Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިފައިންގެ 130 ވަނަ އަހަރީ ދުވަސް

ސިފައިން އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި ޤައުމީ ވާޖިބު: ޝަމާލް

ސިފައިންގެ ދުވަހަކީ އެ ކަންކަމުގައި ނުގުޑާ ފަދަ އަޒުމެއް އަނެއްކާވެސް އާކުރެވިގެންދާ ދުވަހެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ސެޕްޓެމްބަރު 2022 | ބުދަ 07:29
130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން

130 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގެ ތެރެއިން

ސިފައިން އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި ޤައުމީ ވާޖިބުކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

ސިފައިންގެ 130 ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ޝަމާލް ވިދާޅުވީ، ސިފައިންގެ ދުވަހަކީ ދިވެހި އަސްކަރިއްޔާގެ އަގުހުރި ޤައުމީ ޚިދުމަތާއި، ސިފައިންގެ މަތިވެރި ޤުރުބާނީގެ ހަނދާންތައް އައު ކުރެވޭ ދުވަސް ކަމަށެވެ. އެގޮތުން ދީނާއި ޤައުމު ހިމާޔަތްކޮށް، ދިވެހި ފަސްގަނޑުގެ މިނިވަންކަމަށްޓަކައި ސިފައިން އަދާކުރާ މުހިއްމު ދައުރަށް ޝަމާލް ވަނީ އަލިއަޅުވާލައްވާފައެވެ.

ޝަމާލް ވިދާޅުވީ، ސިފައިންގެ ދުވަހަކީ އެ ކަންކަމުގައި ނުގުޑާ ފަދަ އަޒުމެއް އަނެއްކާވެސް އާކުރެވިގެންދާ ދުވަހެއް ކަމަށެވެ. ޝަމާލް ވަނީ ދުވަހުގެ ތަހުނިޔާ ސިފައިންނާއި، ސިފައިންގެ އާއިލާތަކަށް ދަންނަވާފައެވެ.

ފާއިތުވި ދެ އަހަރެއްހާ ދުވަސް ވޭތުކޮށްފައިވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ތެރޭގައިކަން ފާހަގަ ކުރައްވައި ޝަމާލް އިތުރަށް ވިދާޅުވީ، އެ އޮޕަރޭޝަންގައި ރައްޔިތުންނާއި ޤައުމު އިސްކޮށް، ގިނަ ދުވަސްތަކެއް ވަންދެން އާއިލާއާއި ދުރުގައި ސިފައިން އަދާކޮށްފައިވަނީ ޤައުމީ އަދި އިންސާނީ މަތިވެރި ޚިދުމަތެއް ކަމަށެވެ.

ޝަމާލް ވަނީ ސިފައިންގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ކުރެއްވި މަސައްކަތްޕުޅާއި، ދިފާއީ ވަޒީރުގެ މޭސްތިރިކަމުގެ ދަށުން ސިފައިން ކުރައްވާފައިވާ މަސައްކަތް ފާހަގަ ކުރައްވާފައެވެ.

ޝަމާލް ވިދާޅުވީ، ސިފައިން އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި ޤައުމީ ވާޖިބުކަން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައިވެސް ފެނިގެން ގޮސްފައިވާ ކަމަށެވެ.

މިއަދު ދިވެހި އަސްކަރިއްޔާ ބައްޓަން ކުރަމުން ގެންދަނީ ވިސްނުންތެރިކަމާއެކު، ކަނޑައެޅިފައިވާ ވަކި ސިޔާސަތުތަކެއްގެ ތެރެއިންކަމަށް ޝަމާލް ވިދާޅުވިއެވެ. އެގޮތުންވެސް އެންމެ އިސްކަމެއް ދީފައިވަނީ ދިވެހި ސިފައިންގެ ޚިދުމަތްތައް ހަރުދަނާ ކުރުމަށާއި، ބަދަލުވަމުން އަންނަ ނުރައްކާތެރި ސަލާމަތީ މަސްރަހާއި ކުރިމަތިލުމަށް ބޭނުންވާ އަސްކަރީ ޤާބިލުކަން އިތުރު ކުރުމަށްކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، ކައުންޓަރ ޓެރަރިޒަމްފަދަ ދާއިރާތަކުން ޤާބިލުކަން އިތުރު ކުރުމުގެ ގޮތުން ބޭރުގެ ޤައުމުތަކުގެ އެހީގައި ވަސީލަތްތަކާއި ތަމްރީނުތައް ހޯދަމުން ގެންދާކަންވެސް ޝަމާލްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ބޭރު ޤައުމުތަކާއެކު އޮތް އެކުވެރި އަދި ބަދަހި ގުޅުންތައް ދެމެހެއްޓުމަށްވެސް އަސްކަރިއްޔާއިން ޚާއްސަ ސަމާލުކަމެއް ދޭކަން ޝަމާލް ފާހަގަ ކުރެއްވިއެވެ.

އެމްއެންޑީއެފްޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

19 ޑިސެމްބަރު 2025
ލ. ގަމުގެ އިރުން، ކާގޯ ބޯޓެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ
07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު