Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވ އާރަށު ހިޔާނާތް

އިންތިޚާބަށް ޚަރަދު ކުރުމާއި، މެމްބަރުން ގަތުމާއި، ރިޝްވަތު ދިނުމަށް ފައިސާ ހޯދުމަށް ޔާމީނު ނުފޫޒު ފޯރުވި: އަދީބު

ބިޑް ކުރުމަކާ ނުލައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރައްތަށް ދޫކުރަން ފެށުމަކީ ރައީސް ޔާމީނުގެ ވިސްނުންފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2022 | އަންގާރަ 13:55
އެމްއެމްޕީއާރްސީ ހިޔާނަތް- އަދީބު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައި

އެމްއެމްޕީއާރްސީ ހިޔާނަތް- އަދީބު ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވާފައި

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހެކިބަސް ދެއްވާފައިވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބެވެ.

އަދީބު ވިދާޅުވީ، ބިޑް ކުރުމަކާ ނުލައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރައްތަށް ދޫކުރަން ފެށުމަކީ ރައީސް ޔާމީނުގެ ވިސްނުންފުޅެއް ކަމަށެވެ. އެކަމަށްޓަކައި ކުންފުނީގެ "އޮބްޖެކްޓިވްސް" ބަދަލު ކޮށްފައިވަނީ ރައީސް އޮފީހުގެ އެންގެވުމުގެ މަތިންކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، މައްސަލައިގައި ދައުވާލިބޭ ޔޫސުފް ނައީމްއަކީ ރައީސް ޔާމީނު ތައާރަފް ކޮށްދެއްވި މެމްބަރެއް ކަމަށެވެ. އޭގެ ފަހުން އެކި ރަށްރަށުގެ ކަންކަމުގައި ޔޫސުފް ނައީމްވެސް މެސެޖު ކުރައްވާކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން"ބައެއް ރަށްރަށް ދީފިނަމަ 1 މިލިއަން ޑޮލަރު ނުވަތަ 25% ދެއްވާނެކަމަށް"ވެސް ބައެއް ފަހަރު ޔޫސުފް ނައީމް މެސެޖުތައް ކުރައްވާފައިވާކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން ވ އާރަށާއި ގުޅޭގޮތުން އެގޮތަށް ވާހަކަ ދައްކަވާފައިވާކަން އަދީބު ފާހަގަ ކުރެއްވިއެވެ.

އަދީބު ވިދާޅުވީ، އެގްރިކަލްޗަރ މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް ރަށެއް ޓޫރިޒަމް މިނިސްޓްރީގެ ދަށުން ދޫ ނުކުރެވޭނެކަމަށް ޔޫސުފް ނައީމް ގާތުގައި ވިދާޅުވެފައިވާނެ ކަމަށެވެ. އެހިސާބުން ޔޫސުފް ނައީމް ވިދާޅުވީ، ވ އާރަށާއި ގުޅޭ ކަންކަމުގައި ރައީސް ޔާމީނުގެ އަރިހަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޭގެ ފަހުން ރައީސް ޔާމީނު ވަނީ ޔޫސުފް ނައީމްއަށް އެ ރަށް ދޫކުރަން އެބަޖެހޭކަމަށް އަދީބު ގާތުގައި ވިދާޅުވެފައެވެ. އެކަމަށްޓަކައި ރައީސް ޔާމީނުގެ އެންގެވުމުގެ މަތިން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ބައްދަލުވުމެއް ބާއްވައި، އެ ރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުގެ ކަންކަން އެޖެންޑާ ކުރެއްވިއެވެ. އަދި އެގޮތުގެ މަތިން އެ ބައްދަލުވުމުގައި ވ އާރަށް ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލު ކުރެވުނެވެ. އެ ހުރިހާ ކަމެއް ހިނގީ ރައީސް ޔާމީނުގެ އެންގެވުމުގެ މަތިން ކަމަށާއި، އޭރު ރައީސް ޔާމީނު ދަންނަވައިގެން ޔޫސުފް ނައީމްވެސް ދޭތެރެ ދޭތެރެއިން އަޕްޑޭޓް ހޯއްދެވުމަށް ގުޅުއްވާކަމަށް އަދީބު ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، 5 މިލިއަން ޑޮލަރުގެ އިކުއިޒިޝަން ކޯސްޓެއްގައި ދެވިދާނެ ރަށެއް އެގްރީމަންޓު ކުރެވިގެން ދިޔައިރު، ޔޫސުފް ނައީމްގެ ޕޭޕަރ ކުންފުންޏެއްކަމަށްވާ ޓޫޖީ ޕްރައިވެޓް ލިމިޓެޑަށް 2 މިލިއަން ޑޮލަރަށް ދޫކުރީ ރައީސް ޔާމީނު އަންގަވައިގެން ރައީސް ޔާމީނުގެ އިރުޝާދުގެ ކަމަށެވެ. އެގޮތަށް ނުއަގުގައި ރަށް ދޫކުރީ ޔޫސުފް ނައީމަކީވެސް ރައީސް ޔާމީނަށް އެހީވެދެއްވާ ފަރާތެއްކަމަށް ބުނެއެވެ.

އެއީ ޤާނޫނީ އަސާސެއްގެ ދަށުން ހިނގާ ދިޔަ މުއާމަލާތެއް ނޫންކަމަށް އަދީބު ވިދާޅުވިއެވެ. އެގޮތުން ޔޫސުފް ނައީމްގެ ފަރާތުން ރައީސް ޔާމީނަށްވެސް ބޮޑެތި އަދަދުތަކުން ޑޮލަރު ދެއްވާކަމަށް ޔާމީނު ވިދާޅުވެފައިވާކަން އަދީބު ފާހަގަ ކުރެއްވިއެވެ. ޔޫސުފް ނައީމް ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ދެއްވާފައިވާކަމަށް އަދީބު ވިދާޅުވިއެވެ.

ދައުލަތުން ވަނީ ޓޫރިޒަމް މިނިސްޓްރީ މެދުވެރިކޮށް ވަކި ފަރާތަކަށް ރަށްތައް ދޫކުރުމަށް ރައީސް ޔާމީނު ނުފޫޒު ފޯރުވާކަން ސާބިތު ކޮށްދެއްވުމަށް ހެކީގެ ގޮތުގައި އޯޑިއޯ ރެކޯޑިންގ ތަކެއްވެސް ހުށައަޅާފައެވެ. އެހެންނަމަވެސް އެ އޯޑިއޯތައް އަންގާރަ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި އިއްވުމުގެ ހުއްދަ އިސްގާޒީ ޝަކީލު ނުދެއްވައެވެ. ސަބަބަކީ އެ އޯޑިއޯ ރެކޯޑިންގ ތަކަކީ މި މައްސަލައިގެ ޙާދިސާގެ ކުރީގެ އަހަރެއްގެ އޯޑިއޯތަކަކަށްވާތީއެވެ.

މި މައްސަލައިގެ ދައުވާ ހުށައެޅިފައިވަނީ 2015 ވަނަ އަހަރު ހިނގި ކަމަކާއި ގުޅިގެންކަމަށްވާއިރު، އެ ރެކޯޑިންގ ތަކަކީ 2013 ގެ ރެކޯޑިންގ ތަކެކެވެ. އެހެންނަމަވެސް އެ ރެކޯޑިންގތައް ބަލައިގަތުމާއި ނުގަތުމާމެދު އަދި ވަކި ގޮތެއް ނިންމެވީ ނޫންކަމަށްވެސް އިސްގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ އެ 21 ރެކޯޑިންގ ޝަރީއަތުގައި ނުއިއްވުނު ނަމަވެސް، ރެކޯޑިންގތަކާ ގުޅިގެން ސުވާލު ކުރުމުގެ ފުރުސަތު ދައުލަތަށް ދެއްވާފައެވެ.

އަދީބު ވިދާޅުވީ، 2013 ގައި ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސްމާޓް ފޯނު ގެންގުޅުއްވަން ފެއްޓެވި ކަމަށާއި، އޭގެ ފަހުން ވައިބަރވެސް ބޭނުން ކުރައްވަން ފެއްޓެވި ކަމަށެވެ. އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތައް ދޫކޮށްގެން ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބާއި، މެމްބަރުންނާއި ދައުލަތުގެ ވުޒާރާތަކުގެ މީހުންނަށް ރިޝްވަތު ދިނުން ފަދަ ކަންކަން ކުރުމަށް ފައިސާ ހޯދުމަށް ރައީސް ޔާމީނު ނުފޫޒު ފޯރުއްވެވިކަމަށް އަދީބު ވިދާޅުވިއެވެ.

ރައީސް ޔާމީނު ބޭނުންފުޅުވާ ކަންކަން ވަކި ގޮތަކަށް ނިންމެވުމަށް ނުފޫޒު ފޯރުވަމުން ގެންދެވިކަންވެސް އަދީބު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު