Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދުނިޔޭގެ ޓެލެކޮމިއުނިކޭޝަން ދުވަސް

އިންޓަނެޓަކީ އަސާސީ ހިދުމަތެއްގެ ގޮތުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް: މަލީޙް

17 މެއި 2019 | ހުކުރު 04:59

އިންޓަރނެޓްގެ ޚިދްމަތުގެ އަގު ހެޔޮކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް ވިދާޅުވި

އަލީ ސަމާޚް
އަލީ ސަމާޚް | 17 މެއި 2019 | ހުކުރު 04:59
މިނިސްޓަރ މަލީހް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

މިނިސްޓަރ މަލީހް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު

އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކޮނޮލޮޖީ (އައިސީޓީ) ދާއިރާއިން ރާއްޖެއަށް އިތުރު ތަރައްގީ ގެނެސްދިނުމަށް ސަރުކާރުން މަސައްކަތަކެއް ފަށާފައިވާ ކަމަށާއި، އިންޓަނެޓަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި މުސްތަގްބަލުގައި ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އައި.ސީ.ޓީ މާޙައުލަށް ބެލިޔަސް ރަނގަޅު މިންވަރަކަށް ޚިދުމަތާއި އިންފްރާސްޓަރަކްޗަރ ތަރައްގީ ކުރެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މިއަދަކީ ދުނިޔޭގެ ޓެކޮނޮލޮޖީ ދުވަސް ރަސްމީ ސިފައެއްގައި ފާހަގަ ކުރަމުން އަންނަތާ 50 އަހަރު ފުރޭ ދުވަހެވެ. އެންމެ ފުރަތަމަ ޓެލެކޮމިއުނިކޭޝަން ދުވަހެއް ފާހަގަ ކޮށްފައިވަނީ 1969 ވަނަ ދުވަހުއެވެ. މި ފަހަރުގެ ޝިއާރަކީ ''ބްރިޖިންގް ދަ ސްޓޭންޑާޑިޒޭޝަން ގެޕް'' އެވެ.

މިނިސްޓަރު މަލީހްގެ ހިތާބުގައި ވިދާޅުވީ، ދުވަހުން ދުވަހަށް ފައިބަރ ނެޓްވާރކާ ގުޅާލެވޭ ރަށްތައް އިތުރުވެ، ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ފައިބަރ ނެޓްވާރކް މެދުވެރިކޮށް ބްރޯޑްބޭންޑް އިންޓަރނެޓް ޚިދްމަތް ލިބޭކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް 4ޖީ ހިދުމަތް ލިބެން ފަށާފައިވާއިރު، ދިރާގު އަދި އުރީދޫ އިން 5ޖީ ޓެކްނޮލޮޖީގެ ޚިދްމަތް ރާއްޖޭގެ ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ މަސައްކަތްތައް ކުރަމުންދާ ކަން މަލީހް ފާހަގަކުރެއްވިއެވެ.

އިންޓަރނެޓްގެ ޚިދްމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންނަށް އިންޓަރނެޓް ގެ އެންމެ އެދެވޭ ފައިދާ ހޯދާދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ، ތަޢުލީމީ މަންހަޖްގައި އައި.ސީ.ޓީ އަށް އިސްކަންދީ އެރޮގުން ދަރިވަރުން ބާރުވެރި ކުރުމައީ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ އިތުރު މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

މަލީހް ވިދާޅުވީ، ޓެކްނޮލޮޖީގެ އިޖާދުތައް ބަލައި އޭގެ ލުއި ފަސޭހަކަން ރައްޔިތުންނަށް ފޯރުކޮށްދެމުންދާއިރު ސަރުކާރުންދޭ ހިދުމަތް ދެމުންދާ ގޮތްތަކަށްވެސް ބަދަލު އަންނަ ޖެހޭކަމަށެވެ. އެބަދަލުތަކަށް ގެނައުމަށްޓަކައި ސަރުކާރާއި އެ މިނިސްޓްރީން ވަކިކަންތައްތަކަކަށް އަމާޒު ހިފާއިވާ ކަމަށް ވިދާޅުވިއެވެ.

އެއީ، ޒަމާނީ ބަދަލާއެކު އީ-ގަވަމަންޓް ނިޒާމުގެ ތެރެއިން، އޮންލައިންކޮށް ފަސޭހަކަމާއިއެކު ބޭނުންވަގުތަކު، ބޭނުންތާކު ހުރެގެން، ކިއުގާ ނުޖެހި، ކަރުދާހަށް ބަރޯސާވުންކުޑަކޮށް، ދެފުށްފެންނަ އިންސާފުވެރި ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ލިބޭނެ ގޮތް ހަދާދިނުން ކަމަށް ވިދާޅުވިއެވެ. އޭގެ ނަތިއްޖާއެއްގެ ގޮތުން ސަރުކާރުންދޭ ގިނަ ހިދުމަތްތަކެއް ލާމަރުކަޒީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ވެސް ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ ކަމުގެ ޔަގީން ކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

އިންޓަނެޓްގެ ޒަރިއްޔާއިން މަކަރާއި ހީލަތް ހަދާ ފަރާތްތަކުގެ އަމަލުތަކަށް ހުރިހާ ރައްޔިތުންވެސް ރައްކާތެރިވެ ތިބުމައް ނަސޭހަތްތެރިވެ، ހިތާބު ނިންމަވާލަމުން މިނިސްޓަރު ވިދާޅުވީ، ޒާތީ މައުލޫމާތު ޔަގީންނުވާ ފަރާތްތަކަށް ފޯނުންވިޔަސް، އިންޓަނެޓުންވިޔަސް ހިއްސާ ނުކުރުމަށް އިލްތިމާސް ކުރައްވާފައެެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް

12 ފެބުރުއަރީ 2017
 ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނީ މިނިވަނެއްގެ ގޮތުގައި: ޝިފާޒް
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
30 ޖެނުއަރީ 2017

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި
24 ޖެނުއަރީ 2017

ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ

24 ޖެނުއަރީ 2017
ޖަލަށްލިކަމުގައިވިޔަސް ފަހަތަކަށް ނުޖެހޭނެ، ނޫސްވެރިން ތިބީ އެކަތިގަނޑެއްގެ ގޮތުގައި: ރާއްޖެޓީވީ
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް