Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަރަންޓުގެ އަގު

ކަރަންޓަކީ ދައުލަތުންދޭ ހިދުމަތެއް، ގްރޭޓަރ މާލެއެކޭ ރަށްރަށެކޭ ހަމަހަމަވާންޖެހޭނެ – މެންބަރު ޝިޔާން

ގެސްޓްހައުސްއެއް ހިންގާ ފަރާތްތަކަށް ކަރަންޓްބިލާއި ފެންބިލް ދައްކާފައި ދެން އިތުރަށް މުވައްޒަފުންގެ މުސާރަ ދޭނެ އެއްޗެއް ނޯވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2022 | އަންގާރަ 07:44
މާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު އެއްހަމައެއްގައި ބެހެއްޓުމަށް ވަނީ ހުށަހަޅާފައި

މާލެ އާއި ރަށްރަށުގެ ކަރަންޓުގެ އަގު އެއްހަމައެއްގައި ބެހެއްޓުމަށް ވަނީ ހުށަހަޅާފައި

ކަރަންޓަކީ ދައުލަތުންދޭ ހިދުމަތެއް ކަމަށާއި، އެހެންކަމުން އެ ހިދުމަތް ދޭއިރުގައި ގްރޭޓަރ މާލެއެކޭ ރަށްރަށެކޭ ހަމަހަމަވާންޖެހޭނެ ކަމަށް ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާން މިހެން ވިދާޅުވީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްއިން ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަޙައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބޭންޑް ކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލައި ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށް ގޮވާލައި އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅާ ޤަރާރު މަޖިލީހަށް އިއްވަމުންނެވެ.

Advertisement - newsAdvertisement

މެންބަރު ޝިޔާން ވިދާޅުވީ މި ގަރާރު ހުށަހެޅުއްވުމުގެ ބޭނުމަކީ އެމްޑީޕީން ރިޔާސީ އިންތިހާބާއި، މަޖިލިސް އަދި ކައުންސިލް އިންތިހާބުގެ ކެމްޕެއިންތަކުގައި ރަށްރަށަށް ކުރި ދަތުރުތަކުގައި، ވިޔަފާރިވެރިން، ހާއްސަކޮށް ކުދި ވިޔަފާރިވެރިން ކުރާ ޝަކުވާތަކަށް ހައްލެއް ގެނެސްދެއްވުން ކަމަށެވެ.

ޝިޔާން ވިދާޅުވީ ފެނާއި ކަރަންޓުގެ ހިދުމަތް އެއްހަމައެއްގައި ގެނައުމަށްޓަކައި މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާތީ ގަރާރު ހުށަހަޅުއްވާފައިވާ ކަމަށެވެ.

މެންބަރު ޝިޔާން ހުށަހަޅުއްވާފައިވާ ގަރާރުގައި ބުނެފައިވަނީ ސްޓެލްކޯ އިން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުންދާ އއ، އދ، ވ އަދި ކ އަތޮޅުގެ ރަށްތަކާއި އަދި ފެނަކަ ކޯޕަރޭޝަން އިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ބިލްކުރުމުންގެންދާ ރޭޓްތައް ބޮޑުކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާ ދެމެދު ބިލްކުރުމާ ބޭންޑް ކުރުމުގައި ހުރި ތަފާތުކުރުމުގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެ ސަރަހައްދުގައި ގެސްޓް ހައުސްތަކާއި، ޑައިވް ސެންޓަރުތަކާއި، ހޮޓޯ، ރެސްޓޯރެންޓް އަދި ލޯކަލް ފިހާރަތައް ހިންގަމުންދާ ކުދި ވިޔަފާރިވެރިން ކުރަމުންދާ ކަމަށެވެ.

އަދި އެފަރާތްތަކުގެ ވިޔަފާރި ހިންގުމަށްޓަކައި މުވައްޒަފުންނަށް މުސާރަދިނުމާއި، ޓެކްސް ދެއްކުމުގެ އިތުރުން ކަރަންޓުގެ އަގު ބޮޑުވުމުގެ ސަބަބުން ބިލްތައް ދެއްކުމަށްފަހު ފައިދާވާނެ މިންވަރަށް ފައިސާ ނުހުންނަ ކަމަށެވެ. މި ވިޔަފާރިތައް ހިނގަމުންގެންދަނީ ގެއްލުމުގައި ކަން ފާހަގަކޮށް، އެ ތަފާތުކުރުންތައް ނައްތާލާ ހަމަހަމަކުރުމަށް އެކި ފޯރަމްތަކުގައި ވަކާލާތުކޮށް، ކަންބޮޑުވުންތައް އަބަދު ފާޅުކުރަމުންދާ ކަމަށެވެ. އަދި ގްރޭޓަރ މާލެ ސަރަހައްދާއި މި ދެންނެވި އަތޮޅުތަކުގައި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑްތަކާއި ރޭޓްތައް މެންބަރު ވަނީ ގަރާރުގައި ހުށަހަޅާފައެވެ.

ސްޓެލްކޯއިން ދީފައިވާ ރޭޓްތަކަށް ބަލާއިރު މާލެ ސަރަހައްދުގައި 0-100 ޔުނިޓާ ހަމައަށް 3.30 ރުފިޔާ ނަގާއިރު ރަށްރަށުގައި ނަގަނީ 3.25 އެވެ. އަދި މާލެ ސަރަހައްދުގައި 101-300 ޔުނިޓާ ހަމައަށް 3.35 ރުފިޔާ ނަގާއިރު ރަށްރަށުގައި 101-200 ޔުނިޓާ ހަމައަށް ނަގަނީ 3.75 ރުފިޔާއެވެ. މާލެ ސަރަހައްދުގައި 301-500 ޔުނިޓާ ހަމައަށް މާލެ ސަރަހައްދުގައި ނަގަނީ 3.65 ރުފިޔާއެވެ. ނަމަވެސް ރަށްރަށުގައި 201-300 ޔުނިޓާ ހަމައަށް 4.75 ރުފިޔާ ނަގައެވެ. އަދި ރަށްރަށުގައި 300 ޔުނިޓަށްވުރެ މަތިން ރަށްރަށުގައި 6 ރުފިޔާ ނަގާއިރު، މާލެ ސަރަހައްދުގައި 501-600 ޔުނިޓަށް 4 ރުފިޔާ، 601-3000 ޔުނިޓަށް 4.35 ރުފިޔާ. 3001-10000 ޔުނިޓާ ހަމައަށް 5.75 ރުފިޔާ ނަގާއިރު  10000 ޔުނިޓާ ހަމައަށް މާލޭގައި ނަގަނީ 6.65 ރުފިޔާއެވެ.

މެންބަރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައިވަނީ މި ތަފާތުކުރުން ނައްތާލުމަކީ މުހިންމު ކަމެއް ކަމަށްވާތީ، ގްރޭޓަރ މާލެއާއި އަތޮޅު ތެރެއިން ސްޓެލްކޯ އާއި ފެނަކައިން ހިދުމަތްދޭ ރަށްރަށުގައި ވިޔަފާރިތަކަށް ކަނޑައަޅާފައިވާ ބޭންޑުތަކާއި ރޭޓްތައް ހަމަހަމަ ކުރުމާއި، އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުމުގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން މިހާރު ހަދާފައިވާ ޔޫސޭޖް ކޯޓާ އެކީ ދުއްވާލާ ކަމަށެވެ.

އަދި ރަށްރަށުގެ ވިޔަފާރިތަކަށް ކަރަންޓު ބިލުން މާލެ އާއި ހަމަހަމަ ނުކުރެވޭނެ ނަމަ ޓެކްސްގެ ލުއި ފަސޭހަކަމެއް ދިނުމަކީ ކުދި ވިޔަފާރިވެރިންގެ އެއް ކަންބޮޑުވުންތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ ގުޅުންހުރި ކުންފުނިތަކާއި އިދާރާތައް މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކޮށް ރަށްރަށުގެ ވިޔަފާރިތަކަށް ލުއި ގޮތެއް ގެނެސްދީ އަވަށް ހައްލެއް ގެނެސްދިނުމަށް ގޮވާލައްވާ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސަތްކަތް ގްރޭޓަރ މާލެއިން ފަށައިފި

ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ މަސަތްކަތް ގްރޭޓަރ މާލެއިން ފަށައިފި

23 ސެޕްޓެމްބަރު 2019
އިތުރު 5 ހޮސްޕިޓަލް މާލެއެކޭ އެއް ފެންވަރެއްގައި ތަރައްޤީ ކުރަނީ

އިތުރު 5 ހޮސްޕިޓަލް މާލެއެކޭ އެއް ފެންވަރެއްގައި ތަރައްޤީ ކުރަނީ

16 ޖޫން 2019
އިޖްތިމާއީ ހިދުމަތެއްގެ ގޮތުން ހިލޭ ވަކީލުކަން ކޮށްދިނުމަށް އީސަގެ ފަރާތުން އިސްލާހެއް!

އިޖްތިމާއީ ހިދުމަތެއްގެ ގޮތުން ހިލޭ ވަކީލުކަން ކޮށްދިނުމަށް އީސަގެ ފަރާތުން އިސްލާހެއް!

11 ޖޫން 2019
މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއްދޭ ގެއަކުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއްދޭ ގެއަކުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި

04 ޖޫން 2019
މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ދޭ ގެއަކުން 11 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ ހުރިހާ ހިދުމަތެއް ދޭ ގެއަކުން 11 މީހަކު ހައްޔަރުކޮށްފި

04 ޖޫން 2019

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު