Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

އިންސެންޓިވްތަކެއް ދީގެން އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއެރުވޭނެ: ރާއިދު

އިންޓެންސިވްތައް ދޭނީ ވަކި މުއްދަތަކަށް ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 12 ސެޕްޓެމްބަރު 2022 | ހޯމަ 01:54
މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު

މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު

އިންސެންޓިވްތަކެއް ދީގެން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަން ކުރިއެރުވޭނެ ކަމަށް މޯލްޑިވްސްް އިންޓަގްރޭޓެޑް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ރާއްޖޭގައި މިހާރު ހުރި ޓޫރިސްޓް އެނދުގެ ތެރެއިން 79 އިންސައްތަ އަކީ މާލެއާ ގާތްގަޑަކަށް ދެ ގަޑިއިރުގެ ރޭޑިއަސްގެ ތެރޭގައި ހުރި އެނދުތައް ކަމަށެވެ. މި ސަރަހައްދުގައި މިހާގިނަ އަދަދެއްގެ އެނދުތައް ހުރިއިރު ރާއްޖޭގެ އުތުރާ ދެކުނުގައި ފަތުރުވެރިކަން ފުޅާނުވެ އޮތުމުގެ ބައިވަރު ސަބަބުތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މާލެ ސަރަހައްދުގައި ރިސޯޓުތައް ހަދައި ފަތުރުވެރިކަން ތަރައްގީ ކުރަމުން އައިއިރު ޓެކްސް ނުނަގާ ކަމަށާއި އެފަދަ އިންސެންޓިވްތައް ދީގެން އެހެން ސަރަހައްދުތަކުގައި ވެސް ފަތުރުވެރިކަން ފުޅާ ކުރެވޭނެ ކަމަށެވެ. އެގޮތުން، ޓެކްސްގެ ލުއިތަކެއް ވެސް ސަރުކާރަށް ވަކި މުއްދަތަކަށް ދެވިދާނެ ކަން އޭނާ ފާހަގަކުރެއްވިއެވެ. މިގޮތަށް އުސޫލުތައް ބަދަލު ކުރެވިއްޖަނަމަ އުތުރާއި ދެކުނަށް ވެސް އިންވެސްޓަރުން ލިބޭނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު އިތުރަށް ވިދާޅުވީ އިންޓެންސިވްތަކެއް ދީގެން ސަރުކާރުގެ އާމްދަނީ ދަށްވާނެ ކަމަށް ބަޔަކު ދެކުނު ނަމަވެސް ތަނެއްގައި އިގްތިސާދީ ކަންކަން ފަށައިގަންނަން އެއީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން، ޤައުމެއްގެ ވަކި ތަންތަނުގައި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމަށް ނުވަތަ ފަށައިގަތުމަށް ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް މިފަދަ ފިޔަވަޅުތައް އަޅާކަން ރާއިދު ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާވުމުގެ ސަބަބުން އެ ސަރަހައްދުގައި ހިނގާ އިގްތިސާދީ އެހެން ކަންކަމަށް ވެސް ކުރިއެރުން ލިބިގެންދާނެކަން ވެސް ރާއީދު ފާހަގަކުރެއްވިއެވެ.

ރާއިދު ފާހަގަ ކުރެއްވި ގޮތުގައި ދަތުރުފަތުރުގެ މައްސަލައަކީ ވެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ތަރައްގީނުވުމުގެ ސަބަބެކެވެ. މިކަން ހައްލު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އާރުޓީއެލްގެ ޚިދުމަތަކީ ރަނގަޅު ޚިދުމަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވައިގެ ދަތުރުފަތުގައި އަގުތަކަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ވެސް ރާއިދު ފާހަގަކުރެއްވިއެވެ.

މުހައްމަދު ރާއިދު އެމްއައިޓީޑީސީ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
26 މާރިޗު 2023

ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ

26 މާރިޗު 2023
ސަަވާދީއްތަ ދަތުރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ގަވާއިދުތަކާއި އުސޫލުތައް: އެމްއައިޓީޑީސީ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު