Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެލާމަރުކަޒީ ނިޒާމް

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންއާއި ގުޅޭ ބަދަލު ގެނައުމަށް ދަނީ މަޝްވަރާކުރަމުން: ނިޔާޒް

9 ސެޕްޓެމްބަރު 2022 | ހުކުރު 14:28

އެ މަހާސިންތާގައި އެއްބަސްވާ ކަންތައްތައް ވިޔަވަތީގައި ހިއްސާކުރާނެ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 9 ސެޕްޓެމްބަރު 2022 | ހުކުރު 14:28
 ފަނޯއްލަ ދަރުބާރު

ފަނޯއްލަ ދަރުބާރު

ލާމަރުކަޒީ ޤާނޫނަށް އެންމެ އަވަހަށް ގެނައުމަށް މަޝްވަރާ ކުރަމުންދާ ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ ބައި އިލެކްޝަންއާއި ގުޅޭ ބަދަލު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަން ވެސް ކުރައްވަމުންދާ ނިޔާޒް އެފަދައިން ވިދާޅުވީ ލޯކަލް ގަވަމެންޓް އޮތޯރިޓީ އެލްޖީއޭ އާއި އިންޓަރނޭޝަނަލް ރިޕަބްލިކަން އިންސްޓިޓިއުޓާއި ޔޫ.އެސް.އެއިޑް ގުޅިގެން ކުރިޔަށް ގެންދާ ފަނޯއްލަ ދަރުބާރު ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދަނީ ހައްދުންމަތީގައި ގަމުގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ދަރުބާރު ފެށުމުގެ ރަސްމިއްޔާތުގައި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާޠިމަތު އަފްޝަން ލަތީފާއި ޔޫ.އެސް. އެއިޑުން ދިވެހިރާއްޖެއަށް ކަނޑައޅުއްވާފައިވާ ޕްރޮގްރާމް ކޯޑިނޭޓަރ ހިލެރީ މިޑްކިފް އާއި އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް ޝައްމުޢޫން އާދަމް ވެސް ވަނީ ވާހަކަދައްކަވާފައވެެ.

ފަނޯއްލަ ދަރުބާރުގައި ޖުމުލަ 200 އަށް ވުރެ ގިނަ މީހުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ނިލަންދެއަތޮޅު ދެކުނުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ގެ ސިޓީ ކައުންސިލްތަކުގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްތަކުގެ ރައީސުންނާއި އަދި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކަމާގުޅުން ހުރި ވުޒާރާތަކާއި އަދި އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިން ހިމެނެއެވެ.

ފަނޯއްލަ ދަރުބާރަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެ މަހާސިންތާގައި އެއްބަސްވާ ކަންތައްތައް 11-12 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ލ.ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ 'ވިއަވަތި ރާއްޖެ' މަހާސިންތާގައި ރައީސުލްޖުމްހޫރިއްޔާއާއި ދައުލަތުގެ ކަމާގުޅޭ ފަރާތްތަކާ ހިއްސާ ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެލްޖީއޭ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި
25 ސެޕްޓެމްބަރު 2025

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް
19 ސެޕްޓެމްބަރު 2025

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް
18 ސެޕްޓެމްބަރު 2025

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

18 ސެޕްޓެމްބަރު 2025
ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.
12 ސެޕްޓެމްބަރު 2025

ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި

12 ސެޕްޓެމްބަރު 2025
ފީއަލީ ކައުންސިލުން ތަރައްގީ ކުރި ވޮލީކޯޓު ސަރުކާރުގެ ބަހެއް ނެތި ހުޅުވުމުން މިނިސްޓަރ ރާފިއު އިންޒާރުދެއްވައިފި
04 އޯގަސްޓު 2025

ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ

04 އޯގަސްޓު 2025
ކައުންސިލްތަކުގެ ބާރު ހަނިވާ ގޮތަށް ހުށަހެޅި ބިލް: މަޝްވަރާ ކުރުމެއް ނެތި ކޮމިޓީ މަރުހަލާ ވެސް އަވަސް އަރުވާލަނީ
25 ޖުލައި 2024

އެލްޖީއޭގެ ބޯޑަށް ޝިޔާމް އިންތިޚާބުކޮށްފި

25 ޖުލައި 2024
އެލްޖީއޭގެ ބޯޑަށް ޝިޔާމް އިންތިޚާބުކޮށްފި
01 ޖުލައި 2024

މޭޔަރ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް އެލްޖީއޭގެ ޒުލްފާއަށް

01 ޖުލައި 2024
މޭޔަރ ނިޒާރުގެ ވަރުގަދަ ބަހުގެ ހަމަލާ އެއް އެލްޖީއޭގެ ޒުލްފާއަށް
19 މާރިޗު 2024

މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް

19 މާރިޗު 2024
މަޢާފަށް އެދެން މެމްބަރުން އެދުމުން ޒުލްފާ ވިދާޅުވީ ވަޒީފާ އަދާކުރާނެ ގޮތް ކިޔައިދޭން ނުޖެހޭނެކަމަށް
12 މާރިޗު 2024

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ

12 މާރިޗު 2024
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލް ކުރަން އެންގުން - އެލްޖީއޭ ކޮމިޓީއަށް ހާޒިރުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް