Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޖަޕާނުގެ އިގުތިސާދު

ޖަޕާނުން އިގުތިސާދު ރަނގަޅުކުރުމަށް ޓުއަރިސްޓުން ގިނަކުރަނީ

ޖަޕާނުން ދާދި ފަހުންވެސް ވަނީ ދުވާލަކު އެތެރެވެވޭ ޓުއަރިސްޓުންގެ އަދަދު 20 ހާހުން 50 ހާހަށް ބަދަލުކޮށްފައި

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 12 ސެޕްޓެމްބަރު 2022 | ހޯމަ 13:14
ޖަޕާނުގެ މަގެއްގެމަތި

ޖަޕާނުގެ މަގެއްގެމަތި

ޖަޕާނުން އިގުތިސާދު ރަނގަޅުކުރުމަށް އަޅާ ފިޔަވަޅެއްގެގޮތުން އެގައުމަށް އެތެރެވާ ޓުއަރިސްޓުން އިތުރުކުރުމަށް, ޓުއަރިސްޓުންނަށް ކަނޑައަޅާފައިވާ ބޯޑަރ ކޮންޓްރޯލަށް ލުއިދިނުމަށް ވިސްނަމުންދާކަމަށް އެގައުމުގެ މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

ޖަޕާނުގެ ފައިސާ ޔެންގެ އަގު ވެއްޓުމުން، ގައުމަށް އެތެރެވާ ޓުއަރިސްޓުންގެ އަދަދު އިތުރުވާކަމަށް، ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ ސެއިޖީ ކިހާރާ ވިދާޅުވިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔެންގެ އަގު ޔޫއެސް ޑޮލަރާ އަޅައިބަލާއިރު މިދިޔަ ހަފުތާގައި ވަނީ، ފާއިތުވި 24 އަހަރު ތެރޭގައިވެސް ދަށަށް ނުދާވަރަށް ދަށަށްގޮސްފައެވެ. މިއާއެކު ދުވާލަކު އެގައުމަށް އެތެރެވުމަށް ހުއްދަދެވޭ ޓުއަރިސްޓުންގެ އަދަދު މާދުރުނޫން މުސްތަގުބަލެއްގައި ގިނަކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ސެއިޖީ ކިހާރާ ވިދާޅުވިކަމަށްވެއެވެ.

ބޭރު ގައުމުތަކުން ޖަޕާނަށް އެތެރެވާ ފަރާތްތައް ފާއިތުވި ދެއަހަރު ވަރަށް ބޮޑަށް މަދުކޮށްފައިވަނީ ކޮވިޑް ފެތުރުން ހުއްޓުވުމަށެވެ. މިގޮތުން މިދިޔަ އަހަރު ބޭއްވުނު އޮލިމްޕިކް ގޭމްސްއަށްވެސް މެހެމާނުން ވަނީ ނުވައްދާފައެވެ.

ޖަޕާނުން މިމަހު ކުރީކޮޅުވެސްވެސް ވަނީ، ދުވާލަކު އެގައުމަށް އެތެރެވެވޭ ޓުއަރިސްޓުންގެ އަދަދު 20 ހާހުން 50 ހާހަށް އިތުރު ކޮށްފައެވެ. އަދި ގައިޑަކާނުލައި އުޅެވޭގޮތަށްވެސް ސަރުކާރުން ހުއްދަދީފައިވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ސަރުކާރުން އެއްވެސް އަދަދެއް ނެތި ޓުއަރިސްޓުން އައުމަށް ހުއްދަ ދިނުމަށްވެސް ދަނީ ވިސްނަމުންނެވެ.

ޖަޕާންދުނިޔެ

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު