއަށް އެރި ނަގޫރޯޅީގައި ގެއްލުންވި ފަރާތްތަކަށް މި ފައިސާ ބެހުމަށް ރާއްޖެޓީވީން ނިންމާފައިވަނީ އައްޑޫ ސިޓީ ކައުންސިލް މެދުވެރިކޮށެވެ.

17 މޭ 2017 ވަނަ ދުވަހު އައްޑޫ ސިޓީ ހިތަދޫއަށް އެޅި ނަގޫރޯޅިއެއް ބޮޑެތި ގެއްލުންތަކެއްވި އާއިލާތަކަށް އެހީވުމަށްޓަކައި ރާއްޖެ ޓީވީ އިން އިސްނަގައިގެން ހުޅުވި "އައްޑޫ ރިލީފް ފަންޑް" އަށް އެކި ފަރާތްތަކުން ޖުމުލަ 29,655 ރުފިޔާ ވަނީ ހަދިޔާކޮށްފައިވެއެވެ.

މި ފަންޑަށް ރާއްޖެ ޓީވީގެ މުވައްޒަފުންގެ ފަރާތުން ޖަމާކުރި، 20,345 ރުފިޔާއާއެކު، އައްޑޫގައި ހާލުގައި ޖެހުނު އާއިލާތަކަށް ހަދިޔާކުރުމަށް ނިންމާފައިވާ ޖުމުލަ 50,000 ރުފިޔާ މިހާރުވަނީ ސިޓީ ކައުންސިލްގެ އެކައުންޓަށް ޖަމާކޮށްފައެވެ.

އަދި މި އެހީ އައްޑޫ ކައުންސިލުން ކަނޑައަޅާ އުސޫލެއްގެ ދަށުން، ނަގޫރޯޅީގައި ގެއްލުން ލިބުނު ފަރާތްތަކަށް ހަވާލުކޮށްދެއްވުން ރާއްޖެޓީވީން ވަނީ އެދިފައެވެ.

އައްޑޫ އަތޮޅު ހިތަދޫއަށް މިދިޔަ މެއި މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި އެރި ނަގޫރޯޅި އާއި ގުޅިގެން އައްޑޫ ހިތަދޫގެ 19 އާއިލާއެއް ހާލުގައި ޖެހިފައިވެއެވެ.

މި ނަގޫރޯޅީގެ ސަބަބުން ޖުމްލަ 16 ގެއެއްގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން އެ ގެތަކަށް ވަނީ ލިބިފައެވެ.

މި ހާދިސާ އާއި ގުޅިގެން ދިވެހި ރެޑްކޮރެސެންޓާއި އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުގެ އިތުރުން އެމްއާރުޑީސީގެ ފަރާތުން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި

02 ފެބުރުއަރީ 2017
ރާއްޖެޓީވީ އައްޑޫ ބިއުރޯގެ އޯޑިޝަން ބާއްވާއިފި
28 ޖެނުއަރީ 2017

އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ

28 ޖެނުއަރީ 2017
އައްޑޫގައި ހިނގި އެކްސިޑެންޓްގައި ޒަހަމްވި މީހާ ނިޔާވެއްޖެ
25 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ

25 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެ
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު