Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލެ ދެވަނަ ފިޔަވަހީގެ ސްކޫލްތައް

ކާމިލް ދީދީ ސްކޫލަކީ ކުރިއަށް އޮތްތާނގައި ޕްރީ ސްކޫލަކަށް ވާނެ ތަނެއް: މުޖާހިދު

6 ސެޕްޓެމްބަރު 2022 | އަންގާރަ 17:14

ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި ކިޔަވާ ކުދިންނަށް ސަލާހުއްދީން ސްކޫލުން ޖާގަ ދޭނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 17:14
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެޑިކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވާހަކަދައްކަވަނީ

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އެޑިކޭޝަންގެ ޑެޕިއުޓީ މިނިސްޓަރ މުޖާހިދު ވާހަކަދައްކަވަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އާދީއްތަ ދުވަހު ހުޅުވި ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ ކުރިއަށް އޮތްތާނގައި ޕްރީ ސްކޫލަކަށް ވާނެ ތަނެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން މުޖާހިދު ވިދާޅުވީ ކާމިލް ދީދީ ސްކޫލް ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ހުޅުވީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުޑަކުދިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން، ދެވަނަފިޔަވަހިން ފުރަތަމަ ފިޔަވައްސަށް އަދި މާލެއަށް ވެސް ދަތުރު ކުރާ ކުދިން ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކަމަށާއި ވަގުތީގޮތުން ހުޅުވި ސްކޫލާއެކު އެ ކުދިންނާއި ބެލެނިވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މުޖާހިދު ވިދާޅުވީ ދެވަނަ ފިޔަވަހީގައި ޓަވަރުތައް އަޅަމުންދިޔައިރު ތައުލީމު ފޯރުކޮށްދޭނެ ތަންތަނާއި އެހެނިހެން ޚިދުމަތް ފޯރުކޮށްދޭނެ ތަންތަން އެޅުމުގެ މަސައްކަތް އެއްވެސް ވަރަކަށް ކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި މީހުން ދިރިއުޅެން ފެށުމުން ވީހާވެސް އަވަހަށް ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދޭނެ ތަނެއް ހެދުމުގެ މަސައްކަތް ކުރަން ޖެހުނު ކަމަށާއި ކާމިލް ދީދީ ސްކޫލް ޕްރައިމަރީ ސްކޫލެއްގެ ގޮތުގައި ވަގުތީގޮތުން ހުޅުވަން ޖެހުނީ މީގެ ސަބަބުން ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި މިވަގުތު ތައުލީމު ހާސިލް ކުރާ ދަރިވަރުންނަށް ސަލާހުއްދީން ސްކޫލް ހުޅުވުމުން އެ ސްކޫލުން ފުރުސަތު ލިބޭނެ ކަމަށް ވެސް މުޖާހިދު ވިދާޅުވިއެވެ. އެގޮތުން، އަންނަ އަހަރުގެ ޖެނުއަރީ މަހު ހުޅުވަން ތައްޔާރުވަމުން އަންނަ އެ ސްކޫލުން 3000 އެއްހާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ހުޅުވުމާއެކު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ އެ ސްކޫލަށް ފާޑުކިޔައިފައެވެ. އެގޮތުން އެއީ 23 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އަޅާ ސްކޫލެއްގެ ފެންވަރު ނޫންކަމަށް ބުނެ ފާޑުކިޔައިފައިވެއެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން މުޖާހިދު ވިދާޅުވީ 23 މިލިއަން ރުފިޔާއަކީ ހަމައެކަނި އެ ސްކޫލަށް ޚަރަދު ކުރި ފައިސާގެ އަދަދު ނޫން ކަމަށެވެ. އެއީ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގެ އިތުރުން ޖަމީލް ދީދީ ޕްރީ ސްކޫލަށް ކުރާ ޚަރަދު ކަމަށާއި ދެ ސްކޫލް ވެސް ތަރައްގީކޮށް ނިމޭނީ ޕްރީސްކޫލުގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ ދެ ސްކޫލްގެ މަސައްކަތް ނިމޭއިރު ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ޚިދުމަތެއް ހުންނާނެ ކަމަށެވެ. އަދި މިފަދަ ވާހަކަތައް ދެއްކުމުގެ ސަބަބުން ކުދިންނަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމުގެ ކުރިން ވިސްނުމަށް އޭނާ ވަނީ އެދިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކާމިލް ދީދީ ޕްރައިމަރީ ސްކޫލާއި ޖަމީލް ދީދީ ޕްރީ ސްކޫލާއި ސަލާހުއްދީން ސްކޫލުގެ އިތުރުން ކޮންޓްރެކްޓަރ ފައިންނޭންސްގެ އުސޫލުން އިތުރު ސްކޫލެއްގެ މަސައްކަތް ވެސް ކުރަމުންނެވެ. މި ސްކޫލް އަންނަ އަހަރުގެ ދިރާސީ އައު އަހަރަށް ހުޅުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

24 ފެބުރުއަރީ 2017

އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި

24 ފެބުރުއަރީ 2017
އެމްޔޫއޯގެ ފަރާތުން ރ. އަތޮޅުގައި "ދޮރުން ދޮރަށް" ހަރަކާތްތައް ކުރިއަށް ގެންގޮސްފި
20 ފެބުރުއަރީ 2017

ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ

20 ފެބުރުއަރީ 2017
ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަކަށް މެޖޯރިޓީއެއް ނުނެގޭނެ: އެމްޔޫއޯ
12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް