Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް

ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްކުރުމަކީ މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާ: ރައީސް

ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަކީ ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލެއް ނޫން

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2022 | ބުދަ 11:09
ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް

ކުޑަކުދިން މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތްކުރުމަކީ މިއަދު އުފުލަންޖެހިފައިވާ އެންމެ ބޮޑުއެއް ޒިންމާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އިފްތިތާހުކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި ތަފާތު އެތައް ދާއިރާއަކުން މިއަދު މަސައްކަތް ކުރަންޖެހިފައިވާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ކުޑަކުދިންގެ ހެދި ބޮޑުވުމަށާއި އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އެންމެ މުހިންމީ އާއިލީ ގުޅުމުގެ ބަދަހިކަން ކަމަށާއި، އާއިލާގެ ތެރެއިން އެކުދިންނަށް ލޯތްބާއި އޯގާތެރިކަން އިހުސާސްވާނީ ގެވެށި ގުޅުން ބަދަހިވިވަރަކުންކަމަށެވެ. އެހެންކަމުން ގެވެށި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ސަރުކާރުން މިހާރުވެސް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުން ކިތަންމެ އޯގާތެރިކަމާއެކު ކިތަންމެ ހޭހަންކޮށްގެން ކުދިން ބެލެހެއްޓިނަމަވެސް، މައިންބަފައިންގެ ލޯބިން މަހުރޫމުވުމުން ކުދިންނަށް އެލިބޭ އުނިކަމާއި ހިތްދަތިކަން ފޫބެއްދޭނެ ގޮތެއް ނޯންނާނެކަމަށެވެ. ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދިއުމަކީ މައްސަލަތަކަށް އޮތް ހަމައެކަނި ހައްލު ނޫންކަމަށާއި، އެކުދިންގެ ކުރިމަގަށްވެސް އެންމެ ރަނގަޅު ގޮތަކީ ގާތްތިމާގެ މީހުންނާއެކުގައި މުޖްތަމައާ ލާމެހިގެން އުޅެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ. މިގޮތުން ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދައުލަތުގެ ފަރާތުން ބަލަހައްޓަމުން އައި ކުދިންނަށް އިޖްތިމާއީ، އާއިލީ ވެއްޓެއް ހޯދައިދިނުމަށްޓަކައި 6 ރަށެއްގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން އަމާން ވެށިތަކެއް ގާއިމުކޮށް، އެކުދިން މިހާރު ވާނީ އެ ތަންތަނަށް ބަދަލުކުރެވިފައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

"ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް"އާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިސިމްޕޯޒިއަމް މިބޭއްވީ އެކަމަށް ނުހަނު ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަމަށެވެ. މިގޮތުން، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިކަން، މަހާސިންތާގެ މަޝްވަރާތަކުން ދެނެގަނެވޭނެކަމުގައި ވިދާޅުވިއެވެ.

މި ސިމްޕޯޒިއަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ، ސިމްޕޯޒިއަމްއާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަަށް އަރުވާފައެވެ. "ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމް" އޮތީ މި މަހުގެ 14ން 15ށް ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.

ސިމްޕޯޒިއަމްގައި ޔުނިސެފާއި ކުޑަކުދިންގެ ފަރާތުން ހުށަހަޅާ ކަރުދާހެއްގެ އިތުރުން، ސަރުކާރުގެ ކަމާގުޅުންހުރި 8 އިދާރާއަކުން ކަރުދާސް ހުށަހަޅާނެއެވެ. "އިޓް ޓޭކްސް އެން އައިލެންޑް ޓު ރެއިޒް އަ ޗައިލްޑް"ގެ ނަމުގައި މި ސިމްޕޯޒިއަމްގެ ތެރެއިން ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށްދާނެއެވެ.

ޗައިލްޑް ރައިޓްސް ސިމްޕޯޒިއަމްޗިލްޑްރެންސް އޮމްބަޑްސްޕަރސަންރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

ހުއްދަތައް 3 ދުވަސް ތެރޭގައި ދިނުމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީ އަށް މުއިއްޒު އަންގަވައިފި

27 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު