Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިއާއިން މިނިވަން ނޫސްތައް ބަންދުކުރުން

ރަޝިއާގެ މިނިވަން ނޫހެއް ކަމަށްވާ ނޮވިޔާ ގަޒެޓާގެ ލައިސެންސް ބާތިލުކޮށްފި

މިއީ ރަޝިއާގައި ތިބި މަދު މިނިވަން ނޫސްތަކުގެ ތެރެއިން އެއް ނޫސް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2022 | އަންގާރަ 02:09
ނޮވިޔާ ގަޒެޓާގެ އެޑިޓަރ އިން ޗީފް އަދި ނޫހުގެ އެޑިޓަރ އިން ޗީފް އާއި ޑެޕިއުޓީ ކޯޓު ރޫމް ބޭރުގައި

ނޮވިޔާ ގަޒެޓާގެ އެޑިޓަރ އިން ޗީފް އަދި ނޫހުގެ އެޑިޓަރ އިން ޗީފް އާއި ޑެޕިއުޓީ ކޯޓު ރޫމް ބޭރުގައި

ރަޝިއާގައި މިހާރު ހިންގަމުން އަންނަ މަދު މިނިވަން ނޫސްތަކުގެ ތެރޭގައި ހިމެނޭ ނޮވިޔާ ގަޒެޓާގެ ލައިސެންސް ބާތިލުކޮށްފިއެވެ.

މި ލައިސެންސް ބާތިލު ކުރަން ހުކުމް ކޮށްފައިވަނީ މޮސްކޯގެ ކޯޓަކުން މިދިޔަ ހޯމަ ދުވަހުއެވެ. މި ހުކުމާއެކު މިހާރު އެ ނޫސް އޮޕަރޭޓް ކުރުން މަނާވާނެއެވެ.

ހުކުމާ ގުޅޭގޮތުން، އެ ނޫހުގެ އެޑިޓަރ އިން ޗީފް ޑިމީޓްރީ މުރަޓޮވް ވިދާޅުވީ އެއީ ޤާނޫނާ ޚިލާފަށް ސިޔާސީ ގޮތުން ކުރި ހުކުމެއް ކަމަށެވެ. އަދި އެ ހުކުމް އިސްތިއުނާފު ކުރުމަށް ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑިމީޓްރީއަކީ ރަޝިއާގައި ތެދު ޚަބަރު ފެތުރުމުގައި ކުރަމުންގެންދާ މަސައްކަތަށް ނޯބެލް އިނާމުވެސް ލިބިފައިވާ ނޫސްވެރިއެެކެވެ.

ނޮވިޔާ ގަޒެޓާ އިން ނެރުނު ބަޔާނެއްގައި ބުނީ މޮސްކޯގެ ޑިސްޓްރިކް ކޯޓުން އެ ނޫސް މަރާލާފައިވާ ކަމަށެވެ. އަދި ނޫހުގެ މުވައްޒަފުންގެ 30 އަހަރުގެ ބުރަ މަސައްކަތް ވަގަށް ނަގާފައިވާ ކަމަށާއި ނޫހުގެ ކިޔުންތެރިންގެ ފަރާތުން މައުލޫމާތު ހޯދުމުގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށެވެ. އަދި އެ ކޯޓަކީ އަބަދުވެސް ސިޔާސީ ގޮތުން ފާހަގަކުރެވޭ މައްސަލަތައް ބަލަމުންގެންދާ ކޯޓެއް ކަމަށް ވެސް ވަނީ ބުނެފައެވެ.

މި ހުކުމާ ގުޅިގެން އދ. ގެ ހިއުމަން ރައިޓްސް އޮފީހުން ވެސް ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ އޮފީހުން ބުނެފައިވަނީ މިއީ ރަޝިއާގައި މީޑިއާގެ މިނިވަންކަމަށް ލިބުނު ހީނަރު ކަމެއް ކަމަށެވެ. އަދި މިނިވަންކަމާއެކު ނޫސްވެރިކަން ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ހިޔުމަން ރައިޓްސް އޮފީހުން ވަނީ މޮސްކޯއަށް ގޮވާލައިފައެވެ.

ނޮވިޔާ ގަޒެޓާއަކީ 1993 ވަނަ އަހަރު ސޯވިއެޓް ޔޫނިއަންގެ އެންމެ ފަހު ލީޑަރު މީޚާއިލް ގޮރްބަޗޯވް ފެއްޓެވި ނޫހެކެވެ. އެ ނޫސް ބަންދުކުރަން އެންގީ އެ ޤައުމުގެ ޚަބަރު ފެތުރުމުގެ ޤާނޫނާ ޚިލާފުވެފައިވާ ކަމަށް ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

ކުށެއް ނެތް ކަމަށް ނިމި ހުސްނީ މުބާރަކް މިނިވަން ވަނީ

14 މާރިޗު 2017
ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

ސޫދާނުގެ ހަނގުރާމަވެރި ޖަމާޢަތަކުން 127 ރަހީނުން މިނިވަން ކޮށްފި

05 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

ޑިމޮކްރަސީއަކަށް މީޑިއާގެ މިނިވަންކަން ކޮންމެހެން ބޭނުން: ބުޝް

28 ފެބުރުއަރީ 2017
މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

މޫސަލް މިނިވަން ކުރުމަށް ކުރާ ހަނގުރާމައިގައި އިތުރު އަވަށްތަކެއް މިނިވަންކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު