Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއދ ގެ 76 ވަނަ ރައީސްގެ އެންމެ ފަހު ސްޕީޗް

ޝާހިދުގެ އުންމީދުގެ ރިޔާސަތު ނިންމަވާލައްވަމުން ވިދާޅުވީ އުންމީދުތައް ފުރިހަމަކުރެއްވިއްޖެކަމަށް

12 ސެޕްޓެމްބަރު 2022 | ހޯމަ 19:06

މިއީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރާ ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާކަމުގެ ފުރިހަމަ ހެކިކަމަށް ޝާހިދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ސެޕްޓެމްބަރު 2022 | ހޯމަ 19:06
 އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ

އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ

އދ ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވަމުން ވިދާޅުވި އުންމީދުގެ ރިޔާސަތުގައި ފާހަގަކުރެއްވިކަންކަން ފުރިހަމަ ކުރެވިފައިވާކަމަށް 76 ވަނަ އާންމު މަޖިލީހުގެ މަގާމު ފުރުއްވި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްވާ ވަދާއީ ތަގުރީރު ހޯމަ ދުވަހުގެ ރޭ ދެއްވަމުން ވާހަކަފުޅު ފެއްޓެވީ ދިވެހި ބަހުންނެވެ. ޝާހިދު ވިދާޅުވީ ދުނިޔޭގެ އެންމެހާ ގައުމުތައް ޝާމިލުވާ އެކުވެރި ދައުލަތްތަކުގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް ކަމުގެ މަގާމު ދިވެހި ރައްޔިތަކަށް ލިބުނުކަމީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ގެ ހަރުދަނާ ޚަރިޖީ ސިޔާސަތުގެ ނަތީޖާކަމަށެވެ.

އަދި މިއީ ދުނިޔޭގެ ގައުމުތަކުގެ އިތުބާރާ ޔަގީންކަން މިއަދު ދިވެހި ރައްޔިތުން ހޯދާފައިވާކަމުގެ ފުރިހަމަ ހެކިކަމަށެވެ.

ޝާހިދު ވިދާޅުވީ މިދަތުރުފުޅު ފެއްޓެވީ އުންމީދުގެ ފަސް ދޯދިއާއެކުކަމަށެވެ. އދ ގެ އާންމު މަޖިލީހުގެ ރިޔާސަތާ ހަވާލުވެވަޑައިގަންނަވަމުން ޝާހިދު ކަނޑައެޅުއްވި އުންމީދުގެ ފަސް ދޯދި ހާސިލުކުރެއްވުމަށް ކުރެއްވި މަސައްކަތްތަކަށް ޝާހިދު އަލިއަޅުވާލެއްވިއެވެ. މިދައުރުގެ ތެރޭގައި މީގެކުރިން ކުރިމަތިނުވާ އެތައް ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އެއާއެކުވެސް ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

އެގޮތުން ކޮވިޑް-19ން މުޅި ދުނިޔެ ސަލާމަތްކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން ދުނިޔޭގެ ހުރިހާ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ހުރި ތަފާތުތައް ނައްތާލުމުގެ މަސައްކަތް ޝާހިދުގެ ރިޔާސަތުގައި ކުރެވިފައިވާކަމަށް ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ އެކަމާގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވާ އދ އާ ޑަބްލިޔުއެޗްއޯ އަދި ގައުމުތައް ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތެއް ހޯދައިދިނިންކަމަށެވެ. ވެކްސިން އުފައްދާ ފަރާތްތަކާއި ގައުމުތައް އެކުގައި އައިސް ކުރި މަސައްކަތުން ދުނިޔޭގައި މިހާރު ހުރި ވެކްސިން ދިނުމުގައި ހުރި ތަފާތުތައް ނައްތާލުމުގެ މަސައްކަތް ފެށިފައިވާކަމަށެވެ.

ދެވަނަ ދޯދީގެ ގޮތުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނެވި ގޮތެއްގައި ތަރައްގީ ކުރިޔަށް ގެންދިޔުމުގެ މަސައްކަތުގައި 2030 ވަނަ އަހަރާ ހަމައަށް ހާސިލުކުރަންބޭނުންވާ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކޮވިޑް-19ގެ ސަބަބުން އެލަނޑުދަނޑިތައް ހާސިލުކުރުމަށް ހުރަސްތަކެއް އެޅިފައިވާކަމަށް ވިދާޅުވިއެވެ. އެހެންކަމުން މެދުނުކެނޑި މިވާހަކަތައް ދެއްކުމުގެ ފުރުސަތު ޝާހިދުގެ ރިޔާސަތުގައި ގައުމުތަކަށް ހޯދާދީފައިވާކަމަށް ވިދާޅުވިއެވެ.

އޭގެތެރޭގައި ދެމެހެއްޓެނެވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވައިގެން ކުރިޔަށްގެންދާ ގޮތާއި އެފްރިކާގެ މައްސަލަތަކާ ބެހޭގޮތުން ވާހަކަތައް ދެކެވުނުކަމަށް ޝާހިދު ވިދާޅުވިއެވެ.

ތިން ވަނަ ދޯދި އަކީ ދުނިޔެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަަކަށް ހައްލު ހޯދުމެވެ. ޝާހިދު ވިދާޅުވީ އެކަމާއި ގުޅޭގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވަވާފައިވާކަމަށެވެ. ގައުމުތަކުގެ އެންމެ އިސް ލީޑަރުންގެ ފެންވަރުގައި ބައްދަލުވުމެއް ބޭއްވިކަމަށާއި އޭގެ މައިގަނޑު ސަބަބަކީ ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން މެދުނުކެނޑި ދެއްކުމުގެ ބޭނުމުގައިކަމަށް ޝާހިދު ވިދާޅުވިއެވެ.

އިންސާނީ ހައްގުތައް ހިމާޔަތްކުރުމާއި މިންތީގެ ހަމަހަމަކަމާއި ޒުވާނުންގެ ދައުރަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން މަސައްކަތްތަކެއް ކުރެއްވިކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ޒުވާނުންނަށް ފުރުސަތު ހޯދައިދިނުމަށް ފެލޯޝިޕެއް އުފައްދާ ގައުމުތަކުގެ ތެރެއިން އދ ތަމްސީލުކުރުމުގައި ދަތިކަންހުރި ގައުމުތަކަށް އެފުރުސަތު ހޯދައިދީފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ އަލަށް ޝާހިދުގެ ރިޔާސަތުގައި ފެއްޓެވިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ދައުރުހަމަވާން ކައިރިވެފައިވަނިކޮށް ޓައިމް ކެޕްސިޔުލެއް ބައިންދާފައިވާކަމަށާއި ޓައިމް ކެޕްސިޔުލަލީ އދށް 100 އަހަރު ފުރޭ ދުވަހު ހުޅުވަން ކަނޑައަޅުއްވާފައިވާ ޓައިމް ކެޕްސިޔުލެއްކަމަށް ޝާހިދު ވިދާޅުވިއެވެ. އެޓައިމް ކެޕްސިޔުލުގައި ހުންނާނީ އުމުރުން 8 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ އުންމީދު އދ އާ ދޭތެރޭ ހުރި ގޮތް ރިކޯޑްކުރެވިފައިކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން އދ ގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގެނައުމަށް މަސައްކަތްކުރައްވާފައިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އެންމެ ފަހުގެ ދޯދިކަމުގައިވާ އދ ގެ މަޖިލީހާއި އިދާރާތަކަށް ބަދަލު ގެނައުމުގެ މަސައްކަތުގެ ތެރެއިން އދ ގެ އާންމު ސެކެޓްރީ ޖެނެރަލް ނެރުއްވި އެޖެންޑާ ތަންފީޒުކުރުމުގެ މަސައްކަތް ކޮށްފައިވާނެކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ޝާހިދު އާ ހަވާލުކުރެވުނު މުހިންމު ދެ މަސައްކަތްކަމުގައިވާ ޔޫތު އޮފީހެއް އދ ގައި ގާއިމުކުރުމުގެ ގަރާރާއި 2024 ވަނަ އަހަރު ބާއްވަން ގަސްތުކޮށްފައިވާ ސަމިޓާ ގުޅޭ ގަރާރު ފާސްކޮށްފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ރިޔާސަތުގައި މިދިޔަ 365 ދުވަހުގެ ތެރޭ އދ. ގެ އާންމު މަޖިލީހުގެ ރަސްމީ 103 ބައްދަލުވުމެއް ބާއްވައި 307 ގަރާރެއް ފާސްކޮށްފައިވެއެވެ. އޭގެ އިތުރުން 28 ނުރަސްމީ ބައްދަލުވުމެއް ބާއްވައިފައިވެއެވެ. މަތިީ ފަންތީގެ 15 ބައްދަލުވުމެއް ބާއްވައި 140 ނިންމުމެއް ބަލައިގެންފައިވެއެވެ.

އާންމު މަޖިލީހުގެ ރައީސް ހޮވުމަށް އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި 2021 ވަނަ އަހަރުގެ ޖޫން 7ވަނަ ދުވަހުގެ ރޭ ނެގި ސިއްރު ވޯޓުގައި ޝާހިދު އިންތިޚާބުވެ ވަޑައިގެންނެވީ 143 ގައުމެއްގެ ތާއިދާއެކުއެވެ. ޝާހިދު އާ ވާދަކުރެއްވީ އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއެވެ.

އެކުވެރި ދައުލަތްތައް (އ.ދ.)ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ

22 ސެޕްޓެމްބަރު 2025
ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް، ސައުދީ އާއި ފްރާންސް އިން ބާރު އަޅަނީ
10 ޖުލައި 2025

އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި

10 ޖުލައި 2025
އަލްބަނީސް އަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާ އިން ނިންމައިފި
30 އޮކްޓޯބަރު 2024

އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ

30 އޮކްޓޯބަރު 2024
އާރުޓީއައިގެ ދަށުން ރައީސް އޮފީހުން މައުލޫމާތު ހޯދަން އެދުނީމަ ކަންކުރި ގޮތް މިއޮތީ
25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
23 ސެޕްޓެމްބަރު 2024

ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި

23 ސެޕްޓެމްބަރު 2024
ކުދި ޖަޒީރާ ގައުމުތަކުން މާލީ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލައްވައިފި
08 ޖޫން 2024

އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި

08 ޖޫން 2024
އދ. ގެ އަހަރީ "ލަދުކުޑަ ލިސްޓް" ގައި އިޒްރޭލް ހިމަނައިފި
21 މެއި 2024

ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ

21 މެއި 2024
ގާޒާއިން 900،000ށް ވުރެ ގިނަ މީހުން 2 ހަފްތާ ތެރޭ ހިޖުރަ ކޮށްފި: އދ
10 މެއި 2024

ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި

10 މެއި 2024
ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އާންމު މަޖިލީހުން ފާސްކޮށްފި
03 މެއި 2024

ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ

03 މެއި 2024
ރަފާ އަށް އިޒްރޭލުން އަރައިފިނަމަ އެތައް ސަތޭކަ ހާސް މީހުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ: އދ
26 އެޕްރީލު 2024

ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.

26 އެޕްރީލު 2024
ޣައްޒާއިން ފެނުނު ބޮޑެތި ކަށްވަޅުތަކުގެ ފޮރެންސިކް ހެކިތައް ހިމާޔަތްކޮށް ރައްކާކުރަންޖެހޭ :އދ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް