Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ހިލޭ އެހީ

ތިމާވެށީގެ ޕްރޮޖެކްޓްތަކަށް ބީއެމްއެލްއިން ދޫކުރާ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވަނީ!

މި އެހީއަށް އެދުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 15ގައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 15:02
ބީއެމްއެލްގެ އެހީގެ ދަށުން ތަރައްގީކޮށްފައިވާ ސަރަހައްދެއް

ބީއެމްއެލްގެ އެހީގެ ދަށުން ތަރައްގީކޮށްފައިވާ ސަރަހައްދެއް

ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތަކަށް އެހީވުމަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޭ ހިލޭ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާތީ، ފޯމުތައް ހުށަހެޅުމަށް ހަނދާންކޮށްދީފިއެވެ.

މިއީ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމަށް ޖަމްއިއްޔާތަކަށް އަމާޒުކޮށްގެން ބީއެމްއެލްއިން ތައާރަފުކުރި 'ސްމޯލް ގްރާންޓް' އެކެވެ. މި އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު މި މަހުގެ 15ގެ ނިޔަލަށް ހަމަވާނެއެވެ.

މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 250،000 ރުފިޔާގެ ހިލޭ އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާގުޅިގެން ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ، މި އެހީގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި އަދި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ކުދި އަދި މެދު ފަންތީގެ ޕްރޮޖެކްޓްތަކަށް ހިލޭ އެހީ ލިބިގެންދާނެ ކަމަށެވެ. އަދި މި އެހީއާއެކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައިދީ މުޖުތަމައަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވި، ހެޔޮ ބަދަލުތަކެއް އަންނާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ބީއެމްއެލްގެ އުންމީދަކީ، ތިމާވެއްޓާ ގުޅުންހުރި ޕްރޮޖެކްޓްތައް ހިންގުމުގައި މަސައްކަތްކުރަމުންދާ ވީހާވެސް ގިނަ ޖަމްއިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކުރުން ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

31 ޑިސެންބަރު 2021ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުންދާ ޖަމްއިއްޔާތަކަށް މި ފަންޑަށް އެދި ހުށަހެޅޭނެއެވެ. މި އެހީއަށް އެދި ހުށަހެޅޭނެ ދާއިރާތަކުގެ ތަފްސީލާއި ފަންޑިންގއަށް އެދި ހުށަހަޅާ ފޯމު ބޭންކުގެ ވެބްސައިޓްhttps://www.bankofmaldives.com.mv/bml-small-grantsން ލިބޭނެއެވެ.

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑުން ފައިސާގެ މުއާމަލާތްތައް ކުރެވޭ އިންތިޒާމު ބީއެމްއެލްއިން ހަމަޖައްސައިދެނީ
21 ސެޕްޓެމްބަރު 2017

ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި

21 ސެޕްޓެމްބަރު 2017
ބީއެމްއެލްއިން ގއ. އަތޮޅުގެ ތިން ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފި
02 ސެޕްޓެމްބަރު 2017

ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި

02 ސެޕްޓެމްބަރު 2017
ދިރާގުން ހިލޭ ވައިބާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި
31 ޖުލައި 2017

ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި

31 ޖުލައި 2017
ބީއެމްއެލްއިން އެންމެ ޒަމާނީ ކަސްޓަމަރ ސަރވިސް ސެންޓަރެއް ހުޅުވައިފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި
23 މެއި 2017

ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި

23 މެއި 2017
ރަމަޟާން މަހު ބީއެމްއެލްއިން ޚިދުމަތްދޭ ވަގުތު އިތުރުކޮށްފި
10 އެޕްރީލު 2017

ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި

10 އެޕްރީލު 2017
ބީއެމްއެލްއިން ދަރަވަންދޫގައި އޭޓީއެމްއެއް ބަހައްޓައިފި
08 މާރިޗު 2017

އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ

08 މާރިޗު 2017
އަންހެނުންގެ ދުވަހާ ގުޅިގެން ނަޝީ ކޭކްސް އިން ހިލޭ ކޭކް ބަހަނީ
27 ފެބުރުއަރީ 2017

ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި

27 ފެބުރުއަރީ 2017
ބީއެމްއެލްއިން ރާއްޖޭގައި ޑައިނަމިކް ކަރަންސީ ކޮންވަރޝަންގެ ޚިދުމަތް ފަށައިފި
10 ފެބުރުއަރީ 2017

ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި

10 ފެބުރުއަރީ 2017
ދުއިސައްތަ ވަނަ ކޭޝް އެޖޭންޓް ބީއެމްއެލްއިން ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު