Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑްގެ ޤައުމީ ސްކޮޑް

އިނގިރޭސި ޤައުމީ ސްކޮޑްގައި މެންޗެސްޓަރ ސިޓީގެ ފަސް ކުޅުންތެރިން

ސްކޮޑުން އަލަށް ފުރުޞަތު ދިނީ ބްރެންޓްފޯޑްގެ އިވާންއަށް

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 16 ސެޕްޓެމްބަރު 2022 | ހުކުރު 03:36
ސްކޮޑުން އަލަށް ފުރުޞަތު ދިން އިވާން ޓޯނީ

ސްކޮޑުން އަލަށް ފުރުޞަތު ދިން އިވާން ޓޯނީ

ނޮވެމްބަރު މަހު ޤަތަރުގައި ފަށާ ފީފާ ވަރލްޑްކަޕްގެ ކުރިން އިންގްލެންޑުން ކުޅޭ ފަހު ދެމެޗަށް އެކުލަވާލި ޤައުމީ ސްކޮޑްގައި މެންޗެސްޓަރ ސިޓީގެ ފަސް ކުޅުންތެރިން ހިމަނައިފިއެވެ. އިންގްލެންޑަށް ކުރިއަށް އޮތީ ނޭޝަންސް ލީގުގައި އިޓަލީގެ އިތުރުން ޖަރމަނީއާ ވާދަކުރާ މެޗެވެ. މިދެމެޗުވެސް ކުޅޭނީ މިމަހުއެވެ.

އެއް ކްލަބަކުން އެންމެ ގިނަ ކުޅުންތެރިން ހިމެނެނީވެސް މެންޗެސްޓަރ ސިޓީންނެވެ. ކޯޗު ސައުތް ގޭޓް އެކުލަވާލި ސްކޮޑްގައި ހިމެނޭ މެންޗެސްޓަރ ސިޓީގެ ކުޅުންތެރިންނަކީ ޑިފެންޑަރ ޖޯން ސްޓޯންސް, ކައިލް ވޯކާ, މިޑްފީލްޑަރ ކަލްވިން ޕިލިޕްސް, ފޯވާޑް ޖެކް ގްރީލިޝް އަދި ފިލް ފޮޑެންއެވެ. ސްކޮޑުން އަލަށް ޖާގަ ދިން ކުޅުންތެރިއަކީ މިސީޒަންގައި ބްރެންޓްފޯޑްގައި މޮޅަށް ކުޅެމުން އަންނަ އިވާން ޓޯނީއަށެވެ. 26 އަހަރުގެ ފޯވާޑް ވަނީ މިސީޒަންގައި ޕްރިމިއަރ ލީގުގައި ކުޅުނު ހަ މެޗުން ފަސް ގޯލް ޖަހާފައެވެ.

ކީޕަރު ޑީން ހެންޑަރސަންއާއި, ޑިފެންޑަރ އެރިކް ޑެއާއާއި, ބެން ޗިލްވެލްއަށް ވަނީ އަލުން ފުުރުޞަތު ދީފައެވެ. އަނިޔާގެ ސަބަބުން ހެންޑަރސަންއާއި, ކީޕަރު ޕިކް ފޯޑަށް ފުރުޞަތެއް ނުދެއެވެ, މީގެއިތުރުން އަނިޔާގައި ހުރި ރަޝްފޯޑަށްވެސް ފުރުޞަތެއް ނެތެވެ. އެކަމަކު ވަރލްޑްކަޕަށް ދިއުމުގެ ކުރިން ރަޝްފޯޑަށް އަދިވެސް ފުރުޞަތު އޮތްކަން ކޯޗު ސައުތް ގޭޓް ވަނީ ހާމަކޮށްފައެވެ. މީގެއިތުރުން ފުރުޞަތު ނުލިބުނު މުހިއްމު ކުޅުންތެރިއަކީ މެންޗެސްޓަރ ޔުނައިޓެޑްގެ ފޯވާޑް ޖޭޑަން ސަންޗޯއެވެ.

މިސީޒަންގެ ޕްރިމިއަރ ލީގުގައި ކުޅުމުގެ ފުރުޞަތު މަދުން ލިބުނަސް ޑިފެންޑަރ ހެރީ މެގުއާއާއި, ލޫކް ޝޯވއަށް ވަނީ ސްކޮޑުން ފުރުޞަތު ދީފައެވެ.

އިންގްލެންޑުގެ ގައުމީ ޓީމުޤަތަރު ފީފާ ވޯލްޑް ކަޕް 2022

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2025

ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ

15 އޮކްޓޯބަރު 2025
ފުރިހަމަ ރެކޯޑަކާ އެކު އިންގްލެންޑް ވާރލްޑް ކަޕަށް ކޮލިފައިވެއްޖެ
10 ސެޕްޓެމްބަރު 2025

ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް

10 ސެޕްޓެމްބަރު 2025
ސާބިއާ ބަލިކޮށް، އިންގްލެންޑުގެ މޮޅުވުން ކުރިއަށް
07 ސެޕްޓެމްބަރު 2025

އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު

07 ސެޕްޓެމްބަރު 2025
އެންޑޯރާ ބަލިކޮށް އިންގްލެންޑަށް ހަތަރު ވަނަ މޮޅު
18 ނޮވެމްބަރު 2024

ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް

18 ނޮވެމްބަރު 2024
ދެ ވަނަ ހާފުގައި ފަސް ލަނޑު ޖަހައިގެން މޮޅުވެ، އިންގްލެންޑު އެއް ވަަނަ އަށް
14 އޮކްޓޯބަރު 2024

އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ

14 އޮކްޓޯބަރު 2024
އިންގްލެންޑުގެ ކޯޗަކަށް ޓުޗެލް ގެންނަން މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު