Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާޑުތަކުގެ ލިމިޓް ބޮޑުކުރުން

ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރުމަކީ ބޮޑު ސްކޭމެއް: މެންބަރު ނާޒިލް

500 ޑޮލަރެއް ކާޑަކަށް ނުލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 ޖޫން 2025 | ހޯމަ 08:42
ރައްޔިތުން މަޖިލީހުގައި، އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ރައްޔިތުން މަޖިލީހުގައި، އެމްޑީޕީ ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވާހަކަދައްކަވަނީ

ޑެބިޓު ކާޑުތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރުމަކީ ބޮޑު ސްކޭމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުއްލި ގޮތަކަށް ބީއެމްއެލުން ވަނީ 1 ޖުލައި 2025ން ފެށިގެން އެ ބޭންކުގެ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން އާންމުކޮށް ދިވެހީން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓްގެ ފީއެއް ނަގަން ނިންމައި، ކާޑުތަކުގެ ޑޮލަރު ލިމިޓު 500 އަށް ބޮޑުކުރިކަން އިއުލާން ކޮށްފައެވެ. ބީއެމްއެލުން ވަނީ ޑެބިޓު ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ އޭޓީއެމްތަކުން ނެގޭ ޑޮލަރުގެ ލިމިޓު ވެސް ކުޑަ ކޮށްފައެވެ. ކުރިން 250 ޑޮލަރު މަހެއްގެ މައްޗަށް ނެގުނު ނަމަވެސް މި ބަދަލާއެކު ދެން ނެގޭނީ 125 ޑޮލަރެވެ. ނަގުދު ފައިސާ ނަގަން ކުރާ ޓްރާންސެކްޝަންތަކަށް 10 ޑޮލަރުގެ އޭޓީއެމް ޗާޖެއް ވެސް ބީއެމްއެލުން ނަގާނެއެވެ.

މި ބަދަލާގުޅޭ ގޮތުން ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރު ނާޒިލް ވިދާޅުވީ ޑެބިޓް ކާޑަށް 500 ޑޮލަރަށް މަތި ކުރެވުނު ވާހަކައަކީ ސަރުކާރުގެ ބޮޑު ސްކޭމެއް ކަމަށެވެ. އަދި 500 ޑޮލަރު ނުލިބޭނެ ކަމަށް މެންބަރު ނާޒިލް ވިދާޅުވިއެވެ.

އާއްމު އުސޫލުން ޑެބިޓް ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ތަންތަނުން ކުރާ ވިޔަފާރިތަކުން 30 ޕަސެންޓު އަގުބޮޑުވެއްޖެ. އޭގައި އެބައޮތް ލިޔެފައި ވަރަށް ސާފުކޮށް. އެހެންވީމަ އޭގެ މާނައަކީ 250 ޑޮލަރުގެ ވިޔަފާރި ކޮށްފިއްޔާ 75 ޑޮލަރު 30 ޕަސެންޓުގެ ޓެކްސްއެއްގެ ގޮތުގައި ނޫނިއްޔާ އިތުރަށް އެބޭފުޅުން ނަގާ ފީއެއްގެ ގޮތުގައި ނަގާނެ ވާހަކަ. 500 ޑޮލަރާ ހިސާބަށް ވިޔަފާރި ކުރެވެންޏާ 150 ޑޮލަރުވަރު އެބަ ޗާޖު ކުރޭ. އެހެންވީމަ 500 ޑޮލަރެއް ނުލިބޭނެ. ހަމަ ބޮޑު ސްކޭމެއް އެއީ. އަނެއްކާ ވެސް ބޭންކް އޮފް މޯލްޑިވްސްއިން ރައީސުލްޖުމްހޫރިއްޔާ ބޮލަށް މިފަދަ ބޮޑު އެއްޗެއް ޖަހާލުމަކީ އަޅުގަނޑު ދަންނަވާނީ އަނެއްކާ ބޯޑު ބަދަލުކޮށްލަން ލިބޭ ފުރުސަތަކަށް ވެދާނޭ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

މެންބަރު ނާޒިލްގެ އިތުރުން ގިނަ އާއްމު ރައްޔިތުންގެ ފާޑުކިޔުން ސަރުކާރަށް އަދި ބީއެމްއެލްއަށް ވަނީ އަމާޒުވެފައެވެ.

ބީއެމްއެލްގެ މި ނިންމުމާއެކު، އޮންލައިންކޮށް ވިޔަފާރި ކުރާ އާއްމު ރައްޔިތުނަށް ވަރަށް ބޮޑަށް ދަތިވެ، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބާރުވާނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

މި ސަރުކާރާއެކު ޑޮލަރު ލިބުން ވަރަށް ބޮޑަށް ތާށިވެ، ޑޮލަރުގެ ރޭޓު ވެސް ދަށްނުވެ ދަނީ މައްޗަށް އުފުލެމުންނެވެ. ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީ ރާއްޖޭގެ ބޭންކަކަށް ޖަމާކުރުމަށް ގާނޫނުން ލާޒިމް ކޮށްފައިވާއިރު، ޑޮލަރުގެ ރޭޓު ދަށެއް ނުވެއެވެ. އަދި ގާނޫނުން އެބަދަލު ގެނައުމާ ގުޅިގެން ޑޮލަރު ލިބޭ މިންވަރު އިތުރުވެ، ބޭންކިން ނިޒާމު ހަރުދަނާވަމުންދާ ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް ޑޮލަރު ނުލިބި ބްލެކް މާކެޓުގައި 19 ނުވަތަ 20 ރުފިޔާއަށް ޑޮލަރު ގަތުމަށް ވަނީ މަޖުބޫރުވެފައެވެ.

ބީއެމްއެލްޑެބިޓް ކާޑުޑޮލަރު ލިމިޓްއިބްރާހިމް ނާޒިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
10 ނޮވެމްބަރު 2025

ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު

10 ނޮވެމްބަރު 2025
ދެން އަންނަ ސަރުކާރަކުން ވެސް ދައްކަން ޖެހޭ ދަރަނި ހުންނާނެ: ފިނޭންސް މިނިސްޓަރު ޒަމީރު
03 ނޮވެމްބަރު 2025

އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!

03 ނޮވެމްބަރު 2025
އެއަރޕޯޓުން ފޭރުނު ޑޮލަރު ގެއްލުނުތާ 8 ދުވަސް، އެއްލައްކަ އަށްވުރެ ގިނަ ޑޮލަރަށް ވީގޮތެއް އަދި ވެސް ނޭންގެ!
02 ނޮވެމްބަރު 2025

ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

02 ނޮވެމްބަރު 2025
ލައްކައަކަށް ވުރެ ގިނަ ޑޮލަރު އެއަރޕޯޓުން ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު