Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސްޕެނިޝް ލީގު

ސެލްޓަ ވިގޯ ބަލިކޮށް އެތުލެޓިކޯ ހަތަރުވަނައަށް

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 އިން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 02:39
އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

އެތުލެޓިކޯއިން ކުޅުނު މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި ސެލްޓަ ވިގޯ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލްގެ ހަތަރުވަނަ މަގާމަށް ޖެހިލައިފިއެވެ.

އެތުލެޓިކޯގެ އަމިއްލަ ދަނޑުގައި ކުޅުނު ފުޓުބޯޅަ މެޗު އެ ޓީމުން ކާމިޔާބުކުރީ 4-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އެތުލެޓިކޯ އިންނެވެ. މެޗުގެ ނުވަވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ އެންހެލް ކޮރެއާ އެވެ. އޭނާ މި ލަނޑު ޖެހީ ރޮޑްރީގޯ ޑި ޕައުލް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މެޗުގެ ލަނޑުތައް ދެން ފެނުނީ ދެވަނަ ހާފުގައެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ޑި ޕައުލް ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯއަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަހުން 67 ވަނަ މިނެޓުގައި އެތުލެޓިކޯއަށް އިތުރަށް ލީޑު ފުޅާކޮށްދިނީ ޔަނިކް ކަރަސްކޯއެވެ. މެޗުގައި ސެލްޓަގެ ހަމައެކަނި ލަނޑު ޖެހީ 71 ވަނަ މިނެޓުގައި ގެބްރިއެލް ވެއިގާއެވެ. އެތުލްޓިކޯގެ ހަތަރުވަނަ ލަނޑަކީ ސެލްޓަގެ އުނާއި ނޫނޭޒް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.

މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމުލަ 10 ޕޮއިންޓު ހޯދައިގެން އެތުލެޓިކޯ އޮތީ ތާވަލްގެ ހަތަރުވަނަ މަގާމުގައެވެ. ތިންވަނަ މަގާމުގައި އޮތް ވިލަރެއާލަށް ވެސް ލިބެނީ 10 ޕޮއިންޓެވެ. ވިލަރެއާލަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް 12 ޕޮއިންޓު ލިބޭއިރު، އިތުރަށް އެއް މެޗު ކުޅެގެން ބާސެލޯނާ އެއްވަނައިގައި އޮތީ 13 ޕޮއިންޓާއެކުއެވެ.

ސްޕެނިޝް ލީގުއެތުލެޓިކޯ މެޑްރިޑްސެލްޓަ ވިގޯ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު