Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު

މިނިވަންކަމުގެ ދިފާއުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށްޓަކައި އަޅާ ފިޔަވަޅެއް: ރައީސް

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރައީސް ވަނީ ގިނަ އިލްތިމާސްތަކެއް ކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 11:25
ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅުދައްކަވަނީ

ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށްޓަކައި އަޅާ ފިޔަވަޅެއްކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރާއްޖެ ހިމެނޭ ސަރަހައްދުގެ އަސްކަރިއްޔާތަކުން އެންމެ ބޮޑު އިސްކަމެއް ދޭ އެއްކަމަކީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ދެމެހެއްޓުންކަމަށެވެ. އަދި ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުންހިފަނީ ހަމައެކަނި ހަނގުރާމަކުރުމަށް ނޫންކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިން ދުނިޔެއަށް ދަސްވި އެންމެ ބޮޑު ފިލާވަޅަކީ ހަނގުރާމައަށްވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމުގައި އަސްކަރިއްޔާތަކުން މުހިންމު ދައުރެއް އަދާކުރެވޭނެކަން ކަމަށެވެ. އެެހެންކަމުން މި ސަރަހައްދުގެ އަސްކަރިއްޔާތަކުންވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ ޚިދުމަތަކީ ޤައުމީ ޚިދުމަތެއްގެގޮތުގައި ސިފަކުރައްވައި ރައީސް ވަނީ، ފަހު ވިންދާ ޖެހެންދެން ގައުމީ ޖިހާދުގައި ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ. ސިފައިންގެ މީހަކަށް ވުމަކީ ބޮޑު ޝަރަފެއްކަަމަށާއި، އެ ޝަރަފު ދެމިއޮންނަނީ، ގައުމަށް ޚިދުމަތްކުރުމުގައި ގައުމުގެ މިނިވަންކަމާއި، ސަލާމަތާއި، އަމަންއަމާންކަމުގެ ދިފާއުގައި ސިފައިން ކުރާ މަސައްކަތުގެ މައްޗަށް ކަަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ގައުމަށް ދިމާވާ ކޮންމެ ނުރައްކަލަކުން ގައުމު ދިފާއުކުރުމުގައި ސިފައިން އިސް ދައުރެއް އަދާކުރާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، ދިވެހި ޒުވާން ލޭގައި ހިނގާ ޖޯޝާއި ހޫނަށް ދިވެހި އުންމަތް މިއަދު އޮތީ ވަރަށް ބޭނުންވެފައިކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިހާރު އަސްކަރިއްޔާތައް ވަރުގަދަވަނީ ހަނގުރާމައިގެ އުކުޅުތަކާއި ތަމްރީންތަކުން އެކަނި ނޫންކަމަށާއި، އަސްކަރިއްޔާތައް ވަރުގަދަވަނީ ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އީޖާބީ މައުލޫމާތުގެ އަލީގައިކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެންމެ ކުރިއަރާފައިވަނީ ސައިންސާއި ޓެކްނޮލޮޖީ އެ އަސްކަރިއްޔާގެ އުކުޅުތަކުގެ މައްޗަށް ބިނާވެފައިވާ އަސްކަރިއްޔާތައް ކަަމަށާއި، މިއީ ދިވެހި ސިފައިންވެސް ވިސްނަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ، ސިފައިންގެ މީހަކަށް ވިޔަސް އާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވައި، އާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ހާލަތްތަކުގައި ރައްޔިތުންގެ ހިމާޔަތުގައި ސިފައިން ތިބެންވާނެކަން ފާހަގަކުރައްވާފައެވެ. ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ހާލަތެއްގައިވެސް ރައްޔިތުން ހިމާޔަތްކުރުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުއެމްއެންޑީއެފް

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު