Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީންގެ މަރު

ޝީރީން މަރާލިކަމަށް އިސްރާއީލުން އެއްބަސްވެއްޖެ

ޝީރީން މަރާލެވުނީ އޮޅުމަކުން ކަމަށާއި ފިޔަވަޅެއް ނާޅާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2022 | ހޯމަ 23:41
އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން

އަލްޖަޒީރާގެ ނޫސްވެރިޔާ ޝީރީން އަބޫ އަކްލަޙް މަރުވީ އިސްރާއީލުގެ ސިފައިން ދިން ހަމަލާއެއްގައި ކަމަށް އިސްރާއީލުގެ ޑިފެންސް ފޯސް އިން އެއްބަސްވެއްޖެއެވެ.

ޝިރީން މަރާލާފައިވަނީ ފަލަސްތީނުގައި އިސްރާއީލުން ދެމުންގެންދާ ހަމަލާތައް ރިޕޯޓް ކުރަމުންދަނިކޮށް މިދިޔަ މެއި މަހުގެ ތެރޭގައެވެ. އޭނާ މަރުވީ ފަލަސްތީނާއި އިސްރާއީލާ ދެމެދު ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި އޮޅިގެން ކަމަށް އިސްރާއީލުގެ ޑިފެންސުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.

އިސްރާއީލުގެ ބަޔާނުގައި ބުނެފައިވަނީ އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެކަމުގެ ތަހުގީގުތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި އެއްވެސް މީހަކާމެދު ފިޔަވަޅު ނާޅާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ޝީރީންއަށް އަމާޒުވި ވަޒަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށާއި އެހެންވެ، އެ ވަޒަން ޖެހީ ކޮން ބަޑިއަކުން ކަން ބުނަން ދަތި ކަމަށް ވެސް އިސްރާއީލުގެ ސިފައިން ވަނީ ބުނެފައެވެ.

ނަމަވެސް ސީއެންއެންގެ ތަހުގީގުތަކުން ދައްކާ ގޮތުގައި އިސްރާއީލުގެ ސިފައިން ޝީރީން މަރާލީ ގަސްތުގައެވެ. އެގޮތުން، ސީއެންއެންއަށް ލިބިފައިވާ ދެ ވީޑިއޯއެއްގައި ފެންނަނީ އޭނާއަށް އަމާޒުކޮށް ހަމަލާދޭ މަންޒަރެވެ. އަދި ޝީރީން ހުރި ސަރަހައްދުގައި ފަލަސްތީނުގެ ފަރާތުން އެއްވެސް ވަރަކަށް ހަމަލާތައް ދޭ މަންޒަރު ވެސް އެ ވީޑިއޯތަކުގައި ނުފެނެއެވެ.

ސީއެންއެންގެ އިތުރުން އެމެރިކާގެ ނިއުޔޯކް ޓައިމްސް އިން ވެސް ވަނީ މިނިވަން ތަހުގީގެއް ހިންގާފައެވެ. އެ ނޫހުގެ ތަހުގީގުތައް ވެސް ބުނަނީ ޝީރީން މަރާލާފައިވަނީ ގަސްތުގައި ކަމަށެވެ.

އަލްޖަޒީރާއިން ވަނީ ޝީރީންގެ މަރުގެ ޒިންމާ އިސްރާއީލުން ނަގަން ޖެހޭނެ ކަމަށް ބުނެފައެވެ.

އިތުރަށް ކިޔާލަން

05 އޯގަސްޓު 2017

ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ

05 އޯގަސްޓު 2017
ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން 2012 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އެއްބަސްވެއްޖެ
11 ޖުލައި 2017

ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ

11 ޖުލައި 2017
ބަޣްދާދީ މަރުވެފައިވާކަމަށް އައިއިސްއިން އެއްބަސްވެއްޖެ
08 ޖުލައި 2017

ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ

08 ޖުލައި 2017
ޖީ 20 ސަމިޓް:ޕެރިސް އެއްބަސްވުން ދެމެހެއްުޓުމަށް އެމެރިކާ ފިޔަވާ ހުރިހާ ގައުމުން އެއްބަސްވެއްޖެ
08 ޖުލައި 2017

ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ

08 ޖުލައި 2017
ރަޝިޔާ އާއި އެމެރިކާގެ ރައީސުން ސީރިޔާގެ ދެކުނުހުޅަނގުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެ
26 ޖޫން 2017

މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ

26 ޖޫން 2017
މޯދީ އެމެރިކާގައި: ޓެރަރިޒަމާއި ހަނގުރާމަ ކުރުމަށް މައުލޫމާތު ބަދަލުކުރުމަށް އެއްބަސްވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު