Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވ. އާރަށު ހިޔާނާތުގެ މައްސަލަ

އާރަށުގެ ޑީލް ނިމުމުން ޔާމީނު ހުންނަވާނީ ހިތްހަމަޖެހިވަޑައިގެންކަމަށް ޔޫސުފް ނައީމް ވިދާޅުވި: ޒިޔަތު

ޒިޔަތު ވަނީ ރަށްތައް ދޫކުރުމުގެ މުއާމަލާތް ކުރިއަށްދާ ގޮތް ކިޔާދެއްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ސެޕްޓެމްބަރު 2022 | އަންގާރަ 07:35
ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު (ވ)

ކުރީގެ ރައީސް އަބްދުﷲ ޔާމީން (ކ) އަދި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު (ވ)

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

Advertisement - newsAdvertisement

މި އަޑުއެހުމުގައި ހެކިބަސް ދެއްވަމުން އަބްދުﷲ ޒިޔަތު ވަނީ ރަށްތައް ދޫކުރުމުގެ މުއާމަލާތް ކުރިއަށްދާ ގޮތް ކިޔާދެއްވާފައެވެ.

ޒިޔަތު ވިދާޅުވީ، އާރަށުގެ މުއާމަލާތާއި ގުޅިގެން ޔޫސުފް ނައީމް އޭނާއާ "ކޮމިއުނިކޭޓް" ކުރާނެކަމަށް އަހުމަދު އަދީބު އޭނާ ގާތުގައި ވިދާޅުވި ކަމަށެވެ. އެއީ ރައީސް ޔާމީނު ދަންނަވައިގެންކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.

އެގޮތުގެ މަތިން އެރަށުގެ އަގަކީ (އިކުއިޒިޝަން ކޯސްޓަކީ) 5 މިލިއަން ޑޮލަރުކަމަށް ކަނޑައެޅި ނަމަވެސް، ފަހުން ރައީސް ޔާމީނު އަދީބަށް ގުޅުއްވައި، އެ އަގު ކުޑަ ކުރުމަށް ދެންނެވުމުން، އެމްއެމްޕީއާރްސީން އެ އަގު 2 މިލިއަން ޑޮލަރަށް ކުޑަ ކުރެއްވިކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް އަގު ކުޑަ ކުރައްވަން ޖެހުނީ ރައީސް ޔާމީނުގެ އެންގެވުމުގެ މަތިންކަމަށް އަދީބު ވަނީ ޒިޔަތު ގާތުގައި ވިދާޅުވެފައެވެ.

ޔޫސުފް ނައީމްގެ ޓޫޖީ ޕްރައިވެޓް ލިމިޓެޑާއެކު އެ އެއްބަސްވުމުގައި ސޮއި ކުރެވިގެން ދިޔައީ 9 ސެޕްޓެމްބަރު 2015 ގައި އެމްއެމްޕީއާރްސީގެ މީޓިންގ ރޫމްގައެވެ. އެ ރަސްމިއްޔާތުގައި އަދީބުގެ އިތުރުން، ޔޫސުފް ނައިމާއި، އިޓަލީގެ ވިޔަފާރިވެރިއަކާއި އަދިވެސް އިތުރު ބަޔަކު ބައިވެރިވެލެއްވިއެވެ.

އެ ރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރު ލިބިލެއްވިކަމަށް އެ ދުވަހު ޔޫސުފް ނައީމް ވިދާޅުވިކަމަށްވެސް ޒިޔަތު ހެކިބަސް ދެއްވަމުން ވިދާޅުވިއެވެ. އެގޮތުން ރައީސް ޔާމީނު ހުންނަވާނީ ހިތްހަމަޖެހިވަޑައިގެންކަމަށް ޔޫސުފް ނައީމް ވަނީ އަދީބާއި ޒިޔަތު ގާތުގައި ބުނެފައެވެ.

އެ ރަށް ދޫކުރުމުގައި ކުންފުންޏަކީ ޓޫރިސްޓް ރިސޯޓު ތަރައްޤީ ކުރުމުގެ ޤާބިލުކަން ލިބިފައިވާ ކުންފުންޏެއްތޯ ނުވަތަ ނޫންތޯ އެމްއެމްޕީއާރްސީން ބަލާފައި ނުވާނެކަމަށްވެސް ޒިޔަތު ވިދާޅުވިއެވެ.

ޒިޔަތު ވިދާޅުވީ، މި ހެކިބަހާއި ގުޅިގެން ދައުލަތުން އޭނާއަށް އެއްވެސް ލުއެއް ދީފައި ނުވާކަމަށާއި، މިހާރުވެސް އޭނާ ގެންދަނީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ޙުކުން ތަންފީޒު ކުރަމުން ކަމަށެވެ.

ޒިޔަތު ވިދާޅުވީ، އޭނާއާ ދައުލަތާމެދު އިއުތިރާފު އެއްބަސްވުމެއް ވެފައިވަނީ އޭނާގެ މައްޗަށް ޙުކުމް ކުރި ފަހުން ކަމަށެވެ.

ޒިޔަތުގެ މައްޗަށް އޭރު ހިޔާނާތުގެ 32 ދައުވާ އުފުލާފައިވާއިރު، އެއީ މުޅިންވެސް، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރާއްޖޭގެ ފަޅުރަށްތަކާއި، ފަޅުތައް ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރުމުގެ ހިންގާފައިވާ ހިޔާނާތެވެ. އޭގެ ތެރޭގައި ހިމެނޭ ގިނަ މައްސަލަތަކަކީ 1،000،000 ޑޮލަރުން މަތީގެ އަދަދުތަކުން ހިޔާނާތް ހިންގާފައިވާ މައްސަލަތަކެވެ. އެ ދައުވާތައް ސާބިތުވެ އޭނާގެ މައްޗަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައެވެ.

އިތުރަށް ކިޔާލަން

22 އެޕްރީލު 2017

ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ

22 އެޕްރީލު 2017
ރައީސް ޔާމީނުގެ ޕޯސްޓަރުތަކުގައި ކެންޑިޑޭޓުން ކެމްޕެއިން ކުރުމުން އެ ކެންޑިޑޭޓުންނަށް ގެއްލޭނީ ސަޕޯޓް: ޝިޕާ
16 އެޕްރީލު 2017

ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން

16 އެޕްރީލު 2017
ގާސިމް ހައްޔަރު ކުރީ މައްސަލައިގައި ރައީސް ޔާމީނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވޭނެ: އަލީ ހުސައިން
06 އެޕްރީލު 2017

ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

06 އެޕްރީލު 2017
ޔާމީނުގެ އަބުރާ ބެހުނު ކޮންޓެންޓެއް ދެއްކި ކަމަށް ބުނެ ރާއްޖެޓީވީ އެއްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި
05 އެޕްރީލު 2017

ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!

05 އެޕްރީލު 2017
ރައީސް ޔާމީނުގެ ޗެލެންޖް މެންބަރުންނަށް: ކެރެންޏާ ގޮނޑި ހުސްކޮށްފަ، އަމިއްލައަށް އިންތިޚާބުވެބަލަ!
03 އެޕްރީލު 2017

ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް

03 އެޕްރީލު 2017
ރައީސް ޔާމީނުގެ އަރިހުގައި އެއްވެސް އިހްލާސްތެރިއަކު ނެތް: ގާސިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު