Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

10 ސެޕްޓެމްބަރު 2022 | ހޮނިހިރު 12:12

މިފަހަރުގެ ޕްރޮގްރާމުގައި 32 މީހުން ބައިވެރިވި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 12:12
ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން ޕްރޮގްރާމްގެ ތެރެއިން

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން ޕްރޮގްރާމްގެ ތެރެއިން

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ހޮނިހިރު ދުވަހު މި ރަސްމިއްޔާތު ބާއްވާފައިވާއިރު، ޕްރޮގްރާމުގައި ބައިވެރިވި 32 މީހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިއުޝާއެވެ.

Advertisement - newsAdvertisement

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިއުޝާ ވިދާޅުވީ، މި ޕްރޮގްރާމުގެ އަމާޒަކީ ތަފާތު ގިންތިތަކަށް ނިސްބަތްވާ އަންހެނުން ސިޔާސީ މައިދާނަށް ނެރެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ނެރުން ކަމަށެވެ. މި ޕްރޮގްރާމް މެދުވެރިކޮށް ވަރަށް ގިނަ މައުލޫމާތު ލިބިގެން ދިޔަކަމަށް އުންމީދުކުރައްވާކަމަށާއި، އަދި މިއީ ވަރަށް މުހިންމު ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ 4ން 10ށް މާލޭގައެވެ. މިއީ ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެންގެ 5 ވަނަ ޕްރޮގްރާމެވެ.

ޕްރެކްޓިސް ޕާލިމެންޓް ހަރަކާތަކީ މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ރަނގަޅަށް ދަނެގަނެ، ގިނަ ޒުވާނުންނާއި އަންހެނުން މަޖިލީހަށް ކުރިމަތިލާން ހިތްވަރުދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް، ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެއެވެ. އަދި މިއީ މަޖިލީހުގެ ސިޔާސަތުތަކުގައި ހުރި އުނިކަންކަން ދެނެގަނެ އެކަންކަން ބަދަލުކުރުމަށް މަސައްކަތްކުރާ ހަރަކާތެއް ކަމަށްވެސް އެއިދާރާއިން ބުނެއެވެ.

ޕްރޮގްރާމް ކުރިއަށްގެންދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ ސިޔާސަތުތަކާއި މަޖިލީހުގެ މަސައްކަތް ކުރިއަށްދާ ގޮތުގައި މައުލޫމާތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެކެވެ.

"ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެން"ގެ ފުރަތަމަ ޕްރޮގްރާމްގައި 5 އަތޮޅަކުން ޖުމްލަ 48 ފަރާތުން ބައިވެރިވެފައިވާއިރު އޭގެތެރޭގައި ޚާއްސަ އެހީއަށް ބޭނުންވާ 2 ފަރާތްވެސް ހިމެނެއެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯރ ވިމެންރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް