Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިނގިރޭސި ރާނީ އަވަހާރަވުން

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ވެރިންގެ ތައުޒިޔާ

ރާނީ އަވަހާރަވީ ބަލްމޯރަލް ގަނޑުވަރުގައި އާއިލާގެ ބޭފުޅުން އަރިހުގައި ތިއްބަވަނިކޮށް

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2022 | ހުކުރު 14:06
އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަދި ފިރިކަލުން ޕްރިންސް ފިލިޕް

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު އަދި ފިރިކަލުން ޕްރިންސް ފިލިޕް

އިނގިރޭސި ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ރާނީ އަވަހާރަވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ކަނބަލެއްކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ރާނީ އަދި ކޮމަންވެލްތުގެ އެންމެ އިސްވެރިޔާ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ހުކުރު ދުވަހުން ފެށިގެން ރާއްޖޭގައި ހިތާމައިގެ ތިން ދުވަސް ފާހަގަ ކުރުމަށާއި މި މުއްދަތުގައި ދިވެހި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިޙު ނިންމަވާފައިވެއެވެ.

ރާނީ އަވަހާރަވުމާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ގެންދަވަނީ ރެއިން ފެށިގެން ތައުޒިޔާގެ މެސެޖްތައް ފޮނުއްވަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ރާނީއަކީ ހަމައެކަނި ރާނީއެއް ނޫން ކަމަށާއި އެކަމަނާގެ ނަންފުޅު ގަނެވުމުން މުޅި "އީރާ" ނުވަތަ ވެރިކަމުގެ ދިގު މުއްދަތު ސިފަވާ ކަމުގައެވެ. އަދި އަވަސް ބަދަލުތައް އަންނަމުންދާ ދުނިޔެއެއްގައި ރާނީއަކީ ހަމަޖެހުމުގެ ރަމްޒުކަމުގައި ވެސް ވިދާޅުވެފައިވެއެވެ. އެކަމަނާ ސިފަކުރެވެނީ ނަލަ، ބަނިޔާދަން، އަދި ވަރުބަލިފުޅުވުމެއް ނެތި މަސައްކަތުގެ ވަކި އަޚުލާގެއް ހިފެހެއްޓެވި ކަނބަލައްގެ ގޮތުގައި ކަމަށް ބައިޑަން ވިދާޅުވެފައި ވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ރާނީ އެލިޒަބަތުއަށް ތައުރީފްގެ ބަސްތަކުން ފުރިފައިވާ ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އޮބާމާ ވިދާޅުވެފައިވަނީ އެކަމަނާއާއި ބައްދަލުވެވަޑައިގެންނެވި ކޮންމެ ފަހަރަކުވެސް އެކަމަނާގެ ހިތްޕުޅު ހެޔޮކަމާއި އޯގާތެރިކަން، އަދި އެކަމަނާއާ ބައްދަލުވާ މީހުންގެ ހާސްކަން ކަނޑުވާލާ ހަމަޖެހުމަށް އެހީތެރިވެވަޑައިގަންނަވާ ގޮތް ކޮންމެ ފަހަރަކުވެސް ފާހަގަވާ ކަމަށެވެ. އަދި ރާނީ އެލިޒަބަތު ވަނީ ދުނިޔެއަށް ކުރިމަތިވި ތަފާތު އިގްތިސާދީ ބަދަލުތަކުގެ ތެރެއިން ވެސް ރަނިކަން ކުރައްވާފައި ކަމަށާއި، އިންސާނުން ފުރަތަމަ ހަނދަށް ކުރި ދަތުރުގެ އިތުރުން ބަރލިން ފާރު ވެއްޓުނު މަންޒަރުވެސް ރާނީ ތަޖުރިބާ ކުރައްވާފައިވާ ކަމަށް އޮބާމާ ވިދާޅުވެފައިވެއެވެ.  

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ ރާނީ އެލިޒަބަތުއާ އެކު އޮތް ގާތް ރަހުމަތްތެރި ގުޅުން އަބަދުވެސް ހަދުމަފުޅުގައި ހުންނާނެ ކަމަށް ވިދާޅުވެފައެވެ. ރާނީ އަކީ މާތް، ރީތި ކަނބަލެއް ކަމަށާއި އެފަދަ ދެވަނައެއް ނުވާ ބޭފުޅެއްކަމަށް ޓްރަމްޕް ސިފަކުރައްވާފައިވެއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެސް ވަނީ އެކަމަނާއާ އެކު ބައިވެރިވެވަޑައިގެންނެވި ސައި ފޮދެއްގެ ހަންދާން އައު ކުރައްވާފައެވެ. ބުޝްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ ރާނީ އަކީ ވިސްނުންފުޅު ތޫނު އަދި މީހުންގެ ހިތް ލަންބާލުމަށް ކުޅަދާނަފުޅު ބޭފުޅެއް ކަމުގައެވެ.

އެމެރިކާގެ ތޭރަ ރައީސުންނާއި ރާނީގެ ވެރިކަމުގެ ދައުރުގައި ބައްދަލުވެވަޑައިގެންފައިވެއެވެ.

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތައުޒިޔާ ވިދާޅުވީ އެގައުމުން ދުރަށް ފޮނުވި ވީޑިއޯ މެސެޖަކުންނެވެ. ލޯފުޅުން ކަރުނަ އައުމާގާތަށް ވަޑައިގެން ހުންނަވާ ޓްރޫޑޯ ވިދާޅުވީ ރާނީ އެލިޒަބަތު އަކީ މުޅި ދުނިޔެއިން ވެސް އޭނާ އެންމެ ލޯބިފުޅުވި އެއް ބޭފުޅާ ކަމަށާއި ވަރަށް ބޮޑަށް އެކަމަނާ "މިސް" ވާނެ ކަމަށެވެ. ޓްރޫޑޯ ވިދާޅުވީ ރާނީގެ ހިތްޕުޅުގައި ކެނެޑާގެ ރައްޔިތުންނާމެދު ލޯތްބާއި ހަމަދަރުދީ އޮތްކަން އެއީ ޔަގީން ކަމެއް ކަމުގައެވެ. އަދި މައްސަލަތަކުން ފުރިފައިވާ ދުނިޔެއެއްގައި އެކަމަނާގެ ދެގޮތެއް ނުވާ އުސޫލުތަކާއި އުޅުއްވުމުގެ އާދަކާދަތަކުގެ ސަބަބުން އެންމެނަށް ވެސް ހަމަޖެހުން ލިއްބައިދިން ކަމަށް ޓްރޫޑޯގެ މެސެޖުގައި ވެސް ވިދާޅުވެފައިވެއެވެ. އަދި ބައްދަލުވެވަޑައިގެންނެވި ފަހަރުތަކުގައި ވާހަކަދެކެވުނު ގޮތް ވަރަށް ބޮޑަށް ހަދުމަފުޅުގައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. މިފަދަ ބައްދަލުވުންތަކުން ފާހަގަކުރެއްވުނު ގޮތުގައި ރާނީއަކީ ވިސްނުންތެރި، ބުއްދިވެރި، ކަންކަމަށް ޝައުގުވެރިވެ ވަޑައިގެންނެވި، އެހީތެރިވުމަށް ތައްޔާރަށް ހުންނެވި، މީހުން ހެއްވާލުމުގެ ހުނަރު ހުރި، އަދި މީގެ އިތުރުންވެސް އެތައް އެހެން މުހިންމު ސިފަފުޅުތަކެއް ހުންނެވި ބޭފުޅެއް ކަމަށް ޓްރޫޑޯ ވިދާޅުވެފައިވެއެވެ.  

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވިދާޅުވީ ރާނީ އަވަހާރަވީ ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ރާނީ އާއި ބައްދަލުވެވަޑައިގެންނެވި ދެފަހަރެއްގެ މަތިން ހަދުމަފުޅު އައު ކުރައްވަމުން މޯދީ ވިދާޅުވީ އެކަމަނާގެ ހިތްޕުޅު ހެޔޮކަމާއި އޯގާތެރިކަން ދުވަހަކުވެސް ހަނދުމަފުޅު ނުނެތޭނެ ކަމަށެވެ. އަދި ބައްދަލުވެވަޑައިގެންނެވި އެއްފަހަރު މަހާތުމާ ގާންދީ އެކަމަނާ ކައިވެނި ބައްލަވައިގަތް ދުވަހު އެކަމަނާއަށް ހަދިޔާ ކުރެއްވި ކުޑަރުމާކޮޅެއް މޯދީއަށް ދެއްކެވި ކަމަށާއި، ގާންދީގެ އެހަދިޔާ އަބަދުވެސް އަގުބޮޑު އެއްޗެއްގެ ގޮތުގައި ރައްކާތެރިކަމާއެކު ބާއްވަވާނެ ކަމަށް ވިދާޅުވިކަން މޯދީގެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.

ނިއުޒިލަންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވިދާޅުވީ ރާނީ އަވަހާރަވީ ޚަބަރު ދިނުމަށް ފަތިހު ފުލުސް އޮފިސަރަކު އެކަމަނާއަށް ދެންނެވި ކަމަށެވެ. އެކަނާއަކީ އާދަޔާ ޚިލާފް ޝަޚުސިއްޔަތެއްކަމަށާއި، ހަޔާތްޕުޅު ހޭދަ ކުރެއްވީ އެންމެ އެދިވަޑައިގެން ހުންނެވި ގޮތަށް ކަމަށާއި އެއީ ފަހު ނޭވާފުޅާ ޖެހެންދެން ވެސް ލޯބިފުޅުވާ އިނގިރޭސި ރައްޔިތުންގެ ޚިދުމަތުގައި ދެމިހުންނެވުން ކަމަށް ވިދާޅުވެފައިވެއެވެ.

ސައޫދީ އަރަބިއްޔާގެ ސަލްމާން ރަސްގެފާނު އާއި ވަލީ އަހުދު ވެސް ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެފައެވެ. ރަސްގެފާނުގެ މެސެޖްގައި ރާނީ ލއަކީ ލީޑަރެއްގެ ފުރިހަމަ "ރޯލް މޮޑެލް" އެއް ކަމަށާއި އަދި ދުވަހަކުވެސް ފަނޑުވުމެއް ނެތްފަދަ ގޮތަކަށް ތާރީޚުގައި އެކަމަނާގެ ޚިދުމަތް ލިޔެވިގެންދާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން ވެސް ވަނީ ރާނީ އަވަހާރަވުމާއި ގުޅިގެން އިނގިރޭސި ސަރުކާރަށާއި ރައްޔިތުންނަށް އިޙްލާސްތެރި ތައުޒިޔާ ވިދާޅުވެފައެވެ.  

ދުނިޔޭގެ ބޮޑެތި ބަދަލުތަކާއި ކުރިއެރުންތައް ހާސިލުކުރި ހަތްދިހަ އަހަރު އެއްގޮތެއްގައި ރާނީ ދެމިހުންނެވިކަން ގިނަ ބޭފުޅުންގެ މެސެޖުތަކުގައި ފާހަގަކުރައްވާފައިވެއެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީޑާ ވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާ ވަނީ ތައުޒިޔާ ވިދާޅުވެފައެވެ. ދުނިޔެއަށް ކުރިމަތިވި ހަލަބޮލިކަން ބޮޑު އަހަރުތަކެއްގައި އިނގިރޭސި ވިލާތަށް ހަމަޖެހުން ގެންނެވުމަށް އެކަމަނާ އަދާކުރެއްވި ދައުރު ފާހަގަކުރައްވާފައިވެއެވެ. އަދި އެކަމަނާގެ ވަކިވެ ދިއުމަކީ އަމައެކަނި އިނގިރޭސި ރައްޔިތުންނަށް ލިބުނު ހިތާމައެއް ނޫން ކަމަށާއި މުޅި ދުނިޔެއަށް ވެސް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވާފައިވެއެވެ.

ކޮމަންވެލްތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރާނީ 16 ފަހަރު އޮސްޓްރޭލިޔާއަށް ވަޑައިގެންފައިވެއެވެ. އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސް ވިދާޅުވީ ރާނީ ހިމެނިވަޑައިނުގަންނަވާ ދުނިޔެއެއް ނުދެކޭ މީހުން އެގައުމުގައި ވަރަށް ގިނަ ކަމުގައެވެ. ހަލަބޮލިކަމާއި އަޑުފައްގަނޑު އެކުލެވުނު ދުނިޔެއެއްގައި އެކަމަނާގެ ކިބައިން އަބަދުވެސް ފެނުނީ ހަމަހިމޭންކަމާއި އެންމެނާވެސް ގުޅޭ ސިފަތަކެއްކަމުގައި ވިދާޅުވެފައިވެއެވެ. އޮސްޓްރޭލިޔާއަށް ކުރިމަތިވި ފާގަތި ދުވަސްތަކާއި އަދި އެހާ ފާގަތިނޫން ދުވަސްތަކުގައިވެސް އެކަމަނާ ހިނިތުންވެވަޑައިގެން ހުންނަވާ އޮސްޓްރޭލިޔާގެ ރައްޔިތުންނާއެކުގައި ވެވަޑައިގެންނެވި ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް ވަރަށް ގިނަ އަދަދެއްގެ ދުނިޔޭގެ ލީޑަރުން ވަނީ އިނގިރޭސި ރާނީ އަވަހާރަވުމުގެ ހިތާމައިގައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ ތެރޭގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން، ޔޫކްރެއިންގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ، ޖޯޑަންގެ ރަސްގެފާނު އަބްދުﷲ، އިސްރާއީލުގެ ރައީސް އިސާކް ހަރްޒޯގް، އަދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސްގެ އިތުރުން އެފްރިކާގެ ގިނަ ލީޑަރުން ހިމެނިވަޑައިގަންނަވައެވެ.

ރާނީ އެލިޒަބަތު ވަޅުފުޅުލުމުގެ ރަސްމިއްޔާތު އޮންނާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަނާޒާގެ ވަގުތު ޖެހެން ދެން ހަށިކޮޅު ވެސްޓް މިނިސްޓަރ ހޯލްގައި ބޭއްވިފައި އޮންނާނެ ކަމަށް ޚަބަރު ލިބެއެވެ.  

އިނގިރޭސިވިލާތްދުނިޔެރާނީ އެލިޒަބަތު 2

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

އެޕްސްޓީން މައްސަލައިގައި ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް ގެ ޓައިޓްލް ދޫކޮށްލައިފި

18 އޮކްޓޯބަރު 2025
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ގާޒާގެ ހަނގުރާމަ ވަގުތުން ހުއްޓާލަން ޖެހޭ ކަމަށް އިނގިރޭސި އައު ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

05 ޖުލައި 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު