Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ އެކްޓަރަކު ހައްޔަރު ކުރުން

ހަށިވިއްކުމުގެ ވިޔަފާރިއާގުޅިގެން، ޗައިނާގެ މަޝްހޫރު އެކްޓަރަކު ހައްޔަރުކޮށްފި

ލީ ވީފެންގއަކީ ޗައިނާގައި ވަރަށް މަޝްހޫރު ތަރިއެއް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 ސެޕްޓެމްބަރު 2022 | ހޯމަ 14:23
ޗައިނާގެ އެކްޓަރ ލީ ވީފެންގ

ޗައިނާގެ އެކްޓަރ ލީ ވީފެންގ

ޗައިނާގެ އެންމެ މަޝްހޫރު އެއް އެކްޓަރު ނުވަތަ ފިލްމީ ތަރި ކަމަށްވާ ލީ ވީފެންގ، ހަށިވިއްކުމުގެ ވިޔަފާރީގައި ޝާމިލުވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ. ފުލުހުން، އުމުރުން 35 އަހަރުގެ ލީ ހައްޔަރުކޮށްފައިވާކަމާއި، އޭނާ ކުށަށް އިއުތިރާފުވެފައިވާކަން ސްޓޭޓް މީޑިއާއިންވެސް ކަށަވަރުކޮށްދީފައި ވެއެވެ. މިކަމުގައި ހައްޔަރުކުރުމާ ހަމައަށް ލީ ހުރީ ބައެއް މަޝްހޫރު ކުންފުނިތަކުގެ ބްރޭންޑް އެމްބެސެޑަރގެ ގޮތުގައެވެ. މީގެތެރޭގައި މަޝްހޫރު ފެޝަން ހައުސް ޕްރާޑާވެސް ހިމެނެއެވެ. ނަމަވެސް މިހާރުވަނީ އެމްބެސެޑަރުކަމުން އޭނާ ވަކިކޮށްފައެވެ.

60 މިލިއަން ސޯޝަލްމީޑިއާ ފޮލޯވަރުން ތިބޭ ލީއަކީ ޗައިނާގައި އެންމެންހެން ދަންނަ މޫނެކެވެ. އޭނާ ވަނީ މިދިޔަ އަހަރު ފިލްމެއްގައި ޗައިނާގެ ކޮމިޔުނިސްޓް ލީޑަރ މާއޮ ޒީޑުންގގެ ޒުވާން އުމުރުފުޅުގެ ރޯލެއްވެސް ކުޅެފައެވެ. "ދަ ޕައިނިއަރ" ކިޔާ މި ފިލްމަކީ ކޮމިޔުނިސްޓް ޕާޓީގެ ކަންކަން ދައްކުވައިދޭ ތާރީޚީ ޑޮކިއުމެންޓަރީއަކަށްވާއިރު، އެފިލްމު ވެގެންގޮސްފައިވަނީ ބްލޮކް ބަސްޓަރ ފިލްމަކަށެވެ.

އެކްޓަރ ލީގެ މައްސަލަ ކޯޓަށް ފޮނުވާފައިވާއިރު، އޮފިޝަލުން ވިދާޅުވަނީ މިފަދަ މަޝްހޫރު ފަރާތްތަކުގެ އަމަލުތަކުގެ ސަބަބުން ގައުމުގެ ޒުވާނުންނަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރަމުންދާކަމަށެވެ.

މިއީ ޗައިނާގެ އިތުރުން އެހެން ގައުމުތަކަށްވެސް ކުރިމަތިވެފައިވާ މައްސަލައެކެވެ.

ޗައިނާ ޑެއިލީޗައިނާދުނިޔެ

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު

24 ނޮވެމްބަރު 2025
ވިލިމާލެ ހޮސްޕިޓަލާއި ގުޅޭގޮތުން ސަރުކާރުން އެކި ފަހަރު އެކި ތާރީހު
30 އޯގަސްޓު 2025

ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ

30 އޯގަސްޓު 2025
ޗައިނާ އެމްބަސީގެ ބިމުގެ މައްސަލައިގައި އިނގިރޭސި ސަރުކާރުން އަދިވެސް ގޮތެއް ނުނިންމާ
07 ޖުލައި 2025

ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!

07 ޖުލައި 2025
ޗައިނާގައި ދިވެހި ކަނޑުމަސް ބަންދުކުރާތީ ޝިޔާމް އާއި ސައީދު އުފާފުޅުން!
03 ޖުލައި 2025

އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި

03 ޖުލައި 2025
އެމެރިކާގެ ސިފައިން ރެކްރޫޓު ކުރަން މަސައްކަތް ކުރި ޗައިނާ ބަޔަކު ހައްޔަރު ކޮށްފި
19 މާރިޗު 2025

މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި

19 މާރިޗު 2025
މުސާރަ ނުދޭ މައްސަލައިގައި ޗައިނާ ކުންފުނިތަކެއްގެ ވެރިން ނައިޖަރ އިން ބޭރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު