Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޔުއެފާ ޗެމްޕިއަންސް ލީގު

ރިޗާލިސަންގެ ދެލަނޑުން މާސޭ ބަލިކޮށް ޓޮޓެންހަމަށް ރަނގަޅު ފެށުމެއް

ޓޮޓެންހަމްގެ ދެ ލަނޑު ވެސް ޖެހީ ފޯވާޑް ރިޗާލިސަން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2022 | ބުރާސްފަތި 02:22
ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޓޮޓެންހަމުން ކުޅުނު މެޗުގެ ތެރެއިން

ޔުއެފާ ޗެމްޕިއަންސް ލީގުގައި މާސޭ ބަލިކޮށް ޓޮޓެންހަމުން ފެށުން ރަނގަޅުކޮށްފިއެވެ.

ގްރޫޕް ޑީގައި މި ދެ ޓީމުގެ ފުރަތަމަ ފުޓުބޯޅަ މެޗު ކުޅުނީ ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައެވެ. މެޗު ޓޮޓެންހަމުން ކާމިޔާބުކުރީ 2-0 އިންނެވެ.

މެޗުގެ ދެ ލަނޑު ވެސް ފެނުނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް އެއްވެސް ޓީމަކަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މެޗުގައި މާސޭއަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ، މެޗުގެ ގިނަ ބައި 10 ކުޅުންތެރިންނާއެކު ކުޅެން ޖެހުމެވެ. ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި މާސޭގެ ޑިފެންޑަރު އެމްބެމްބާއަށް ވަނީ ސީދާ ރަތް ކާޑު ދައްކާފައެވެ.

ޓޮޓެންހަމްގެ ދެލަނޑު ވެސް ކާމިޔާބުކުރީ ފޯވާޑް ރިޗާލިސަންއެވެ. ފުރަތަމަ ލަނޑު ރިޗާލިސަން ޖެހީ މެޗުގެ 76 ވަނަ މިނެޓުގައެވެ. އަދި ދެވަނަ ލަނޑު އޭނާ ޖެހީ 81 ވަނަ މިނެޓުގައެވެ.

މި ގްރޫޕްގައި ދެން ހިމެނޭ ދެ ޓީމަކީ އެއިންޓްރަކްޓް ފްރޭންފާޓާއި ސްޕޯޓިންއެވެ. އެއިންޓްރަކްޓް ފްރޭންފާޓްގެ ދަނޑުގައި ކުޅުނު މެޗު 3-0 އިން ކާމިޔާބުކުރީ ސްޕޯޓިންއެވެ.

މި ގްރޫޕްގެ އެއްވަނަ މަގާމުގައި އޮތީ ތިން ޕޮއިންޓާއެކު ސްޕޯޓިންއެވެ. ދެވަނަ މަގާމުގައި އޮތް ޓޮޓެންހަމަށް ވެސް ލިބެނީ ތިން ޕޮއިންޓެވެ. ނަމަވެސް ސްޕޯޓިންއަށް ކުރި ލިބެނީ ފައިދާ ގޯލުންނެވެ.

ޗެމްޕިއަންސް ލީގުޓޮޓްނަމް ހޮޓްސްޕަރމާސޭ

ކޮމެންޓް

އިތުރަށް ކިޔާލަން

  ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

ފެނަބާޗޭގެ ކޯޗުކަމުން މޮރީނިއޯ ވަކިކޮށްފި

31 އޯގަސްޓު 2025
ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

ޓޮޓެންހަމްގެ ކޯޗުކަމުން ޕޮސްޓެކޮގްލޫ ވަކިކޮށްފި

07 ޖޫން 2025
ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

ޕޮޗެޓީނޯ ހުރީ އަލުން ޓޮޓެންހަމަށް ދިޔުމުގެ އުންމީދުގައި

20 މާރިޗު 2025
ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

ޓޮޓެންހަމް އަތުން ޔުނައިޓެޑު ބަލިވެއްޖެ

17 ފެބުރުއަރީ 2025
ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

ބްރެންޓްފޯޑު ބަލިކޮށް، ޓޮޓެންހަމަށް ހަމަޖެހުމެއް

03 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު